ލަގްޒަރީ ފެންވަރުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުމާލެ ފޭސް-2 ގައި އެޕާޓްމެންޓްތަކެއް އެޅުމަށް ނިންމައިފިއެވެ.

މެލޭޝިއާ ކުންފުންޏެއްކަމަށްވާ ގްލޯރީ ގްރީން އެންޑް ފުބޯން ވެލްތް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑް (ޖީ އެންޑް އެފް) އާއި ރާއްޖޭގެ ޖޭވީ ކުންފުނި ގުޅިގެން އިން ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ އެ އެޕާޓްމެންޓްތަކަކީ މުއްސަނދި ދިރިއުޅުމެއް އުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް އަޅާ އެޕާޓްމެންޓްތަކެވެ. އެތަނުގައި އަޅަނީ 14 ބުރީގެ ޓްވިން ޓަވަރެކެވެ. އެއީ 200 އެޕާޓްމެންޓެވެ.

މި އެޕާޓްމެންޓްތަކުގެ އާކިޓެޓަރަލް ކޮންސެޕްޓަކީ "ބޮލި" ކޮންސެޕްޓެވެ. މިއީ މިފަދަ ޑިޒައިނަކަށް ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަަ އެޕާޓްމެންޓްތަކެވެ. ޑިޒައިންތައް ތަފާތުވެފައި ދިވެހިން ހައިރާންކޮށްލާނެއެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ލަގްޒަރީ އެޕާޓްމަންޓްތަކުގެ އިމާރާތް
ހުޅުމާލޭގައި އިމާރާތް ކުރާ ލަގްޒަރީ އެޕާޓްމަންޓްތަކުގެ އިމާރާތް

މި އެޕާޓްމެންޓްތައް ޑިޒައިންކޮށްފައި ވަނީ 51 ވައްތަރަަކަށެވެ. ކޮންމެ އެޕާޓްމެންޓެއްގައި 1000 އަަކަފުޓާއި 2488 އަކަފޫޓް ހުންނާނެއެވެ. އަދި މި ޓަވަރުގައި ދެ ކޮޓަރިގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ ކުޑަ އަދި ބޮޑު އެޕާޓްމެންޓްތައް ހުންނާނެއެވެ.

މި އެޕާޓްމެންޓްތަކަކީ ފުލީ ސާވިސް އެޕާޓްމެންޓްތެކެވެ. އޭގެ މާނައަކީ މި އެޕާޓްމެންޓަށް ގޮސް ވަނުމާއެކުވެސް ކައްކަން ފަށަންވީއެވެ. ހުރިހާ އެއްޗެއްވެސް އެ އެޕާޓްމެންޓުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން އެޕާޓްމެންޓް ގަންނަ މީހުންނަށް ބޭނުން ކުރެވޭނެހެން ލަގްޒަރީ ކާރާއި ސްޕީޑް ބޯޓު ސާވިސް ވެސް ލިބެން ހުންނާނެއެވެ. އަދި އެ އިމާރާތުގައި ދެ ޖިމާއި ދެ ސްވިމިންގ ޕޫލް ވެސް އޮންނާނެއެވެ. އަދި ޕާކިންގއަށް ހާއްސަ ދެ ބުރި ވެސް ހުންނާނެއެވެ. އަދި ރެސްޓޯރެންޓެއްެ ވެސް އެތަނުގައި ހުންނާނެެއެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ލަގްޒަރީ އެޕާޓްމަންޓްތަކުގެ އިމާރާތް
ހުޅުމާލޭގައި އިމާރާތް ކުރާ ލަގްޒަރީ އެޕާޓްމަންޓްތަކުގެ އިމާރާތް

ރާއްޖޭގައި މިހާރު ނެތް ލެވެލްގެ ހިދުމަތް މި އެޕާޓްމެންޓްތަކުން ލިބެން ހުންނާނެއެވެ.

ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި މި އެޕާޓްމެންޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ފަށާނެއެވެ. އަދި ބަރާބަރު ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާލެވޭނެ ވަރު ވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެ އެޕާޓްމެންޓްތަކަށް ބުކިންގ ނެގުމަށް ގްރައުންޑް ބްރޭކިންގ ސެރަމަނީއާއި ގާތްކޮށްފައި ފަށާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޅިޔަޅު

    މަ ސަލާން.

  2. ޑޭންޖުރެސް

    ކެނެރީގެ ނަޝީދުގެ ވެރިކަމަކީ އެއީ މިރާއްޖެ ދުށް އެންމެ ކޮރަޕްޓް ވެރިކަމޭ އޭނާ ވެރިކަން ކޮށްފައިވަނީ މިގައުމުގެ މިނިވަން ކަން ވެސް ގެއްލޭ ގޮތަށޭ އޭނާ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލުމަށް ފަހު އެކަން ޕްރޮޓެކްޓް ކޮށް އޭނާ ކްރިޓިްކްސް އަށް އެއިރު ރައްދު ދިނީ އެއީ އެއާރޕޯރޓް ގައި ވާޖަހާ ދަމައިގެން އިންޑިއާއިން އިންޑިއާ އަށް ނުގެންދާނެއޭ ކިޔައިގެންނޭ އެހާވެސް ދިވެހި ގައުމު ދެކެ ލޯބިނުވާ ގަމާރުން ވާހަކަ ދައްކާ އުސޫލުން ވާހަކަ ދައްކާ މީހެކޭ އޭނާ އަކީ. ދެން އުތީމު ތިން ބެއިން އަނދިރި އަނދިރިންނާއި ހަނގުރާމަ ކުރީ ދިވެހިރާއްޖޭގައި ވާޖަހާ ދަމައިގެން އެމެން ޕޯރޗުގީޒަށް ގެންދާރތީތޭ ގަމާރާ. ހީ އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ހީއިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ޑޭންޖުރެސް ޑޭންޖެރެސް ޑޭންޖުރެސް. ގެޓް ދަ ޕޮއިންޓް. ގުޑް ލެޓްސް ޑާންސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންުޖުރެސް...

  3. ާއަހަރެން

    ގައުމު ތަރަށް ގީވާ ތަން މިފެންނަނީ މެލޭށިޔާވެސް ހަމަ ރީތި އަމާރާ ތަކުން އެގައުމު ފަހުރު ކޮލާ

  4. ބަކަރިބޯ

    އައްޗީޑި

  5. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ، ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  6. ހުސޭނުބޭ

    ހީވަނީ ނުދަންނަ މީހަކު އޮޅާފައި އޮތް އުއި ގަޓަރިއެއްހެން. ތިއަށްވުރެ މާ ރަގަޅުވީސް މަސްގޮނޑިއެއްގެ ސިފައަށް ނޫނީ ކަންނެއްޔެއްގެ ސިފައަށް ޑިޒައިންކުރިނަމަ.

  7. ޑގހޖދ

    އަނެއްކާވެސް ލާރިގަގެއް ދޯ؟ ަދހުރޭމެނ ނިހާނު މެން މިފަހަރު ކިތަށް ބިލިއަންބާ؟

    • Anonymous

      ހިލޭތަ ބޭނުމީ؟ ލަގްޒަރީ ފެންވަރުގެ ގެދޮރު ހިލޭ ނަޝީދު ވެރިކަމުގަ ބެހިއަސް ދނިޔޭގެ އެހެން ގަެުމުތަކުގަވެސް ވިއްކާއެއްޗެހި ލިބެނީ ލާރިދީގެން

  8. ނަން

    ފަގީރުންނަށް ހެޔޮ އަގެއްގަ ބޯހިޔާވަހިކަން ލިބޭނީ ކޮން ދުވަހަކުން ބާ ދޯ.. މުއްސަނދިން އެކަނި ތަ ދުނިޔޭގަ އުޅެންވީ

  9. ޒާ

    ލަގްޒަރީ އެޕާޓްމަންޓް ތަކަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހިލޭ ދިރިއުޅެން ލިބޭ ތަންތަނެއް ނޫން. އެހެން ނޫނަސް އަގުބޮޑު ބިންތަކުގައި ވިޔަފާރި އުސޫލުން އަގުބޮޑު އިމާރާތްތައް ހަދަމުން ދާކަމީ ކުރިއަރާފައިވާ ކޮންމެ ސިޓީއަކުންވެސް ފެންނަމަންޒަރެއް.

  10. ޜާވެރިޔާ

    ދުނިޔޭގެ އެންމެ ފެންވަރައް ހަދާ ރާޖޭގެ މީހުންނައް ފޮނި ކެނޑޭނެ ތަނެއްް ތިއީ