ރާއްޖޭގެ އެންމެ މަޝްހޫރު އަތަރް ބްރޭންޑް އޫދް އަލް ސަބާޔާއިން ބޮޑު އީދަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ފަށާފައި ވަނީ ރޭ 20:00 ގައެވެ. މި ޕްރޮމޯޝަން އީދު ދުވަހުގެ ރޭގަނޑު 23:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.

އޫދް އަލް ސަބާޔާއިން ބުނީ، މި ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރި އަކުން ފަސް އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި އ ފިހާރައިން 1000 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކުން %10 ގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

އޫދް އަލް ސަބާޔާ އިން ރާއްޖެއަށް މަޝްހޫރު އެތައް ވައްތަރެއްގެ އަތަރާއި، އަމިއްލަ އެތައް ވައްތަރެއްގެ އަތަރާއި، ލޯޝަން އަދި އެއާ ފްރެޝްނާ ލިބެން ހުންނާނެއެވެ.

ދިވެހިންގެ މަގްބޫލުކަން ހޯދާފައިވާ އޫދް އަލް ސަބާޔާއިން ކޮންމެ ހާއްސަދުވަހަކާއި ގުޅުވައިގެން ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، މިފަހަރުގެ ބޮޑު އީދާއި ގުޅުވައިގެން ފެށި މި ޕްރޮމޯޝަނަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަން ޔަގީނެވެ.

އޫދް އަލް ސަބާޔާގެ ބޮޑު އީދު ޕްރޮމޯޝަން ކުރިއަށް ދާނީ މާލެ އައުޓްލެޓްގައެވެ. އެ ބްރޭންޑްގެ މާލެ އައުޓްލެޓް ހުންނާނީ މިރިޔަސް މަގުގައެވެ.