ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ، ރާއްޖޭގެ އެންމެ ފުރަތަމަ އަތަރް ބްރޭންޑް ކަމަށްވާ، އޫދް އަލް ސަބާޔާ ބްރޭންޑްގެ ތަކެތި ނ. އަތޮޅުން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލު ބްރޭންޑަަކަށްވި އޫދް އަލް ސަބާޔާގެ އެޖެންޓެއްގެ ގޮތުގައި މިހާރުވެސް ތ. އަތޮޅުގެ ފިހާރައެއް ހުރެއެވެ. އެ ބްރޭންޑްގެ ދެވަނަ އެޖެންޓްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައި ވަނީ، ނ. އަތޮޅު ކެނދިކުޅުދޫގައި ހުންނަ އީޒީ ޗޮައިސް ފިހާރައެވެ.

"ﷲ އިރާދަކުރެއްވިއްޔާ ހުރިހާ އަތޮޅެއްވެސް ކަވަރު ކުރެވޭނެ ކަމަށް އުއްމީދު މި ކުރަނީ". އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވިއެވެ.

ޝަބީން ވިދާޅުވީ، އީޒީ ޗޮައިސް ފިހާރައިން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 އިން ފެށިގެން އޫދް އަލް ސަބާޔާ ބްރޭންޑްގެ ޕްރޮޑަކްތައް ލިބެން ހުންނާނެ ކަމަަށެވެ.

ރާއްޖެއަށް އެ ބްރޭންޑުގެ އަތަރާއި، ލޯޝަން އަދި އެއާ ފްރެޝްނާ ދަނީ ވިއްކަމުންނެވެ.

އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތައް މިހާރު ވިއްކަމުން ދަނީ މާލޭގެ މިރިޔަސް މަގުގައި ހުންނަ އެ ބްރޭންޑްގެ މައި ފިހާރައިގަ އާއި ހުޅުމާލޭގައި ހުންނަ ގްލާންޒް ބައި އޯއޭއެސް އިންނެވެ.

ޝަބީން ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެ ބްރޭންޑްގެ އެޖެންޓެއް ހުރުމަކީ އެ ކުންފުނިން ބޭނުންވާ ގޮތް ކަމަށެވެ. އެހެންކަމުން އިތުރު އަތޮޅުތަކުންވެސް އޫދް އަލް ސަބާޔާގެ އެޖެންޓްކަން ބޭނުންވާނަމަ 9495757 އަށް ވައިބާއިން މެސެޖް ކުރުމަށް ޝަބީން ވަނީ އެދިފައެވެ.