ނޮވެމްބަރު 17 ވަނަ ދުވަހު ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް، ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ނިންމާފައި ވަނީ ނޮވެމްބަރު 16 ވަނަ ދުވަހު ކަމަށެވެ. އަދި ނޮވެމްބަރު 17 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ދާ ފްލައިޓް ދާނެ ކަމަށާއި،އަދި އޭގެ ފަހުން އެ އެއާޕޯޓަށް ދަތުރު އޮންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެ އެއާޕޯޓަކީ މި ސަރުކާރުން ތަރައްގީ ކުރަން ފެށި އެއާޕޯޓެކެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ އެއާޕޯޓުގައި 37،425 އަކަ މީޓަރުގެ ރަންވޭއެއް ވަނީ އަޅާފައި ވެއެވެ. އަދި މަޝްރޫއުގެ ތެރެެއިން 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އަޅާފައިވާއިރު، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ޤާއިމްކޮށްފައި ވެއެވެ. އަދި ޕަސެންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތް ވެސް ވަނީ ކޮށްފައެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބެއްޔާ

    ފައިން އަނބުރާ ޒާތުގެ ފަންކާ ތިޔަރަށުން ހެޔޮ އަގުގައި ވިއްކަނީ!

    41
    14
    • ހޯރަފުށިމީޙާ

      ކޮން ފާދާއެއްތަ އިހަވަންދޫމީހާ. ފާދާވާ ކިޔާއެއްޗެއް ނުހުރޭ

      2
      1
  2. އަބދުލްލަަ

    ތިޔަ އެއާޕޯޓުން ދަތުރުކުރަންތިބިމީހުންނަކީ 1- މަލިކު މީހުން؛ 2- ކަވަރައްޓި މީހުންހުން؛ 3- ބަންގަރަމް މީހުން؛ 3- އަގައްޓި މީހުން؛ 4- އަމިނި އައިލެންޑް މީހުން މިއަތޮޅު އޮންނީ ތުރާކުނާދިމާލު އުތުރުގައި ދެންޖިހޭނީ ތިޔަ އެއަރޕޯޓް ބަންދުކުރަން ހަރަދު ނުޗަލާނެ

    28
    14
  3. އިހަވަންދޫ މީހާ

    ތި އެއާރޕޯޓަކީ މި ސަރުކާރުން ހިންގި ބޮޑު ޖަރީމާ އެއް...ހޯރަފުށި ރައްޔަތުންނަށް އެކަނި ފާދާވާގޮތަކަށް އަޅާފަ އޮތީ އެއާރޕޯޓް.....އެމް.ޑީ.ޕީ ދެން ހަނދާން ނައްތާލާ އިހަވަންދިއްޕޮޅުން އެންމެ ވޯޓެއްވެސް ލިބޭނެ ކަމަށް....ދެންް އޮންނަ އިންތިހާބެއްގަ ދައްކާލާނަށް އިހަވަންދިއްޕޮޅުގައި ގަދައި ބަސްހިނގަނީ އިހަވަންދޫތޯ ނުވަތަ ހޯރަފުށި ތޯ........

    30
    14
    • ހޯރަފުށިމީހާ

      އެނގޭ އަސަރު ކުރާނެކަންވެސް އިހަވަންދޫ މީހުންނަށް. ދެންވެސް ތިލޯތައް ފުހެލާފަ ފުރަންމާލެދާން ތައްޔާރުވެގެން ހޯރަފުށީ ރީތިރީތި ބަނދަރަށް ވަޑައިންނަވާ. މަރުހަބާ ކިޔާނަން ތި އެންމެ ބޭފުޅުންނަށްވެސް. ދެން ކިތަންމެ ހިތުގަޖެހުނަސް ނަންވެސް ހަމަ އެކީ ހޯރަފުށީ އެއަރޕޯޓް. ތިޔަހާ ބަސް ހިނގާނަމަ އެއާޕޯޓް ނޯންނާނެދޯ ހޯރަފުށީ ގައެއް ލޮލް. އަނެއްކޮޅުން ނަންވެސް ހޯރަފުށި. އަހަރެންވެސް ބައެއްފަހަރު ސޭޑްވޭ އިހަވަންދޫމީހުމް ދެރަވާނެވަރު އެނގިފަ. ކީއްކުރާނި އެކަމުދޯ. ތަގްދީރުގަހުރިގޮތް ބްރަދާސް. ޕްލީޒް ހަޖަމް އެންޑް ކަމް ހިއާ އެންޑް އެންޖޯއީ

      3
      17
  4. ހުސޭނުބޭ

    އެމީހުން ފަންކާ އެނބުރީ އަތުން.

    4
    1
  5. ކަތްރެވި

    އަހަރެންގެ ނަޒަރުގައި މިސަރުކާރުން އަޅާނެ އެންމެ ބޮޑު ޅައެތި މިއޮތީ އަޅާފަ!!!

    21
    13
  6. ދިއްދޫ މީހާ

    އަތޮޅައްލިބޭ ކޮންމެ ތަރައްޤީ އަކަށް އަހަރެން ފަހުރުވެރިވަން.

    4
    1
  7. ާަައަލީ

    ޝުކުރީއްޔާ ރައީސް ޔާމީން

    4
    2