ރާއްޖޭގައި ތަރައްގީކޮށްފައިވާ އެންމެ މަތީ ފަންތީގެ އެއް ރިސޯޓު ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްގެ މުވައްޒަފުންނަށް ޖެނުއަރީ މަހު ސާވިސް ޗާރޖްގެ ގޮތުގައި، 4079.10 ޑޮލަރު ނުވަތަ 62،000 ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގައި އެންމެ އަގު ބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ އަކީ މުވައްޒަފުންނާއި މެދު ވަރަށް ރަނގަޅަށް އަބަދުވެސް ކަންކަން ކުރަމުން އަންނަ އެއް ރިސޯޓެވެ.
ވެލާ ރިސޯޓަކީ ސާވިސް ޗާޖު ދިނުމުގައި ވެސް އެހެން ރިސޯޓުތަކަށް ނަމޫނާއެކެވެ.
މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ބޮޑު އަދަދަކުން ދީފައިވާއިރު، ކޮވިޑް-19ގެ ކުރީގެ މަސްތަކުގައި އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައި ވެލާ އޮވެއެވެ.
މި މަހު ސާވިސް ޗާރޖްގެ ގޮތުގައި ބޮޑު އަދަދަކުން ދިން އެހެން ރިސޯޓްތަަކަށް ބަލާއިރު،
އަނަންތަރާ ކިހާވައް މޯލްޑިވްސް - 2،097.43 ޑޮލަރު
ވަން އެންޑް އޮންލީ ރީތި ރަށް - 3،007 ޑޮލަރު
ފޯ ސީޒަންސް ރިސޯޓްސް - 2،960.99 ޑޮލަރު
ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު - 3،340 ޑޮލަރު
ވައްކަރު މޯލްޑިވްސް - 2382.92 ޑޮލަރު
ދަ ނައުޝީއަސް ބީޗް އެންޑް އޯޝަން ހައުސެސް މޯލްޑިވްސް - 2886.9 ޑޮލަރު
ޖޯލި މޯލްޑިވްސް - 2761.41 ޑޮލަރު
ޗެވަލި ބްލެންކް ރަންދެލި - 3315.11 ޑޮލަރު
މި ހުރިހާ ރިސޯޓްތަކުގެ ތެރެއިން އެންމެ ބޮޑު އަދަދަކުން މި މަހު ސާވިސް ޗާރޖް ދީފައިވާކަމަށް އަދި ދައްކަނީ ވެލާ ރިސޯޓެވެ.
ވެލާ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ.
މަވެސް ރިސޯޓަށް ދާންވި🤪
މިއިން ދިވެހިން އިބުރަތް ހާސިލްކުރަންޖެހޭ!! މިއީ ހަތްތާވެސް ބޭރުގެ ފަރާތްތަކުން ހިންގާ ރިސޯޓްތައް!! އެރިސޯޓްތަކުން އެގެންދަނީ މުވައްޒަފުންނަށް ހެޔޮކޮށް ހިތަމުން!! ކޮންމެ މަހަކު ސަރވިސް ޗާޖުގެ ގޮތުގައި ގިނަ ޢަދަދެއްގެ ފައިސާ މުވައްޒަފުންނަށް ދެމުން!! ސީޒަން ދުވަސްވަރު އަދި މާރަގަނޅަށް މުވައްޒަފުނާ ދޭތެރޭ ކަންތައްތައް ކުރަމުން ދެވޭ އެއްޗެއް އިތުރުވެސް ކުރަމުން އެގެންދަނީ!! ދެން ދިވެހިން ސުވާލުކުރަންޖެހެނޭ ކޮބާހޭ މިރާއްޖޭގެ މަހުޖަނުން ހިންގާ ރިސޯޓްތަކުގައި އުޅޭ މުވައްޒަފުންގެ ޙާލަކީ؟ ހަމަ އެކައްޗެއްވެސް ނުދީ އެއުޅެނީ! ސަރވިސް ޗާޖަށް ލިބޭ އެތިކޮޅުވެސް އޯނަރުންގެ އެކައުންޓަށް ވައްދަނީ!! އެތަކެއް އަހަރުވަންދެން އެތައް ރިސޯޓެއް ހިންގާ ނަން މަޝްހޫރު ހަތަރު ފަސް މަހުޖަނުން މިރާއްޖޭގައި އުޅޭ!! ވަރަށް ކަންޖޫސް އަމިއްލަ އެދުން ބޮޑު ބައެއް!! ކިހާ ދެރަކަމެއް!! އޭގެތެރެއިން އަދިވެސް ބައެއް މީހުން އުޅެނީ މިރާއްޖޭގައި ފަޅުރަށެއް އަދި ފަޅެއް އޮތަސް އެތަނެއްވެސް ސަރުކާރާ ގުޅިގެން ކައްވާލެވޭތޯ!!
މަ ހާދަ ހެޕީއޭ.
ﷲ އަށް ހަމްދު ކުރަން،ހަމަ ގައިމު ވެސް ތި ފައިސާގެ ސަބަބުން ދިވެހި އެތަށް އާއިލާ އަކަށް އޭގެ މަންފާ ކުރާނެ ތީ އަޅުގަނޑު ވ އުފާވޭ،އެކަމަކު ވިސްނަވާ ތި އީ 10ޕަސެންޓް އިން މުވަށްޒަފަކަށް ޖެހުނު ވަރު، އިތުރަށް 12ޕަސެންޓް ނަގާ އެބަ ސަރުކާރުގެ ބޭނުމަށްވެސް، މިދެންނެވި 12ޕަސެންޓް ސަރުކާރަށް ހޯދައި ދިނުމަށް ރިސޯޓް މުވަށްޒަފުން ރެއާދުވާލު ވަމުންދާ ގުރުބާނީ އަށް އިޙްލާސް ތެރިކަމާ އެކު ޝުކުރު ދަންނަވަން،އަޅުގަނޑު ކަހަލަ ލަޓޯ ފަޓޯ ކަޑަ މީހަކު ގެ ލޮލުގައި އެކަން އަޅައިގަނެ އޭގެ ވާހަކަ ދެއްކީމައި ކަޑަ ކަމަކަށް ވިޔަސް ދަންނަވާލާނަން ދިވެހި ދައުލަތަށް ވަންނަ ފައިސާ އަށް ވާގޮތް ރައްޔިތުންނަކަށް ނޭގޭނެ،މި ގައުމު މުޅިން ހަލާކު ވަމުން މިދަނީ ކޮރަޕްޓް ބަޔެއްގެ އަތްމަށްޗަށް ދޫކޮށް ލެވުނީމައި،ކޮވިޑް ގެ ހާލަތު ފެށިގެން އައި އިރު ބޭރުގެ އެކި ފަރާތް ތަކުން އެހީގެ ގޮތުގައި ލިބުނު ފައިސާ އިން ކުރިއަށް އޮތް 5 އަހަރު ދުވަހު ދިވެހި ރައްޔިތުން އަތުންފައިން މަސައްކަތެއް ނުކޮށް ކައިގެން ބޮއެގެން އުޅެވޭނެ،އެކަމަކު އެއަށް ވީގޮތެއް އެގޭ އެނގޭ އެއްވެސް އާއްމު ރައްޔިތެއް ނެތް،ފެންނަނީ އަބަދުވެސް އޮޑިޓަރ ޖެނެރަލްގެ އޮޑިޓް،އޮޑިޓް ކުރާ ކޮންމެ ދިމާ އަކުން ރައްޔިތުންގެ ހައްގު މިލިޔަނުން ނިގުޅައި ގެންފައިވާ މަންޒަރު،އެއިން މީހަކަށް ދައުވާއެއް ނުކުރެވޭ އަބުރައް ހުތުރު ވެދާނެތީ،ކޮންމެ ބަޔަކު ވެސް ވެރިކަން ހޯދަން މިއުޅެނީ ރައްޔިތުން ގެ ބައިތުލް މާލު އަތުޖެހޭތޯ،ރައްޔިތަކު ކާނެ ޕެނަޑޯލް ގުޅައެއްގެ ހިސާބުވެސް މިލިބެނީ އެތަށް ވަރަކުން އެތަށް މަސައްކަތެއް ކޮށްގެން،ސަރުކާރުގެ ބޮޑުންނާއި އާއިލާ ޗާރޓަރ ފްލައިޓް ގައި އެމެރިކާއަށް ބޭސް މަލަން ކޮޅެއް އަޅަންވެސް،ވާހަކަ ގިނަވީމައި މި ވަގުތު ހުއްޓާލާނަން، ޝުކުރިއްޔާ
މަހުޖަނަކޭ ބުނާ ، ގާސިމު ލަދު ގަންނަންޖެހޭ. މުވައްޒަފުންނަށް ނުބައޭ އަޑުތަކުން އިވޭ ބޭފުޅެއް މަހުޖަނު ޤާސިމަކީވެސް . މިހާރު އެއްކަލަ ދީލަތިކަންވެސް އޮއްސިއްޖެ.
ގާސިމަށް ވަރަށް ސަލާމް
ރިސޯޓަކުން 1 މަހަކަށް 60000 ރ (ފަސްދޮޅަސްހާސް ރުފިޔާ) މުވައްޒަފަކަށް ދޭއިރު ދިވެހި ސަރުކާރަށް ޚިދުމަތްކުރާތާ 25 އަހަރު 30 އަހަރު ވެފައިވާ އިދާރީ މުވައްޒަފަކަށް ނުވަތަ މަސައްކަތު މުވައްޒަފަކަށް މަހަކު 7000 ރ ނުލިބޭތީ ޙައިރާންވެއެވެ. އަޅެފަހެ އިދާރީ މުވައްޒަފުންގެ ތިބެނީ އަނބިދަރިންނެއްނޫންހެއްޔެވެ؟ ޒަރޫރީ ބޭނުންތައް ނުފުއްދި ސަލާންޖަހާ ކިތައް އިދާރީ މުވައްޒަފުން އެބަތިބިހެއްޔެވެ؟ ޖުޑީޝަރީ ގެ މުވައްޒަފުންނަށާ ޞިއްޙީ ދާއިރާއަށާއި ޓީޗަރުންނަށް 15000ރ ވަރު އެބަލިބެއެވެ. އެއީ މުޅިއަކުން ގޯސްމިންވަރެއްނޫނެވެ. އެކަމަކު އެޑްމިން އޮފިސަރުން ޑިގުރީ އޮތަސް އެންމެ 7000 ރ ގެއަށް ގެންދަން ނުލިބެއެވެ. މިކަމާ ދޭތެރޭ ވިސްނާ ހަމަ އެކަކުވެސް ނެތެވެ. ވޯޓު ގާތްވީމާ ޕޭކޮމިޝަނުން އެކަމާ އެބައުޅޭ ބުނުން ފިޔަވައި ކުރެވޭ އެއްކަމެއް ނެތެވެ.
ކޮންޑް މޯލްޑިވްސް އިން 31 ދުވަހު މަސައްކައް ކުރުވާފަ 11 ދުވަހުގެ ސާވިސްޗާޖް.އާ ގާނޫނުން ކޮން ރަޑް މުއައްޒަފުންނަށްް 1000 ޑޮލަ ރުގެ ގެގެއްލުން
ަ