ގޭމަރުންނާއި ގިނަ ވަގުތު ފޯނުގެ ބޭނުން ކުރަން ޖެހޭ މީހުންނަށް ދިމާވާ އެންމެ ބޮޑު ތަކްލީފަކީ އިރުއިރު ކޮޅާ ފޯނު ޗާޖު ކުރަން ޖެހުމެވެ. މިކަމަށް ހައްލެއް ގެނެސްދިނީ ސެމްސަންގް ގެލެކްސީ ސީރީސްގެ އެމް51 ފޯނެވެ. މި ފޯނު ފުލް ޗާޖުގައި ބްރައުޒް ކުރުމާއި އިންޓަނެޓް ބޭނުންކޮށް އަދި ގިނަ އިރު ވަންދެން ފޯނު ކުރުމުން ވެސް 24 ގަޑި އިރު ބެޓެރީގެ ޗާޖު ހިފަހައްޓައެވެ. ސޮއްޓިބިޒް އިން މި ވަނީ މި ފޯނުގެ އާ ސްޓޮކެއް ބާޒާރަށް ގެނެސްފައެވެ.

ސޮއްޓިބިޒް އިން ސެންސަންގް ގެލެކްސީ އެމް51 ފޯނު ލީބެން ހުރީ 8،000ރ. އަށެވެ. މައި ކެމެރާގައި 46 މެގަޕިކްސަލް ހުންނަ މި ފޯނުން 4ކޭ ވީޑިއޯ ބަލައިލެވޭނެއެވެ. ފޯނުގެ ސްޓޯރޭޖް ކެޕޭސިޓީ 128ޖީބީ ހުންނަ އިރު މި ފޯނަކީ ގިނަ ވަގުތު ކޯލްތައް ކުރަންޖެހޭ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ފޯނެކެވެ. ހާއްސަކޮށް ގިނަ ވަގުތު ޗާޖު ކުރެވޭނެ ގޮތެއް ނެތި ކަނޑުމަތީގައި އުޅޭ މަސްވެރިންނަށް ވެސް ބޭނުންކޮށްލަން މިއީ ވަރަށް ރަނގަޅު ފޯނެކެވެ.

ސޮއްޓީބިޒް އިން ބުނީ މި ފޯނާއި އެ ފިހާރައިން ވިއްކާ ހުރިހާ ސާމާނެއް މާލޭގެ ހުރިހާ ސަރަހައްދަކަށް ޑެލިވަރީ ކޮށްދޭ ކަމަށެވެ. އަދި ބޯޓުތަކަށް ވެސް ޑެލިވަރީގެ ހިދުމަތް އެފިހާރައިން ދެއެވެ. ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކުން 7750004 އަށް ނުވަތަ 7449955 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެ އެވެ.

ސެމްސަންގް ގެލެކްސީ އެމް51 ގެ އިތުރުން އެންމެ ފަހުގެ ބްރޭންޑްތަކުގެ ފޯނާއި އެއާ ގުޅޭ ގިނަ ޑިވަސްތައް ސޮއްޓިބިޒް އިން ލިބޭނެއެވެ.