ރާއްޖޭގައި ފުޅާދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ އިކުއިކްސް އިން "އެކްސްޕްރެސް ޔުއަ ލަވް" ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ކެމްޕޭންގެ ދެ މީހަކަށް މި ދެނީ ކެއުމެކެވެ. މިއީ ހާއްސަކޮށް ދެ ލޯބިވެރިންނަށް ދޭ ކެއުމެެވެ.

މި ކެއުން ލިބެނީ މާލޭގައި ހުންނަ ސެމިލިސް ރެސްޓޯރެންޓުންނެވެ. މިއީ އެ ރެސްޓޯރެންޓާއި ލޯބިވެރިންނަށް އިކުއިކްސްގެ ފަރާތުން ދޭ ރޭގަނޑު ކެއުމެކެވެ.

މި ކެެއުން ހޯދުމަށް މި ޖެހެނީ އިކުއިކްސްގެ ފިހާރަތަކުން ވިޔަފާރިކޮށްލާށެވެ. މިގޮތުން މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭނީ އިކުއިކްސް އިން މާލެ ސަރަހައްދުގައި ހިންގަމުން އަންނަ އިކުއިކްސް އާއި އިކުއިކްސް އެކްސްޕްރެސް އިން ވިޔަފާރިކޮށްލާށެވެ.

ފެބްރުއަރީގެ ނިޔަލަށް ކުރިއަށްގެންދާ ހާއްސަ ކެމްޕޭންގައި ބައިވެރިވުމަށް އިކުއިކްސް އާއި އިކުއިކްސް އެކްސްޕްރެސް އިން 200 އަށްވުރެ މަތިން ވިޔަފާރިކޮށްލާށެވެ. އަދި އެ މީހުން ދޭ ކޫޕަން ފުރާލުމުން ދެން އޮންނަނީ ގުރުއަތު ނެގުމެވެ. މި ކެމްޕޭންގެ ގުުރުއަތު ނެގުން އޮންނާނީ މާރިޗް އެއް ވަނަ ދުވަހުއެވެ.

ގުރުއަތުން ހޮވާ މީހަކަށް އޭނާގެ ހަޔާތުގެ ބައިވެރިޔާ ގޮވައިގެން ރޭގަނޑު މޮޅު ކެއުމަކަށް ދެވޭނެއެވެ.

އިކުއިކްސް އެކްސްޕްރެސް ހުންނަނީ މާފަންނު މުރަނގަ މަގުގައި މުދާ ފޮށި ކުރިމަތީގައެވެ. އިކުއިކްސް ފިހާރަ ހުންނާނީ ޖަނަވަރީ ހިނގުމުގައެވެ.