ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ މީހުންނަށް 15 އިންސައްތަ ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ކޮފީ ތަށި ރެސްޓޯރަންޓަކީ ކޮންމެ އުމުރެއްގެ މީހުންވެސް އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން އެންމެ ރަނގަޅު އެއް ރެސްޓޯރަންޓެވެ. ކޮފީ ތަށި ރެސްޓޯރެންޓަށް ކާން ދާ މީހުންނަށް ދެނީ އަމިއްލަ އެތައް އުފެއްދުންތަކާއި، ދިވެހި ރަހަތަކުގެ އުފެއްދުންތަކެވެ.

މި ރެސްޓޯރެންޓަކީ އަގުގެ ގޮތުން ބަލާއިރުވެސް ހެޔޮ އަދި ރަހައިގެ ގޮތުންވެސް ފެންވަރު ރަނގަޅު ރެސްޓޯރެންޓެވެ. މި ރެސްޓޯރެންޓްގައި ހަފްތާ ބަންދު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނާއި މެންދުުރު ބުފޭވެސް ތައްޔާރު ކުރެއެވެ.

މި ރެސްޓޯރެންޓްގައި މިހާރު ވެސް ވަނީ ޑިސްކައުންޓް ހާއްސަ ޕްރޮމޯޝަނެއްވެ ސް ފަށައިފައެވެ. އިރުއޮއްސި 6:30 އިން ރޭގަނޑު 10:30 ގައި ހިނގާލާފައި މި ރެސްޓޯރެންޓަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މި ދެނީ ބޮޑު ޑިސްކައުންޓެކެވެ. ފެބްރުއަރީގެ ނިޔަލަށް ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ލިބެނީ 25 އިންސައްތަ ޑިސްކައުންޓެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ހުޅުވި މި ރެސްޓޯރެންޓަކީ މިހާރު މާލޭގައި އެންމެ މަގްބޫލު އެއް ތަނެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސްކިޕަރ3223

    މީގަ ރަގަޅު ގޮތަކީ ވެކްސިންގެ 2 ޑޯޒް ހަމަވެފައި ތިބޭ މީހުންނަށް ޑިސްކައުންޓް ދިނުން. ވެކްސިންގެ ފުރަތަމަ ޑޯޒުން ކޮވިޑު ޖެހުމުން ރައްކާތެރި ނުކޮށްދޭ. ފުރަތަމަ ޑޯސް ޖަހައިގެން 28 ދުވަސް ހަމަނުވާނަމަ ލިބެނީ ވަރަށް ވަރަށް ކުޑަ ރައްކާތެރިކަމެއް. ދިސް އިޒް ސައިންސް

    2
    1
  2. މުޑޭ

    ކޮވިޑްމިކިޔާ ނުރައްކާތެރި ބަލިން ރައްކާތެރިކަން ހޯދަން ވެކްސިންޖެހީމަ ބޮޑެތި ޑިސްކަންޓާ އިނާމުތައް ލިބޭ ނުވަތަ ލިބުނު ބައްޔެއެއް އަދި މިދުނޔެއަކައް ނާދެއެވެ. މިކަހަލަ ކަންތައްތަކުންވެސް އެތަކެއް ސުވާލުތަކެއް އުފެދެއެވެ.ކޮވިޑަކީ ބައެއްގެ އަޑިނުބައި ރޭވުމެއްގެ ދަށުން ހިންގާބޮޑު ޖަރީމާއެކެވެ.މިއަދުވެސް މިގައުމުގައި އެފަދަ ބައިވަރު ހެކިފެނެއެވެ. 1 އިންޑިޔާއިން ވެސްސިން ގެނައުމުން ސިއްހީދާއިރާއިން ކުއްލިޔަކައް ކޮވިޑްގެ ކޭސްތައް އިންތިހާއައް އތުރުވީ އެވެ . ޕީފީއެމުން މުޒާހިރާ ޖައްސާތީ ކުއްލިނުރައްކާވީ 2
    .ލޯކަލް ކައުންސިލް އިންތިހާބައްވެސް ކޮވިޑް ވައްދާގެން މިއަދުގެ ސަރުކާރުން އެތަކެއް ސިޔާސީ ސްޓަންޓްތަކެއް އެބަޖައްސައެވެ.

    3
    1
  3. އަޙްމަދް

    ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ މީހުންނަށް 15 އިންސައްތަ ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖެހިއްޖެއެވެ.
    -------------------------------------
    މި ފެށެނީ ވަރަށް ނުރައްކާ ތެރި ކަމެކެވެ!
    ބުނެވެއެވެ ވެކްސިނަކީ ސިއްޙީފަރުވާއެކެވެ. އެކަމަކު ކުރިއައް އޮތްތާގައި ވެކްސިން ޖަހަންވީ ބޮޑުތަނުން ޑިސްކައުންޓު ލިބޭނެތީ އެވެ.
    މި ކޮންކަހަލަ ސިއްޙީފަރުވާއެއްތޯއެވެ؟
    މިހެންވީމަބުނެވެނީ ވެކްސިނަކީ ސިއްޙީ ބިރުވެރިކަން އުފައްދައިގެން މަހުޖަނުން ކުރާ މަކަރުވެރި ވިއަފާރިއެކެވެ.

    2
    1
  4. އަޙްމަދް

    ކޮވިޑޭ ކިޔާބައްޔެއް ނޫޅެއެވެ......މިއި ކާފަރު ދައުލަތްތަކުން ރާވައިގެންހިންގާޖަރީމާއެކެވެ.

    3
    1