މިއަހަރު މިހާތަނަށް ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.8 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އާމްދަނީއަށްވުރެ އިތުރަށް މިހާރުވެސް ދައުލަތުން ފައިސާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް 3.3 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ޚަރަދު ކޮށްފައެވެ.
ޚަރަދުކުރި ފައިސާގެ ތެރެއިން %75 ޚަރަދުކޮށްފައި ވަނީ ރިކަރެންޓް ޚަރަދުތަކަށް ކަމަށާއި %25 ޚަރަދުކޮށްފައި ވަނީ ކެޕިޓަލް ޚަރަދަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ވަކިވަކި މިނިސްޓްރީތަކުން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ކޮށްފައިވާ ޚަރަދުތައް 403.3 މިލިއަން ރުފިޔާއަށް އަރައެވެ. ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ އެންސްޕާ އިންނެވެ. އެންސްޕާއިން 331.9 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ވެސް ވަނީ 304.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ހެލްތު މިނިސްޓްރީން 249.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާއިރު ޕެންޝަން އޮފީހުން ވަނީ 232.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. ފުލުހުން ވަނީ 204.9 މިލިއަން ރުފިޔާ މިއަހަރު މިހާތަނަށް ޚަރަދު ކޮށްފައެވެ.
ދައުލަތައް އާމްދަނީ ލިބުނު ގޮތައް ބަލާއިރު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.4 ބިލިއަން ރުފިޔާއަށް އަރައެވެ. ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ 375 މިލިއަން ރުފިޔާއަށް އަރައެވެ. އެހީގެ ގޮތުގައި މިއަހަރު ލިބިފައި ވަނީ 3.1 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަސް ނިމުނުރިއު އާމްދަނީ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއަހަރު މިމުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 2.8 ބިލިއަން ރުފިޔާ ކަމަށް ވާތީ މިއަހަރު އާމްދަނީ މިދިޔަ އަހަރާއި އަޅައި ބަލާއިރު 900 މިލިއަން ރުފިޔާ މަދެވެ.
ކޮވިޑް-19 އާއި ގުޅިގެން ދަށްވެފައިވާ ވިޔަފާރިތައް އަދިވެސް ހަމައަކަށް ނޭޅޭތީ ދައުލަތުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް ދައުލަތުން ކުރާ ހޭދަ އެއްވެސް ވަރަކަށް ކުޑައެއް ނުވެއެވެ. އެހެންކަމުން ޚަރަދުތައް ހަމަޖައްސަން ލޯނު ނަގަން ސަރުކާރުން ދަނީ ލޯނު ނަގަމުންނެވެ.
ވަގުތުގެހީވާގިކުދިންކޮޅަށް ސަރުކާރެކޭއެއްގޮތަށް އޮޅުނީތޯ؟ މިސަރުކާރަކީ އެއްގޮތަކަށްވެސް ރައިއްޔަތުންލޯނުދަންތުރައިގަ ޖައްސާނެސަރުކާރެއްނޫން ! މިކަހަލަޚަބަރު ތެދުދޮގުނުބަލާ ލިޔަންވާނެތޯ؟ ކޮބާ ބުރޯޑުކޮމްގަދަނިދީގަތޯ؟
ޚަރަދުކުރާވަރަށް ޚަރަދުކުރެވޭ އެކަމަކު ސިވިލް ސާރވިސް މުވައްޒަފުން މުސާރަ އަދިވެސް ބޮޑެއް ނުވޭ؟؟؟ ދަނީދަށަށް؟؟؟؟ މިވައުދު ވީތަނެއްވެސް ނޭގޭ؟؟؟؟
ފިނޭން މިނިސްޓަރަކަށް ސަފަރަކަތްދަ ، ރައީސުލްޖުމުހޫރިއްޔާއަށް ސައްތިމަރިޔަނބު އިރާ ވީދާ ނޮޅާ ކަނީ
ވޯޓު ލުމުގެ ކުރިން ވެސް ދެވިއްޖެއްޔާ ސުބްހާނަﷲ
އެއްމެން އަތް ޖަހާ...