ރާއްޖޭގެ ހަމައެކަނި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަ ޝީޝާ އިން ހޮންޑާގެ ޕަވާ ޕްރޮޑަކްޓްތަކަށް ޙާއްސަކޮށްގެން ޕަވާ ޑީލްސްގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ، 16 މާރިޗް އިން ފެށިގެން ރޯދަ މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްގެންދާ އިރު، މިއީ ގިނަ ބަޔަކަށް ހެޔޮ އަގެއްގައި ޕަވާ ޕްރޮޑަކްޓްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ޝީޝާ އިން ކުރިއަށްގެންދާ ހާއްސަ ޕަވާ ޑީލްސް ޕްރޮމޯޝަނަށް ބަލާ އިރު، ގަންނަ ޕްރޮޑަކްޓްސް އިތުރު ކުރާ ވަރަކަށް، ޑިސްކައުންޓް ވެސް އިތުރުވާނެ ކަމަށް ޝީޝާ އިން ބުންޏެވެ. އެގޮތުން ގަންނަ ފުރަތަމަ ޕްރޮޑަކްޓުން %5 ޑިސްކައުންޓް ލިބޭއިރު، ދެވަނަޕްރޮޑަކްޓުން %10 ޑިސްކައުންޓް ލިބޭނެއެވެ. އަދިދެ ޕްރޮޑަކްޓްއަށް ވުރެން އިތުރަށް ގަންނަ ކޮންމެ ޕްރޮޑަކްޓަކުން %12 ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން ޑީލް ނަގާ ފަރާތްތަކަށް ހިލޭ ޖެނަރޭޓަރެއް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޝީޝާ އިން ބުންޏެވެ.


ޝީޝާ އަކީ ހޮންޑާ ސައިކަލުގެ އިތުރުން ހޮންޑާ ޕަވާ ޕްރޮޑަކްޓްސްގެ ވެސް ރާއްޖޭގެ ހަމަ އެކަނި އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ
.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ހޮންޑާ ޕަވާ ޕްރޮޑަކްޓް ތަކަކީ މިހާރުވެސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އިތުބާރު ލިބިފައިވާ ޕްރޮޑަކްޓްސްތަކެއް ކަމެވެ. މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުންދާ ހޮންޑާގެ ޕަވާ ޕްރޮޑަކްޓްސްތަކުގެ ތެރޭގައި ހޮންޑާ ފެން ޕަންޕާއި، ހޮންޑާ ބްރަޝް ކަޓަރު، މަލްޓިޕާޕަސް އިންޖީނު އަދި ބެކް ޕެކް ސްޕްރެޔާ ހިމެނެއެވެ.


ހޮންޑާ ފެން ޕަންޕަކީ ގިނަ އަދަދެއްގެ މަސްދޯނި ފަހަރުތަކުގައި، ސަފާރީ ތަކުގައި، އަދި ދަނޑުވެރިން ވެސް ބޭނުން ކުރަމުންދާ ޕަވާ ޕްރޮޑަކްޓެކެވެ
.

ހޮންޑާ ބްރަޝް ކަޓަރަށް ބަލާއިރު، މިއީ ދަނޑުވެރިންނާއި ގިނަ ކައުންސިލްތަކުގެ ބޭނުންތަކަށް ބޭނުން ކުރަމުންދާ ޕަވާ ޕްރޮޑަކްޓެކެވެ. ހޮންޑާ މަލްޓިޕާޕަސް އިންޖީނަކީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުން ކުރާ ޖެކް ހެމާ ތަކުގައި އަޅުވަން ބޭނުން ކުރާ ޕްރޮޑަކްޓެއްގެ އިތުރުން، ޑައިވަރުން އޮކްސިޖަން އުފައްދަން ގެންގުޅޭ ކޮންޕްރެސަރު ތަކުގައި ވެސް ބޭނުން ކުރާ ޕްރޮޑަކްޓެކެވެ. އަދި މި ނޫންވެސް ގިނަ ކަންތައްތަކަށް މަލްޓިޕާޕަސް އިންޖީނު ބޭނުން ކުރެވޭނެއެވެ.

ހޮންޑާގެ ޕަވަ ޕްރޮޑަކްޓްސްތަކުގައި ބޭނުން ކޮށްފައި ހުންނަނީ ހޮންޑާގެ މަލްޓި ޕާޕަސް އިންޖީނުތައްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ހޮންޑާ އިން ވިއްކާ ޕަވަ ޕްރޮޑަކްޓްސް ގެ ސްޕެއާސް ޝީޝާގެ ހުރިހާ އައުޓެލެޓަކުން ލިބެން ހުންނައިރު، ކ. މާލެ، ކ. ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ އަދި ކުޅުދުއްފުށިސިޓީއިން ހޮންޑާ ޕަވަރ ޕްރޮޑަކްޓްސް ސާރވިސް ކުރެވެން ހުންނާނެއެވެ.

ޝީޝާ އިން ބުނީ، ހޮންޑާ ޕަވާ ޕްރޮޑަކްޓްސް ތަކަކީ އަވަދިނެތި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަ ކަމެއް ގެނެސް ދިނުމުގެ ގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ޕްރޮޑަކްޓްތަކެއް ކަމަށެވެ.

އަދި ހޮންޑާއިން އުފައްދާ މަލްޓި ޕާޕަސް އިންޖީނާއި، ފެން ޕަމްޕާއި، ބްރަޝް ކަޓަ އަދި ބެކް ޕެކް ސްޕްރެޔާއަކީ ބޭނުން ކުރަން ފަސޭހަ، ތެޔޮ ހަރަދު ކުޑަ، ދިގު މުއްދަތަކަށް ބޭނުން ކުރެވޭ، އިތުބާރު ލިބިފައިވާ ޕްރޮޑަކްޓްސްތަކެއް ކަމަށް ވެސް ޝީޝާ އިން ބުންޏެވެ.

މި ޕްރޮމޯޝަން ޝީޝާގެ އައުޓްލެޓްތައް ހުޅުވާފައި ހުރި ހުރިހާ ރަށެއްގައި ކުރިއަށްގެންދާނެއެވެ. އޭގެ ތެރޭގައި މާލެ، ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ، ލ. ގަން، ފުވައްމުލަށް ސިޓީ، ގދ. ތިނަދޫ އަދި ގއ. ވިލިނގިލި ހިމެނެއެވެ.


މަލްޓި ޕާޕަސް އިންޖީން

ހޮންޑާގެ މަލްޓި ޕާޕަސް އިންޖީނަކީ ވަރަށް ގިނަ ބާވަތުގެ މަސައްކަތްތައް ކުރުމުގައި ބޭނުން ކުރެވޭނެ މެޝިނެކެވެ.
މިގޮތުން ކޮންސްޓްރަކްޝަން އިކުއިޕްމަންޓުތަކާއި، ޖެނަރޭޓަރާއި، ޓިލާރގެ އިތުރުން ޕަމްޕު ތަކުގައިވެސް މިއިންޖީން ބޭނުންކުރެވޭނެއެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން މި އިންޖީންތައް ފަރުމާ ކުރެވިފައިވަނީދިގު މުއްދަތަކަށް މައްސަލަ ނުޖެހި، ތެޔޮގެ ހަރަދު ވިހާވެސް ކުޑަ ކުރެވޭނެ ގޮތަށެވެ.

ހޮންޑާ ފެން ޕަމްޕު

ހޮންޑާގެ ހުރިހާ ފެންޕަމްޕުތަކަކީ ހަކަތައިގެ ގޮތުގައި ޕެޓްރޯލް ބޭނުންކުރާ ޖީ-އެކްސްމަރުކާގެ އިންޖީނު އެކުލެވިގެންވާ ޕަމްޕުތަކެކެވެ.
އާދަޔާ ހިލާފަށް މޮޅަށް މަސައްކަތްކުރާ މި ޕަމްޕުތަކަކީ ފަސޭހަކަމާއިއެކު ހަލުއިކޮށް އިސްޓާޓުކުރެވޭ، އަޑުމަޑު އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ އުފެއްދުންތަކެކެވެ.
ޕަމްޕުތަކުގެ ހެވީ- ޑިއުޓީ- ފުލް ފުރޭމް ފަރުމާކުރެވިފައިވަނީ ޕަމްޕު ވަރުގަދައަށް ހިމާޔަތް ކުރުމަށާއި އެކި ތަންތަނަށް ގެންގޮސް ފަސޭހަ ކަމާއެކު ބެހެއްޓޭނެ ގޮތަށާއި ވައިބްރޭޝަން ވީހާވެސް މަދުކުރެވޭނެ ގޮތަށެވެ.

ބްރަޝް ކަޓަރ

ހޮންޑާ ބްރަޝް ކަޓަރ ފަރުމާ ކުރެވިފައިވަނީ ބޮޑެތި ވިނަ ދަނޑުތައްބެލެހެއްޓުމަށެވެ.
ހާއްސަކޮށް ދަނޑުވެރިންނަށާއި އަދި ރިސޯރޓު ތަކުގައި ލޭންޑް ސްކޭޕިންގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށެވެ.
މި ބްރަޝް ކަޓަރަކީ ވަރަށް ލުއި، ހިފާގެންގުޅެންށާއި އޮޕަރޭޓް ކުރަން ފަސޭހަ ބްރަޝް ކަޓަރެކެވެ.
މީގެ އިތުރުން މި މެޝިނަކީ އަޑު މަޑު އަދި ވައިބްރޭޝަން ވެސް މެދު މިނަކަށް ހިފަހައްޓާ، ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާމެޝިނެކެވެ.
ހުރިހާ ވައްތަރެއްގެ ވެސް ވިނަ ދަނޑުތަކާއި ކުދި ބޮޑު ގަސްހެދިފައިވާ ސަރަހައްދުތަކުގައި ހޮންޑާ ބޮރަޝް ކަޓަރ ފަސޭހަކަމާއި އެކު ބޭނުން ކުރެވޭނެއެވެ.

ހޮންޑާ ބެކް ޕެކް ސްޕްރެޔާ

ހޮންޑާގެ ބެކް ޕެކް ސްޕްރެޔާރ އަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެންފަސޭހަކަމާއި އެކު ގިނަ ކަންތައްތަކަކަށް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާއާލާތެކެވެ.
• އަދި ތެޔޮ ހަރަދު ކުޑަ، މި ޕްރޮޑަކްޓް ފަރުމާ ކުރެވިފައިވަނީ ބޭނުން ކުރާ މީހާގެ ހަށިގަނޑަށް ބުރަ އަދި އުނދަގޫ ނުވާނެ ގޮތަށެވެ.
ކެމިކަލް ބޭނުން ކޮށްގެން ޑިސްއިންފެކްޓް ކުރުމާއި ދަނޑު ހައްދާ ސަރަޙައްދު ތަކުގައި ބޭސްޖެހުން ފަދަ އެތައް ކަމެއް ކުރުމަށް މި ހޮންޑާ ބެކް ޕެކް ސްޕްރެޔާ ކަމުދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސްވެރިޔާ

    ދެތިން ރައްޓެހިން އެއްކޮށްލައިގެން ދާންވީ ދޯ ދޯނޔަށް ފެން ޕަންޕު ގަންނަން! އޭރުން އެންމެންއަށް ވެސް ޑިސްކައުޓް ލިބުނީތާ