ބޯގަޓް ބްރޭންޑްގެ ފޮނި ކާތަކެއްޗަކީ މެދުއިރުމައްޗަށް އަދި މުޅި ދުނިޔެއަށް ވެސް ނަން ހިނގާ މަޝްހޫރު ތަކެއްޗެވެ. ހާއްސަކޮށް މިއީ ސައުދީ އަރަބިއްޔާގެ އެއްވަނަ ނަމަވެސް ދާދިފަހަކާއި ޖެހެންދެން މިއީ ދިވެހިރާއްޖޭގެ މާކެޓުން ލިބެން ހުންނަ ތަކެއްޗެއް ނޫނެވެ. މިހާރު ބެންހޭމް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން މިވަނީ ބޯގަޓްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ.

ބެންހޭމްގެ އަމާޒަކީ މިހާރު ރާއްޖޭގެ ކޮންމެ އަތޮޅަކުން އަދި ކޮންމެ ރަށަކުން އެކުންފުނީގެ އެޖެންޓުންގެ ގޮތުގައި ބޯގަޓް ބްރޭންޑްގެ އުފެއްދުންތައް ވިއްކާނެ ވިޔަފާރިވެރިން ހޯދުމެވެ. އެކަމަށް ފުރަތަމަ ކުރިމަތިލާ ވިޔަފާރިވެރިންނަށް އިސްކަންދޭނެ ކަމަށް ބެންހަމް އިން ބުނެއެވެ. ބެންހަމްގެ އެޖެންޓުންނަށްވުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7779493 ނުވަތަ 9806721 އަށެވެ.

ބޯގަޓް ބްރޭންޑްގެ ޓަބް ހަތަރު ވައްތަރެއްގެ ލޮލީ މިހާރު ރާއްޖޭގައި ދަނީ ވިއްކަމުންނެވެ. ބްރަޝް، ކޯލާ، ހާޓް އަދި ވެރީ ބެރީ ބެންހަމް އިންޓަނޭޝަނަލް އިން މިހާރު ވެސް ރާއްޖޭގައި ވިއްކަމުން އެބަގެންދެއެވެ. މިއިން ކޮންމެ ޓަބެއްގައި 40 ލޮލީޕޮޕްސް ހިމެނޭނެއެވެ.

ދެން ރާއްޖޭގައި ވިއްކަނީ ކޮންމެ ފޮއްޓެއްގައި 100 ޕީސް ހިމެނޭ ބޯގަޓް ލޮލީޕޮޕް ބޮކްސް އެވެ. މީގެތެރޭގައި ސްކެއަރީ ޗެރީ، ފްރޫޓީ ޕާޓީ، ފަޒީ ކޯލާ، އަދި ކްރޭޒީ ބްލޫބެރީ ހިމެނެއެވެ.

"އަޅުގަނޑުމެން މިވިއްކާ ބޯގަޓް ލޮލީ ޕޮޕްތަކުގެ އެންމެ ހާއްސަ ސިފަތަކުގެ ތެރޭގައި މީގެ އަގުގެ އިތުރުން މިއީ 3ޑީ ލޮލީ ޕޮޕަކަށްވުން ވެސް ފާހަގަ ކުރެވޭ. އެހެންކަމުން މިއިން ކޮންމެ ލޮލީ ޕޮޕެއްގެ ސިފަ ވެސް ވަރަށް ރީތި ވާނެ. ކުޑަކުދިން ވަރަށް ގަޔާވާ ގޮތައް މީގެ ލޮލީ ޕޮޕްތައް ތައްޔާރު ކުރެވިފައި ވަނީ." ބެންހަމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިލޮލީ ޕޮޕްތަކަކީ ކުޑަކުދިންގެ ޕާޓީތަކުގައި ވެސް ވަރަށް ބޮޑަށް ހިނގާ އެއްޗަކަށް ވަނީ ވެފައެވެ.

ބެންހޭމްގެ އޮފިޝަލަކު ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރިވެރިންގެ ވަރަށް ބޮޑު މަގުބޫލްކަމެއް މިލޮލީޕޮޕްތަކަށް ލިބިގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލްކަމެއް ލޮލީޕޮޕްތަކަށް ލިބިގެން ދިއުން ކަމަށެވެ.

"ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލްކަމެއް ލިބިގެން ދިޔަ އެއްސަބަބަކީ ވަރަށް ގިނަ ބަޔަކަށް، ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާ ބްރޭންޑަކަށް މި ބްރޭންޑް ވެގެން ދިއުން." އޮފިޝަލް ވިދާޅުވިއެވެ.

ބޯގަޓް ބްރޭންޑްގެ ގަމީސްވެސް ބެންހޭމް އިންޓަނޭޝަނަލް އިން ރާއްޖެ އެތެރެކޮށް ވިއްކާފައި ވެއެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ހުސްވެފައެވެ. އެކުންފުނިން ބުނި ގޮތުގައި ގަމީސްގެ އިތުރު ޝިޕްމެންޓެއް ވަރަށް އަވަހަށް އަންނާނެއެވެ. އެއީ ރާސްބެރީ އެންޑް ބްލެކްބެރީ އާއި ގްލޯސްޓިކާއި ބެއާސްއާއި ރިންގްލެޓާއި ކޭކްސް އަދި ކާރސް ފްލޭވާގެ ގަމީސްއެވެ.

ބޯގަޓް ބްރޭންޑްގެ އިތުރު މައުލޫމާތު ފޭސްބުކް ޕޭޖްް މެދުވެރިކޮށް ލިބޭނެއެވެ.

Borgat lollipops available for wholesale - Free Delivery to shops and ferrys Call us now at 9806721 or 7779493.

Posted by Borgat.Mv on Monday, March 22, 2021

ބޯގަޓް ބްރޭންޑްގެ އުފެއްދުންތަކަކީ އާއިލާ މެންބަރުން އެއްތަންވާ ވަގުތުތަކުގައި ސްނެކްސްއެއްގެ ގޮތުގައި ވެސް ބޭނުންކޮށްލަން އެފަދަ ދެވަނައެއް ނެތް އުފެއްދުމެކެވެ.