ރާއްޖޭގެ އެއްމެ ބޮޑު އެއް ސިޓީ ކަމުގައިވާ ފުވަމުލައް ސިޓީގައި އެޗްޑީސީގެ ކޯލް ސެންޓަރެއް ރަސްމީކޮށް ހުޅުވިފައެވެ.

އެޗްޑީސީން ވިދާޅުވީ، މިއީ އެ ދެމުންގެންދާ ޙިދުމަތްތަކުގު ފެންވަރު ރަނގަޅުކޮށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުޅުމާލެ ފަދަ އިތުރު ރަށްތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒު ކަނޑައެޅި ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން 'ބިޔޯންޑް ހުޅުމާލެ' ގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށެވެ.
ކޯލް ސެންޓަރެއް ވަނީ ރަސްމީކޮށް ހުޅުވިފައެވެ.

އެޗްޑީސީގެ ކޯލް ސެންޓާރުގެ ނަމްބަރުގެ ގޮތުގައި 1516 ހޮޓްލައިންވެސް ވަނީ ކަނޑައަޅާފައެވެ.

އެ ކުންފުނިން ވިދާޅުވީ، ފުވަމުލަކުގައި ހުޅުވި ކޯލް ސެންޓަރަކީ، އެ ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވާ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅިގެންދިުަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އެ ކުންފުންޏާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް އެކުންފުންޏަށް ގުޅާ ހިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ މި ސެންޓަރުގެ މައިގަނޑު އެއް އަމާޒު ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މި ކޯލް ސެންޓަރުގެ ސަބަބަބުން ފުވަމުލައް ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެ ކުންފުންޏާއި ފުވަމުލަކުގެ ރައްޔިތުންނާ ކައުންސިލް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވަމުލައް ތަރައްގީކުރުމަށް ކުންފުނީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

ވޭޗުއަލްކޮށް ބޭއްވި މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވަނީ ކޯލް ސެންޓަރުގެ ސަބަބަބުން ކުންފުނިން ދެމުންގެންދާ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

އަދި ފުވަމުލަކުގެ ރައްޔިތުންނާއި މި ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް ކުރައްވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ބައިވެރިންނާއި ވާހަކަފުޅުދައްކަވަމުން ފުވަމުލަކުގެ މޭޔަރ އަބްދުالله ފަލާހް ޝަރީފް ވަނީ ފުވަމަލުކު ކައުންސިލްގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫންކަމަށާއި، އެޗް.ޑީ.ސީގެ އަރބަން ސިޓީއެއް ތަރައްގީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވަމުލަކަށް އެތައް ތަރައްގީއެއްގެނައުން ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު