މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އިހުސާން ފިހާރައިން ރޯދަ މަހަށް ހާއްސަކޮށް އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން މެއި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން އިހުސާން ފިހާރައިގެ އެކި އައުޓްލެޓްތަކުގައި ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 200 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދާ ދެ މަސް ދުވަހުގެ ތެރޭގައި 200 ރުފިޔާއިން މަތިން ވިޔަފާރިކޮށްގެން ލިބޭ ކޫޕަން ފުރާފައި އެ ފިހާރަތަކުގައި ހުންނަ ފޮއްޓަށް އަޅާލުމުން ޕްރޮމޯޝަންގައި ބައިވެރިވެވުނީ އެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ހޮވޭ ތިން ނަސީބުވެރިއަކަށް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ފުރަތަމަ ނަސީބުވެރިޔާއަށް ހޮންޑާ ސްކޫޕީ ސައިކަލެއް ލިބޭނެއެވެ. އަދި ދެވަނަ ނަސީބުވެރިޔާއަށް ދޮންނަ މެޝިނެއް އަދި ތިން ވަނަ ނަސީބުވެރިޔާ އަށް 65 އިންޗީގެ ޓީވީއެއް ލިބޭނެއެވެ.

އިހުސާން ފިހާރައިން ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ރޯދަ މަހާއި ދިމާކޮށް ފިޔާ ބިސް އަދި އަލުވީގެ އަގު ވަރަށް ބޮޑަށް ހެޔޮޮކޮށްފައިވާ ކަމަށެވެ.އަދި ރޯދަ މަހު ރައްޔިތުން އާއްމުކޮށް ބޭނުން ކުރާ 10 ޕްރޮޑަކްޓެއްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮކޮށްފައިވާނެ ކަމަށް އިހުސާން ފިހާރައިން ބުންޏެވެ.

އަދި ރޯދަ މަހަށް ހާއްސަކޮށް އިހުސާން ފިހާރައިގެ ހުރިހާ އައުޓްލެޓްތަކުން ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން، ގޭތެރެއަށް ބޭނުންވާ ސަމާނު ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން އިހުސާންގެ ގަލޮޅު ފިހާރަ މިހާރު ވަނީ 24 ގަޑިއިރު ހުޅުވައިގެން ހިދުމަތް ދޭ ގޮތަށް ހަމަޖައްސާފައެވެ.