ރަމަޟާން މަހު ވިޔަފާރި އުސޫލުން އެއްގަމު އުޅަދުގައި މުދާ އުފުލުން މަނާކޮށްފައި އޮތްގަޑިތައް އާއްމުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މިއަހަރުގެ ރަމަޟާން މަހު މާލޭގައި ވިޔަފާރި މުދާ އުފުލުމާ ގުޅޭގޮތުން ކޮށްފައިވާ ކުރިން އިއުލާނުކޮށްފައިވާ ވިޔަފާރި އުސޫލުން އެއްގަމު އުޅަދުގައި މުދާ އުފުލުން މަނާކޮށްފައި އޮތްގަޑި އަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ހަވީރު 4.00 އިން ފެށިގެން ރޭގަނޑު 8.00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މުދާ އުފުލުން މަނާކޮށްފައިވާ މިގަޑިއަކީ އާއްމުކޮށް ގިނަބަޔަކު ބޭރަށް ނުކުމެ އުޅޭ ގަޑިތައްކަން ފާހަގަކޮށްލަން ޖެހެއެވެ.