އަތަރަކީ ދިވެހިންގެ ތެރޭގައި މިއަދު އެންމެ ނަން މަޝްހޫރު އެކަށްޗެވެ. މީގެ އަހަރުތަކެއް ކުރިން އަތަރު ހާއްސަވެފައި އޮންނަނީ މުސްކުޅިންނަށާއި ގަދަރުވެރި ހަރު މީހުންގެ އިތުރުން ދީނީ އިލްމުވެރިންނަށް އެކަންޏެވެ. ނަމަވެސް އެކަން މިއަދު މިވަނީ ބަދަލުވެފައެވެ. އަތަރަށް ޒުވާނުންގެ މެދުގައި އޮންނަ މަގުބޫލުކަން ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އަޅުގަނޑުމެންގެ މި ހަތަރު ލައްކައާއި ގާތް ކުރާ ކުޑަ އާބާދީގައި އަތަރު އެންމެ ބޮޑަށް ދިވެހިންނަށް އެނގިގެން ދިޔައީ ނުވަތަ އަތަރަށް ދިވެހިންގެ ލޯބި އިތުރުވެގެން ދިޔަ އެއް ސަބަބަކީ ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް " އޫދު އަލް ސަބާޔާ" އެވެ.

އޫދު އަލް ސަބާޔާ އުފެދުނީ ކިހިނެތް؟

އޫދު އަލް ސަބާޔާ އުފެދިގެން އައީ "އަލް ސިންހޫތް" ގެ ނަމުގައި ހިންގި ފޭސްބުކް ޕޭޖަކުންނެވެ. އޮންލައިން ވިޔަފާރި ކުރާ ގިނަ ފަރާތްތަކަށްވެސް ކަންތަށް ކުރާ އުސޫލުން ސ.ހިތަދުއަށް އުފަން ހުސެން ސަބީން ފެށި މި ވިޔަފާރި މިއަދު ދިވެހިން ބަލައިގެފައިވާއިރު އެއިރު އެކަން ކުރަމުން އައީ މަދު އަތަރާއި ފާފިއުމް އައި އަބާޔާ ނިޖާބްއާއި އެކުގައި ކަމަށް ހުސެއިން ސަބީން ބުންޏެވެ.

ވަގުތު އިމޭޖަސް : އަޝްހާދް އަބްދުﷲ

"2015 ގައި އަސްލު އޫދު އަލް ސަބާޔާ ފެށިގެން އައީ. އެއީ އެއިރު ގެންގުޅުނު އޮންލައިން ޕޭޖު އަލް ސިނޫތް އިން. އެއިރު ގެންގުޅުނީ 6 ވައްތަރެއްގެ އަތަރު އަދި ހަތް ވައްތަރެއްގެ ޕާފިއުމް. ދެން އަބާޔާ އަދި ނިޖާބް" ހުސެއިން ސަބީން "ވަގުތަށް" ދިން އިންޓަވިޔުއެއްގައި އޫދު އަލް ސަބާޔާ އުފެދިގެން އައި ގޮތް ހިއްސާ ކުރަމުން ބުންޏެވެ.

އަމިއްލަ އަތަރަކާއި ނުލައި ފެށި ވިޔަފާރި ފުޅާވަމުން ގޮސް މިއަދު އޭނާ ވަނީ އަމިއްލަ 9 އަތަރެއް ދިވެހިންނަށް ތައާރަފް ކޮށްފައެވެ. އެއާއި އެކު ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑުގެ ލަގަބު "އޫދު އަލް ސަބާޔާ" އަށް ލިބިގެން ދިޔައެވެ.

ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

އޮންލައިން ޕޭޖެއްގައި އަތަރު ވިއްކި އިރުވެސް އުންމީދަކީ ފިހާރައެއް ހުޅުވައި އަތަރުގެ ވިޔަފާރި ފުޅާ ކުރުން ކަމުގައި ސަބީން ބުނެއެވެ.

"އެންމެ ފުރަތަމެސް އުންމީދަކަށް ވީ އަމިއްލަ ފިހާރައެއް ހުޅުވައި މި ވިޔަފާރި ފުޅާކުރުން. އިންޝާ ﷲ" ސަބީން ބުންޏެވެ.

ޝަބީންގެ ހުވަފެން ހަޤީގަތަކަށް ވެގެން ދިޔައީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި "އޫދު އަލް ސަބާޔާ"ގެ ފުރަތަމަ ފިހާރަ ހުޅުވުނު ހިސާބުންނެވެ. 20 ވައްތަރެއްގެ އަތަރާއި 15 ވައްތަރެއްގެ ޕާފިއުމް އަދި އަބާޔާ އާއި ނިޖާބާއި އެކު ހުޅުވިގެން ދިޔަ މި ފިހާރައަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި 2016 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ތިން ވައްތަރެއްގެ އަތަރު ނެރެވުނު ކަމަށް ސަބީން ބުނެއެވެ.

"2016 ވަނަ އަހަރު އަމިއްލަ ތިން ވައްތަރެއްގެ އަތަރު ނެރެވުނު. އެއީ އޫދު އަލް ސަބާޔާ، ބްލެކް ސަބާޔާ އަދި މުސްކް އަލް ސަބާޔާ." ސަބީން ބުންޏެވެ.

އަމިއްލަ ތިން ވައްތަރެއްގެ އަތަރަށް ދިވެހިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި އެކު އަމިއްލަ އިތުރު އަތަރުތަށް އުފެއްދުމަށް އޮތް ޝައުގުވެރިކަން އިތުރުވި ކަމަށްވެސް ސަބީން ބުންޏެވެ. ސަބީންއަށް އޭނާގެ އަމިއްލަ އަތަރު ޕާފިއުމް ނެރެވުނީ 2017 ވަނައަހަރުގެ ތެރޭގައެވެ. އޭނާއަށް އަތަރު ޕާފިއުމް ހަދަން ދަސްކޮށްދިނީ ޔޫއޭއީން އޭނާއަށް ދިމާވި އަތަރު ހަދާ މީހެއް ކަމަށް ސަބީން ބުންޏެވެ.

"ޔޫއޭއިން ދިމާވި އަތަރު ހަދާ މީހެއް ފުރަތަމަ އަތަރު ހަދަން ދަސްކޮށްދިނީ. އޭގެ ފަހުން އަމިއްލަ 9 ވައްތަރެއްގެ އަތަރު އަދި 9 ވައްތަރެއްގެ ޕާފިއުމް ނެރެވުނު" ސަބީން ބުންޏެވެ.

ވަގުތު އިމޭޖަސް : އަޝްހާދް އަބްދުﷲ

އޫދު އަލް ސަބާޔާގެ އަމިއްލަ އަތަރުތަކަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން އެންމެ ފުރަތަމަ ހުޅުވި ފިހާރަ ވަނީ އެއަށް ވުރެއް ޖާގަ ތަނަވަސް ތަނަކަށް 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބަދަލުކޮށްފައެވެ. އެގޮތުން އޫދު އަލް ސަބާޔާގެ އައު ފިހާރަ މިރިޔަސް މަގުގައި ހުޅުވި އިރު އެ ފިހާރައަށްވެސް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

އޫދު އަލް ސަބާގެ ދެ ފިހާރައެއް އަތޮޅުތެރޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު އެ ދެ ފިހާރަވެސް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި ނިމި ހިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށް އޫދު އަލް ސަބާގެ މެނޭޖިންގް ޑައިރެކްޓަރ ހުސެއިން ސަބީން ބުންޏެވެ.

"އޫދޫ އަލް ސަބާގެ ދެ ފިހާރައެއް އިންޝާ ﷲ ވަރަށް އަވަހަށް އަތޮޅު ތެރޭގައި ހުޅުވިގެންދާނެ. އެއީ ސ.ހިތަދޫ އާއި ބ.އޭދަފުށީގައި. އެ ދެފިހާރަވެސް ކުރިއަށް އޮތް ދެމަސް ދުވަސް ތެރޭގައި ހުޅުވިގެންދާނެ" ސަބީން ބުންޏެވެ.

އޮންލައިންކޮށް ފެށި "އޫދު އަލް ސަބާޔާ" މިއަދު މިވަނީ ދިވެހިންގެ ހިތްތަށް ފަހަތަކޮށްފައެވެ. "އޫދު އަލް ސަބާޔާގެ" މެނޭޖަރު ހުސެއިން ޝަބީންގެ އުންމީދަކީ މުސްތަގުބަލުގައި ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އަދި އެކަމަށް ބޭނުންވާ އޮންލައިމް ޕްލެޓްފޯމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށް އޭނާ ބުނެއެވެ.

ލޯބިވާ އަނބިންގެ އެއްބަރާރުލުމާއި އެކު ހުސެއިން ސަބީންގެ އޫދު އަލް ސަބާޔާ މިއަދު ދިވެހިންނަށް ހާއްސަ ތަނަކަށް ވިޔަސް މުސްތަގުބަލުގައި އެއީ ދުނިޔޭގެ ނަން ހިނގާ ތަނަކަށް ވުމަކީ އޫދު އަލް ސަބާޔާ ޓީމްގެ އެންމެ ބޮޑު އުންމީދެވެ. މާތް ﷲ "އޫދު އަލް ސަބާޔާ"ގެ ޓީމަށް އެމީހުންގެ އުންމީދުތަށް ހަޤީގަތަކަށް ހެދޭނެ ގޮތް މިންވަރުކުރައްވާ ވިޔަފާރީގައި ބަރަކާތް ލައްވާން ދޭވެ! އާމީން.

ޢޫދު އަލް ސަބާޔާ ފޭސްބުކް ޕޭޖް