އިސްރާއީލާއި ރާއްޖެއާއި ދެމެދު ފުރަތަމަ ފަހަރަށް ފްލައިޓްގެ ސީދާ ދަތުރުތައް ފަށަން ނިންމައި ޓިކެޓް ވިއްކަން ފަށައިފިއެވެ.
އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކެމިނޯސް އިން މިހާރު ގެންދަނީ ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ އިސްރާއީލްގެ ފަތުރުވެރިންނަށް ޓިކެޓް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް ޕެކޭޖްތަކެއް ވެސް އެކުންފުނިން އަންނަނީ ވިއްކަމުންނެވެ.
އިސްރާއީލްގެ ނޫހެއް ކަމަށްވާ "ހެޔޯމް" ގައި ބުނެފައި ވަނީ ރާއްޖެއަށް އިސްރާއީލުން ދަތުރުތައް ފަށާނީ އަންނަ ސެޕްޓެމްބަރ މަހުގެ 06 ވަނަ ދުވަހުއެވެ. ދަތުރުތައް ކުރިއަށް ގެންދަން އަދި ޝެޑިއުލް ކޮށްފައި އޮތީ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހާއި ހަމައަށެވެ. ދަތުރުތައް ކުރާނީ ކޮންމެ ހޯމަ ދުވަހަކުއެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އެއާ ޝީޝޭލް އިންނެވެ.
އިސްރާއީލުން ރާއްޖެއަށް ކުރާ ދަތުތައް އަށް ގަޑިއިރު ހޭދަވާނެ ކަމަށް އިސްރާއީލްގެ މީޑިއާގައި ބުނެފައި ވެއެވެ. މި ދަތުރުގެ ޓިކެޓެއް ވިއްކަނީ 995 އެމެރިކާ ޑޮލަރަށެވެ. އަދި އިތުރު ޕެކޭޖްތަކެއް ކެމިނޯސް އިން ވިއްކަމުން ދާއިރު ޕެކޭޖްތަކުގެ އަގު ފެށެނީ 1750 އެމެރިކާ ޑޮލަރުންނެވެ. އެންމެ އަގުބޮޑު ޕެކޭޖް ވިއްކަނީ 2750 ޑޮލަރަށެވެ. މިޕެކޭޖްތަކުގައި ޓިކެޓްގެ އަގުގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުން ހިމެނެއެވެ.
ރާއްޖެ އިން އެނބުރި އިސްރާއީލަށް ދަތުރުކުރާ ފްލައިޓްތައް ސީޝޭލްގައި އެއްގަޑިއިރު ޓްރާންސިޓް ކުރާނެއެވެ.
އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް މިކަން އަދި ރާއްޖޭގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެސް އިސްރާއީލުން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށަން މަޝްވަރާ ކުރެވުނެވެ. އެފަހަރު މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިސްރާއީލްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ކުރާށެވެ.
އިސްރާއީލުން ފަލަސްތީން ރައްޔިތުންނާއިމެދު ގެންގުޅޭ އަނިޔާވެރި ސިޔާސަތުގެ ސަބަބުން އިސްރާއީލާއި އެއްވެސް ގުޅުމެއް ބާއްވަން ދިވެހިން އަބަދުވެސް ދެކޮޅު ހަދައެވެ. އިސްރާއީލްގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި ދާދިފަހުން މީސް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ހިންގާފައި ވެއެވެ. ނަމަވެސް އިސްރާއީލްގެ ފަތުރުވެރިން ރާއްޖެ އައުން ދިވެހި ސަރުކާރުން މަނާކޮށްފައެއް ނުވެއެވެ.
މި ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުން ނުރުހޭނެ ކޮންމެކަމެއް ކުރުމަކީ މިސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރާކަމަކަށް މިހަދަނީ ކީއްވެބާ؟ މި މީހުންނަށް ވޯޓްދީގެން ވެރިކަމަށް ގެނައީ މިމީހުންނަށް ފެންނަކޮންމެކަމެއްވެސް ކުރުމުގެ ހުއްދައާއެކުގައިބާ؟ އިހަށްދުވަހު އިޒްރޭލުން ފަލަސްޠީނުގެ އެތައްބަޔަކު މަރާލުމުން ދިވެހިސަރުކާރުން އެކަންކުއްވެރިކޮށް ބަޔާންނެރުނީ ކީއްކުރަންބާ؟
މަތިން ފަލަސްތީނަށް އަޑިއަޑިން އިސްތާއީލްއަށް
ފައްކާ މުނާފިގުންގެ ވައްތަރު އެއް އަތުންހޯހޯއަނެއްއަތުން ހަނާ އެޅުން
އިންޑިއާ، އިސްރާއީލު، އީޔޫ އަދި އެމެރިކާގެ ޕަޕެޓް ސަރުކާރެއް ރާއްޖޭގައި މިހާރު މިއޮތީ..
ދެން މިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ފޭރިގަނެ ވައްކަން ކުރަން ފަށާނީ!
އެމްޑީޕީއަށް ވޯޓުދިން ރައްޔިތުންނަށް ވަރަށް ސަލާން..
މިހާރު ވެސް ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ނަށް ބޮންއަޅަނީ.
މުސްލިމު މުންގެ ލޭބޯ ބައެއް.
ހުރި ލަދުޙަޔާތް ކުޑަކަމުގެ ބޮޑު ކަމާއެވެ. ހާދަ މުސްލިމުން ގެ އަދުއްވުންނަށް ވާގިވެރިވާ ސަރުކާރެކޭ. ދިވެހި ރައްޔިތުން ވޯޓްލީ ލާދީނީ މީހުނަށް ވާގިވެރިވާ ކަށެއްނޫން. އިބްރާހިމާ ފުދިއްޖެ އަވަހަށް އިސްތިއުފާދީ. ޔާﷲ ޤައުމަށް ޣައްދާރުވާ ވެރިން ނިކަމެތި ކުރައްވާ ފަޟީޙަތް ކުރައްވާ ބޭޒާރު ކުރައްވާނދޭވެ. އާމީން
ތިޔައީ ސާހިދުގެ އދ.ގެ ގޮޑި ކާމިޔާބުކުރުމަން އިންޑިޔާ ކުލުނުރޯލް މިހާރުވަހުމުވަނީ؟؟މިއީ އިންޑިޔާގެ ބާރު މިގައުމަން ހިގާނެކަމުގެ ހެކި މިހާރުހާވަނީ؟؟ ބިލުވެސް ފައިސާވެސް އިންޑިޔާ؟؟
ކޮބާ ފެނޭތަ؟ 2018 އަށް ކެމްޕެއިން ކުރުމުގަ ބޭނުން ކުރި އެންމެ ބޮޑު ސްލޯގަންއަކީ ''ވަގު ވަގު''.މިނޫން އެއްޗެއް ވިއްކައިގެން ވެރިކަމަށް އައި ބައެއް ނޫން ވީމަ ދެން ކުރާނެ އިތުރު ކަމެއް ނެތް.ވޯޓުދިން މީހުން އަތް ޖަހާ ، އަތް ޖަހާ. ލަދު ކޮބާ؟؟ ވ.ވެދުން
ޤައުމު އޮޔާގޮސް ނިމިއްޖެ. މީ ރާއްޖެއިން ކޮށްގެންވާނެ ކަމެއް ނޫން. މީވަރަށްބޮޑު ނުބައެއްގެ ފެށުން.
އިޒްރެއިލް ފްލައިޓް އައުޓް
އިންޑިޔާ އައުޓް
ވެރިން އައުޓް.
ލާދީނީ ބިލް އައުޓް
ހަނދާންކުރޭ. ޖީއެމްއާރއަށް އެއަރޕޯޓް ދިން ދުވަހު އިންޑިޔާގައި ހުންނަ އިޒްރޭލުގެ ސަފީރު ދިވެހިރާއްޖެއަށް އިޒްރޭލުން ދަތުރު ފަށާނެކަން އޮންނާނެ އިއުލާންކޮށް ނޫސްތަކަށް ބަޔާންދީފައި. ރާއްޖޭގެ އެއަރޕޯޓްތައް ބޭރުގެ ފަރާތްތަކަށް ހިންގޭގޮތަށް ދޭ ވާހަކައާއެކު އަލުން މި އިވެންފެށީ އިޒްރޭލުން ރާއްޖެއަށް ދަތުރުަފަށާ ވާހަކަ. މީ އިއްތިފާގެއް ކަމަށްވިޔަސް އިއްތިފާގަކަށް ނުވިޔަސް މިހިނގަނީ އެއްކަމެއް.
ދުނިޔޭގެ ހުރިހާގައުމަކުންވެސް ދަތުރުތައްފަޟަންވީ ކޮބާމައްސަލައަކީ
ދުނިޔޭގެ ހުރިހާގައުމަކުންވެސް ދަތުރުތައްފަޟަންވީ ކޮބާމައްސަލައަކީ
ދިވެހި ރައްޔިތުން ރުޅިއަންނަ ހުރިހާކަމެއް މި ލާދީނި ޖަމާޢަތްގަނޑު ކުރާނެ
ދިވެހި ރައްޔިތުން ނިކުމެ މިކަން ހުއްޓުވަންޖެހޭ !
އިޒްރޭލް ނުކިޔާ. އިސްރާއީލުން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންނީ އިސްރާއީލުން އެއީ ދިވެހިރާއްޖޭގެ ނިންމުމެއްނޫން. އެހެންކަމުން އެކަމާދެކޮޅަށް ރާއްޖޭން ކުރެވޭނެކަމެއްނެތް. އައްޑުގައި ކޮންސިޔުލޭޓް ހުޅުވަަަަަަަަަަަަަަަަަަަަަަަަަން ކަނޑައެޅީވެސް އިންޑިއާ ސަރުކާރުން.
ވަރަށް ސާފް މިއިން އެނގެނީ ސެޕްޓެމްބަރުގެ ކުރިން ރާއްޖޭގެ ކޮންމެވެސް އިންޓަރނޭޝަނަށް އެއަރޕޯރޓް އެއް އިންޑިޔާގެ ކުންފުންޏަކުން އޮޕަރޭޓް ކުރާނެކަން. ޢަދި ޔަހޫދީން މިގައުމަށް އަރުވާނެކަން. ބޭން އިންޑިޔާ މިލްޓަރީ
ލަފާ ކުރެވެނީ އައްޑު ގަން އެއާޕޯޓް ކަން. މި ކޮމެންޓް ނޯޓް ކޮށްލާތި. ޝީޝެލް މަގުން ވިއްޔާ ގައިވާނީވެސް އައްޑޫ، އަދި އިންޑިއަން ކޮންސިއުލޭޓްވެސް އައްޑޫ. ދިވެހީން، ހާއްސަކޮށް އައްޑޫ ރައްޔިތުން ވިސްނާތި މިކަމުން ކުރަނެ ގެއްލުން މުޅިރާއްޖެއަށް، #އިންޑިއާއައުޓް، #ނޯޕޮލިޓިކްވިތްއިސްރާއީލް.
ޔަހޫދީ ދީން ފަތުރަން ލިބޭ ރަނގަޅު ފުރުޞަތެ އް
ރާއްޖެއިން މަތި ފުށުން ފަލަސްތީނާއި އެކު، އެބައެއް އެބައެއްގެ އަމިއްލަ އެއްވުންތަކުގައި އަހަރެމެން މިތިބީ އެމީހުންނާއި އެކު. ރާއްޖެ އެގައުމާއިއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރީތް. ވައްތަރީ ޝާހިދް ހޮވައިދިން ހަދިޔާ އެއްގެ ގޮތުގައި ގުޅުން ގާއިމްކުރީ. އެގައުމު ބޭނުންވަނީ ވީހާވެސް ގިނަ ގައުމުތަކާއި އެކު ގުޅުން ގާއިމް ކުރަން. ޙާއްސަކޮށް ރާއްޖެކަހަލަ އިސްލާމީ ގައުމަކާއި ގުޅުން ގާއިމް ކުރީމައި އެގައުމަށް ލެޖިތިމަސީ ލިބޭނެ. އޭރުން ނުސީދާކޮށް ފަލަސްތީން ރައްޔިތުންނަށް ސީދާ ހުރިހާ ދިވެހި ރައްޔިތުންނަށް މިބުނެވެނީ އާއެކޭ.
ޗައިނާ ސަރުކާރާ ، އިންޑިއާ ސަރުކާރުން ރޯމާދުވާލު މުސްލިމުންނަށް އެދެމުންގެންދާ އަނިޔާ މިދިވެހިރާއްޖޭގައި މިތިބަ ނަމުން %100 މުސްލިމުންނަށް ނުފެންނަނީތޯ ؟ ކީއްވެގެންތޯ ކެމްޕޭންތައްނުހިންގާ މަޑުން މިތިބެނީ ، ހަމަސިޔާސީ
އިސްރާއީލް ދަތުރު ތައް ފެއްޓިޔޭ ކިޔާފަ ބަޔަކު ދީން ބަދަލު ކުރާނީ އެމީހުން ގެ އަގީދާ ބަލި ކަށި ވީމަ! ޔަހޫދީން އަޔަސް މި ގައުމުގެ ދީނަކަށް ބަދަލެއް ނާނަނާނޭ! އެމީހުން އަންނަނީ ޗުއްޓީ ހޭދަ ކުރަން! މިހާރުވެސް އަދި މާ ކުރިން ވެސް އެހެން ގައުމު ތަކުގަ އުޅޭ އިސްރާއީލް މީހުން އާދޭ ގެސްޓުން ގޮތުގަ! ގޭގަ ތިބޭ މީހުން ނަކަށް ނޭގޭނެ! ރިސޯޓް ތަކުގަ ނިކަން އުޅެބަލަ އޭރަށް އިގޭނެ!
ވަރަ އް ރަނގަޅު ނިންމުމެައް
ރަ އްޔަތުން ނުރުހޭ ކޮންމެ ކަމެ އް މިސަރުކާރުން ކުރާނެ. އިންޑިޔާ އިންބޭ ނުން ވަނީ އިސްރާ އީލް މީހުން ގެންނަން. ވީމާ ސަރުކާރަ އް މަޖުބޫރު ރަ އްޔަތުން ނުރު ހުނަސް މިކަން ކުރަން
އޭ ބަލަގަ ދަތުރު ކުރުން އެކަންޏެއްނޫނޭ!! ވިކިޕީޑީއާގަ ވާގޮތުން އިސްރާއީލުގެ ފަތުރުވެރިންނަށް ރާއްޖެ އައުމާއެކު ދިވެހި ސަރުކާރުން ހިލޭ ވިސާ ބަހާ!! އެންމެ ފުރަތަމަ ދަތުރޭ ނުކިޔަ އިސްރާއީލުގެ މިީހުންނަށް ވިސާ ކަނޑާލުމަށާއި އިސްރާއީލުގެ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެ ނުވެވޭ ގޮތް ހަދަން ރާއްޖޭގެ ރައްޔިތު އެންމެން ނުކުމެ ސަރުކާރަށް ފާޑުކިޔާ ހަޅޭއްފަޅޭއްލަވާ އަޑުގެ ނެތްތަނަށް އަޑުއުފުލަން ނިކުންނަންވީނު!!!
އިސްރާއީލަކީ މުސްލިމުންނަށް ވަރަށްއަނިޔާވެހި ރަހުމްކުޑަ އަަބަދުވެސް މުސްލިމުންނާދެކޮޅު މުސްލިމުންގެ ބިންތަށްގަދަކަމުން ފޭރިގަނެ އ.ދ ނުވަތަ ދުނިޔޭގެއެއްވެސްނިންމުމަަކަށްބޯނުލަބާ
ލާދީނީ ގައުމުތަކަކުން ހިމާޔަތްކޮށްގެން އުފައްދާފައިވާ ދުނިޔޭގެޗާޓުންފުހެލަންވެފައިވާގަދަބާރުން
އުފައްދާފައިވާ ދައުލަތެއް ރަސޫލާ ދުނިޔެއަށްވަޑައިގެން ﷲގެ އަމުރުފުޅަށް އިސްލާމްދީން ހުށަހެޅުއްވި ދުވަހުންފެށިގެން މިއަދާޖެހެންދެން އެދީނާދެކޮޅު އަދި މުސްލިމުންނާމެދު ހިންގާ
ލާއިންސާނީއަނިޔާތަކަކީ މުޅިދުނިޔެ އެކަމާ ހައިރާންވާވަރުގެކަމެއް ، ޔަހޫދީންނަކީ ދުވަހަކުވެސް މުސްލިމުންނަށް ހެޔޮއެދޭނެ، ހެޔޮކަމެއްކުރާނެ ބައެއްނޫން ވީމާ، މިފަދަ ގައުމަކުން ސީދާ ރާއްޖެއަށް ދަތުރުތައްފަށަން ނިންމީ ރާއްޖޭން މިކަމަށް ހުއްދަދީ މިކަންބަލައިގަތީމާކަމުގައި ވެދާނެމިގައުމަކީ މުސްލިމްގައުމަކަށްވާއިރު އެކަންނިމުމަަކަށް ގެނައުމުގެކޮޅަމަތި ކަމަށްވުން ވަރަށްގާތް
ވީމާ، އިސްރާއީލޭކިޔާ ގަދަަކުންއުފައްދާފައިވާ ދައުލަތެއްގެ ދަތުރުތައް ރާއްޖެ
އަށްކުރުމަކީ ވަރަށްނުރައްކާތެރިކަމެައް މިއީ ހުއްދަދެއްވަންވީ ކަމެއްނޫން އަދި ބަލައިގަނެވޭނެކަމެއްނޫން ވީމާ، މިކަމާދެކޮޅަށް ނުވަތަ މިއީ ބަލައިގަނެވޭނެކަމެއްނޫންކަ،މަށް
އިސްރާއީލަށް އަނަގަވާ ފަހަރެއްގައިވެސް ނަޝީދުގެ މިނިވަން ޑިމޮކްރަސީއަށް، އަދި ޝާހިދުއަށް އ.ދ ގައިލިިބިލެއްވި ކާމިޔާބަށް ނުބައްލަވާ މިކަންކަމުގެ އަޑީގައި އިސްރާއީލާ،
އެމެރިކާއަދި އެހެންެސް ގައުމުތައްވުމަކީ ވަރަށްގާތްކަމެއް އެއީ އިސްރާއީލަށް ވިސްނާ އެގައުމަށް ފުރުސަތުހޯދުމަށް.
ޢަންނިއާ ކެރަފާ ނަސީމް ވަރަށް ލޯބިވާނެ ޔަހޫދީން ދެކެ. ޢަންނިގެ ވެރިކަމުގަ އެމީހުނަށް މިރާއްޖެއިން ފަޅުރަށް ތަކެއް ދޭންވެސް އުޅުނު ކަމަށް އޭރު ޚަބަރު ފެތުރުނު. ޢަދި ޑރ. ގެންނަން އުޅެގެން އެކަމާ ދެކޮ ޅަށް ނުކުމެ ރަޢީސް އޮފީސްދޮށުގަ އެންމެ ބާރަށް އަޑުްުއުފުލީ މިހާރުގެ ހޯމް މިނިސްޓަރ
މުސްލިމުންގެ އަދުއްވުން މިޤައުމަށް އެތެރެކުރުން އަހަރެން ދެކޮޅު މަސްޖިދުލް އަޤުސާ އަށް އިޙްތިރާމް ކުރޭ މި މުސްލިމު ޤއުމުންވެސް
ހަމަ ހަޤީޤަތުގައި ވެސް މި ސަރުކާރަކީ ޔަހޫދީ ،މުނާފިޤު ސަރުކާރެއް. ރައްޔިތުން ލޮލުގަ އަދުން އަޅުވަން ،ފަލަސްތީނާއި އެކު ކަމަށް ބުނެ، މިހާހު އިޒުރޭލާ، ބާއްވަން އެ އުޅޭ ގުޅުން ކިހާ ވަރުގަދަ. މާތް ﷲ މި ނުބައި ސަރުކާރު އަވަހަކަށް ނިމުމަކަށް ގެނެސް ދެއްވާ، މި ބައިމީހުންގެ ކިބައިން ރައްޔިތުން ސަލާމަތް ކުރައްވާށި. އަދި އިންޑިޔާގެ އަޅުވެތި ކަމުން ސަލާމަތް ކުރައްވާނދޭވެ
އަނެއްކާ އަނެއް 6 ކަންތައް. ސަރުކާރުން އުޅެނީ ރައްޔިތުން ރުޅިއަރުވާނެ ގޮތެއް ނޭނގިގެންތަ؟ އޒުރޭލު ނޫނީ ނެތީތަ ފަތުރުވެރިން ގެންނާނެ ގައުމެއް؟ ބަލަ ދިވެހިންގެ ލެޔާ ކުޅެފަ ތިބި ބަޔަކު މިގައުމަށް ގެންނާކަށް ނުޖެހެޔޭ.
އިސްލާމީ ގިނަ ގައުމުތަކަށް އިސްރާއީލު ފުލައިޓު ތައް ދަތުރުކުރޭ ދިވެހިރާއްޖޭ އަށްވެސް އިސްރާއީލުގެ ގިނަ ރައްޔިތުން އާދޭ ކ.ހުރާ ކ.މާފުށި މިރައްރަށުގަ އެކުދިން އުޅޭ ގޯހެއްނުން.
ޢިސްރޭއިލް ގެ މީހުން ރާައްޖެއައް ބޮން އަލަން ފަށައިފިއްޔާ ދެން ކިހިނެއްވާނީ؟
ﷲ ޔާ ﷲ
އިޒްރާއީލަކީ ފަލަސްތީނާއި، ފަލަސްތީނުގެ ވެރިރަށް ގުދުސްއިން ފަލަސްތީނުގެ ރައްޔަތުން ބޭރުކޮށް އަދި އެތްނިކް ކްލެންސިންގ ދުނިޔެއަށް ހާމަވާގޮތަށް ކުރަމުން އަންނަ އަނިޔާވެރި ކޮލޯނިއަލިސްޓް ސްޕްރީމަސިސްޓް ޒަޔަނިސްޓް މެށިނެކެވެ. ނާޒީ ޖަރުމަނަށް ދޫނުކުރާ މަކަރުވެރި ވެރިކަމެއް ކުރާގައުމެކެވެ. މިކަހަލަ ގައުމުތަކާ އިގްތިސާދީ ގުޅުން ބެހެއްޓުމަކީ އެމީހުންކުރާ ލަދުވެތި ހަޑިމިޑުދާރު ކަންތައްތަކަސް ފައިސާގެ ޓެރަރިސްޓް ފަންޑުކުރުމެވެ. މިއީ ދީނީ ވިސްނުމެސްއޮވެގެން ކުރާ ކޮމެންޓެއް ނޫނެވެ. ހަމަ އިންސާނިއްޔަތަށްތަކައި ފާޅުކުރާ ކޮމެންޓެކެވެ. އިޒްރާއީލުގެ އަނިޔާވެރި ޒަޔަނިޒަމްއާއި ދެކޮޅު ހަދަނީ ހަމައެކަނި މުސްލިމުންނެއްނޫނެވެ. އިންސާނީ ހައްގުތަކައި، ޑިމޮކުރަސީ ކުރިއަރުވާ، އަދި ސުލްހައަށް ލޯބިކުރާ ޔަހޫދީ ފަރުދުންވެސް އިޒްރާއީލުގއ އަމަލުތަކަޢި ދެކޮޅުހަދާތާ ކިތައްމެ އަހަރެކެވެ. ސުލްހަ ނުލިބޭ މައްސަލައަކީ ލާރީގައި ޖެހޭ މިކަހަލަ ސަރުކާރުތައް މަދުމަދުންނަމަވެސް އުޅޭ މައްސަލައެވެ.
މިގައުމުގެ ވެރިކަން ރަސްކަމަކަށް ބަދަލުކޮށްފަ މިއުޅޭ ހަރުކަށި ބައިގަނޑު ހަންމަތަ އަރުވަންޖެހޭ އެބަ