ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ޑެސްޓިނޭޝަން ސެޓިސްފިކޭޝަން އިންޑެކްސް (ޑީއެސްއައި) ގެ އެންމެ މަގުބޫލު އަދި އެންމެ ރައްކާތެރި މަންޒިލަކަށް ދިވެހި ރާއްޖެ ހޮވިއްޖެ އެވެ.

"ނޮސްޓެޓް" އާއި "ޑީޕީ2ރިސާޗް" އިން ހަދާފައިވާ މި ދިރާސާގައި ވަނީ 20 ކަމެއްގެ މައްޗައް ބަލަފާފައެވެ.

މި އިންޑެކްސްގައި ރާއްޖެއަށް ޖުމްލަކޮށް 8.8 ލިބުނު އިރު ރައްކާތެރި ކަމުގެ ބައިން ލިބުނީ 9.4 އެވެ. އަދި އެކޮމޮޑޭޝަން ގެ ބައިން 9.4 ލިބުނު އިރު ރެޕިއުޓޭޝަންގެ ބައިން 7.7 ވަނީ ލިބިފައެވެ.

ރައްކާތެރިކަމުގެ ބައިން ރާއްޖެއަށް 9.4 ލިބުނު އިރު ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓު ލިބިފައިވާ އޮސްޓްރިއާއަށް ލިބިފައި ވަނީ 8.9 އެވެ.

އެކޮމަޑޭޝަންގެ ބައިންވެސް ރާއްޖެ އޮތީ 9.4 އަކާއެކު އެންމެ ކުރީގައެވެ. ރާއްޖޭގެ ފަހަތުގައި 9.2 އާއެކު އޮތީ އަބޫ ދާބީއެވެ. އަދި 9.0 އާއެކު އޮތީ ބަހާމާސް އެވެ.

ބީޗް ސެޓިސްފިކޭޝަންގެ ބައިންވެސް އެއްވަނަ ލިބުނީ ރާއްޖެއަށެވެ. މިބައިން ރާއްޖެއަށް 9.5 ލިބުނު އިރު އެންމެ ކައިރީގައި އޮރް ސައިޕްރަސް އަށް ލިބިފައި ވަނީ 8.6 އެވެ. އަދި އޭގެ ފަހަތުން ގްރީސް އޮތީ 8.5 ގައެވެ.

ADS BY ASTERS

Comments are closed.