ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލު ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ، ހޮންޑާ ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓަ ޝީޝާ އިން "ފްލޭޝް ޑީލް"ގެ ނަމުގައި މުޅިން ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ބާއްވަމުން އަންނަ ޝީޝާ އިން މިފަހަރު ތައާރަފްކޮށްފައިވާ ފްލޭޝް ޑީލް ޕްރޮމޯޝަނަކީ 20 ދުވަހުގެ ޕްރޮމޯޝަނެއް ނަމަވެސް، މިއީ ސިލްސިލާ ގޮތަކަށް އެކި ދުވަސް މަތިން ކުރިއަށްގެންދާނެ ޕްރޮމޯޝަނެކެވެ.

ޝީޝާ އިން ވިއްކަން ބަހައްޓާފައި ހުރި ސައިކަލެއް. --- ފޮޓޯ: ޝީޝާ

ޝީޝާއިން ބުނީ، މި ޕްރޮމޯޝަންގެ އެންމެ ފުރަތަމަ ސިލްސިލާ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އެއަށްފަހު 20 ދުވަހުގެ މުއްދަތަކަށް މި ފްލޭޝް ޑީލްއިން ކަސްޓަމަރުންނަށް ސައިކަލުތަކުން ޑިސްކައުންޓް ލިބޭނެއެވެ. އެގޮތުން މި ޕްރޮމޯޝަންގައި އެއްކޮށް ފައިސާ ދައްކައިގެންނާއި، ޝީޝާ އިންސްޓޯލްމެންޓް، އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، އަދި ބީއެމްއެލް އިސްލާމިކްގެ އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ފައިސާ ދައްކާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

ޝީޝާ އިން ބުނީ، ފްލޭޝް ޑީލްގެ ދަށުން ޝީޝާއިން ވިއްކާ ހޮންޑާ އެއާބްލޭޑް 2021 މޮޑެލްތަކުން ވަރަށް ބޮޑު ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް. --- ފޮޓޯ: ޝީޝާ

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ޑިސްކައުންޓް އަގުތަކުގައި ލިބޭނެ ސައިކަލުތަކަކީ ހޮންޑާ އެއާބްލޭޑް 125 2021 ބްލެކް އެޑިޝަންގެ ވައިޓް އަދި ބްލޫގެ އިތުރުން ހޮންޑާ އެއްބްލޭޑް 150 2021 ސްޕެޝަލް އެޑިޝަން، ގްރޭ އަދި ބްލޫއެވެ.

ޝީޝާ އިން ބުނީ، މި ސައިކަލުތަކަކީ ކަސްޓަމަރުން އެންމެ ގަޔާވާ ކުލަތަކުގެ ސައިކަލުކަން ފާހަގަކޮށްލަން ޖެހޭ ކަމަށާއި، ކަސްޓަމަރުންގެ ޑިމާންޑަށް ބަލާފައި މި ސައިކަލުތަކުން ބޮޑު ޑިސްކައުންޓެއް ދޭން ނިންމީ ކަމަށެވެ. އަދި މި ސައިކަލުތަކުގެ ސްޓޮކް ހުރިކަންވެސް ޝީޝާ އިން ވަނީ ފާހަގަކޮށްފައެވެ.

ޝީޝާ އިން ވިއްކާ ސައިކަލްތަކެއް. --- ފޮޓޯ: ޝީޝާ

ޝީޝާގެ ފްލޭޝް ޑީލް ޕްރޮމޮޝަން އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފާއިވާ އައުޓްލެޓްތަކުގައިވެސް ކުރިއަށްގެންދާނެއެވެ. އޭގެ ތެރޭގައި މާލެ،ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ، ލ. ގަން، ގދ. ތިނަދޫ އަދި ގއ. ވިލިނގިލި ހިމެނެއެވެ.