ދިވެހިންގެ މެދުގައި މަގުބޫލު ވަން ޕްލަސް އިން ދުނިޔޭގެ ބާޒާރަށް މިއަހަރު ނެރުނު އެ ބްރޭންޑުގެ ސްމާޓް ގަޑި، ސޮއްޓި ބިޒް އިން އަގުހެޔޮ ކޮށްފިއެވެ.

އެ ފިހާރައިން ކުރިން މި ބްރޭންޑުގެ ސްމާޓް ގަޑި ވިއްކަމުން އައީ 3800ރ. އަށެވެ. ނަމަވެސް މިހާރު 3500ރ. އަށް ލިބޭނެއެވެ. މިއީ މިވަގުތު ރާއްޖޭގެ ބާޒާރުގައި މި ގަޑިތައް ލިބެން ހުރި އެންމެ ހެޔޮ އަގެވެ.

ސޮއްޓި ބިޒް އިން ވިއްކާ ވަންޕްލަސް ގަޑިއަކީ 100 އިންސައްތަ އޮރިޖިނަލް ގަދިކަމުގެ ޔަގީން ކަން އެ ފިހާރައިން ދެއެވެ. އަދި އެ ފިހާރައިން މި ގަޑި ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ވޮރެންޓީ ލިބޭނެއެވެ.

ސްމާޓް ގަޑިތަކަކީ މިހާރު އެންމެ ޓްރެންޑު ގަޑިތަކެވެ. ފޯނުތައް އުފައްދާ ކުންފުނިތަކުން އަމިއްލަ ބްރޭންޑުގެ ސްމާޓް ގަޑިތައް ދަނީ ބާޒާރަށް ނެރެމުންނެވެ.

ވަން ޕްލަސްގެ މި ސްމާޓް ގަޑިއަކީ ބިޒީ ޝެޑިއުލެއްގައި އުޅޭ މީހުންނަށް ކަމުދާނެ މޮޅު ގަޑިއެކެވެ. މި ގަޑި ފަރުމާ ކޮށްފައިވަނީ އަތަށް ފަސޭހަވެފައި ބަލާލަން ރީތި ޑިޒައިނަކަށެވެ. މި ގަޑިއަކީ ކޮންމެ ހެދުމަކާ ވެސް ގުޅޭ އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުން ކުރެވޭނެ ގަޑިއެކެވެ.

މި ގަޑި އަޅައިގެން އުޅޭ ވަގުތުތަކުގައި ލޭގައި އޮކްސިޖަން ހުންނަ މިންވަރު ޓްރެކް ކުރާނެއެވެ. މީގެ ސަބަބުން ބްލަޑް ޕްރެޝަރު މައްޗަށް ދާ މީހުންނާއި ޕްރެޗަރު ދަށްވާ މީހުންނަށް އެކަން ފަސޭހަ ކަމާއެކު އެނގި ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެއެވެ.

ވަން ޕްލަސް ގަޑިއަކީ ވޯޓާ އަދި ޑަސްޓް ފްރީ ގަޑިއެކެވެ. އެހެންކަމުން ފެނުގައި އުޅޭއިރު އަދި ކަސްރަތު ކުރާއިރުވެސް މި ގަޑި އަޅައިގެން އުޅެވޭނެއެވެ. މި ގަޑީގައި 110އަށްވުރެ ގިނަ ކަސްރަތު ޕްލޭންތައް ވެސް ވަނީ އެކުލަވާލައިފައެވެ.

މި ގަޑިގެ އެންމެ ހާއްސަ ފީޗާއަކީ "ބެޓަރީ ލައިފް"އެވެ. އެގޮތުން، ޗާޖު ކުރަން ކުޑަ ވަގުތު ކޮޅެއް ނަގާ މި ގަޑީގައި 14 ދުވަހާ ހަމައަށް ޗާޖު ހިފަހައްޓާލަދެއެވެ. މިއީ އާއްމުކޮށް ބިޒީ ދިރިއުޅުމެއްގައި އުޅެ މީހުންނަށް ވަރަށް ބޭނުންތެރި ފީޗާއެކެވެ.

ވަން ޕްލަސް ގަޑި ގަންނަން ބޭނުންވާ ފަރާތްތަކަށް ޗާންދަނީމަގު ޖަލާލުއްދީން މިސްކިތް ކައިރީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ 7750004/7449955 އަށް ގުޅައިގެންވެސް އޯޑަރު ކުރެވޭނެއެވެ. ގުޅައިގެން އޯޑަރު ކުރުމުން މާލެ ސަރަހައްދުގެ ގެތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އަދި ރަށްރަށުގެ ކަސްޓަމަރުންނަށް ބޭނުންވާ ބޯޓަކާ ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.

ސޮއްޓި ބިޒް އިން ވަން ޕްލަސް ގަޑީގެ އިތުރުން އެ ބްރޭންޑުގެ އެންމެ ފަހުގެ މޮޑެލްތަކުގެ ފޯނުތައް ވެސް ލިބެން ހުންނާނެއެވެ.