ރާއްޖޭގެ އެންމެ މަޝްހޫރު އަތަރް ބްރޭންޑް އޫދް އަލް ސަބާޔާގެ ހުޅުމާލޭގެ އައުޓްލެޓްކަމަށްވާ ގްލާންޒް، ކޮވިޑް-19ގެ ފަހުން އަލުން ހުޅުވައިފިއެވެ.

ދިވެހިން އަތަރަށް ލޯބި ޖެއްސި، ރާއްޖޭގެ އެންމެ ފުރަތަމަ އަތަރް ބްރޭންޑް އޫދް އަލް ސަބާޔާއިން ގްލާންޒް ބައި އޯއޭއެސް ހުޅުވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.

އޫދް އަލް ސަބަޔާގެ ހުޅުމާލޭގެ އައުޓްލެޓް

ހުޅުމާލޭގެ އާ ޕޮލިސް ސްޓޭޝަން ހިންގަމުންދާ ހިތިގަސް މަަގުގައި ހުންނަ އެ ފިހާރައަކީ އޫދް އަލް ސަބާޔާގެ ބްރޭންޑްގެ އަތަރާއި ސެންޓްގެ އެއާ ފްރެޝްނާ، ލޯޝަންގެ އިތުރުން، މަޝްހޫރު ބްރޭންޑްތަކުގެ ސެންޓާއި އަތަރު ލިބޭނެ ފިހާރައެކެވެ. އެ ފިހާރައިން އެހެނިހެން މަޝްހޫރު އެތައް ބްރޭންޑްތަކުގެ ކޮސްމެޓިކްސް ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބަޔާގެ ހުޅުމާލޭގެ އައުޓްލެޓް

އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، ކޮވިޑަށް ފަހު އެ ފިހާރަ އަލުން ހުޅުވީ މިއަދު ކަަމަށެވެ. އަދި އެ ފިހާރަ އަލުން ހުޅުވުމާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން، މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އެ ފިހާރައިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް އަތަރު ފުޅިއެއް ލިބޭ ކަމަށް ޝަބީން ވިދާޅުވިއެވެ.

ޝަބީން ވިދާޅުވީ، ދިވެހިން އަތަރަށް ލޯބި ޖެއްސީ އޫދް އަލް ސަބާޔާއިން ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން އޫދް އަލް ސަބާޔާ ބްރޭންޑްގެ އަތަރް ރާއްޖޭގައި ނަން ވިދާލިއިރު، ޒުވާނުންގެ ހިތްތައް އަތަރަށް ލޯބި ޖެއްސީ އޫލް ސަބާޔާ އިން ކަން ޝަބީން ފާހަގަކުރެއްވިއެވެ. އަދި މިހާރު ގިނަ ޒުވާނުން ބޭނުން ކުރަނީވެސް އަތަރް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އޫދް އަލް ސަބަޔާގެ ހުޅުމާލޭގެ އައުޓްލެޓް

އޫދް އަލް ސަބާޔާގެ މައި ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ.

ދިވެހިންގެ ހިތް އަތުލާފައިވާ އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.