ރާއްޖެއަށް ހޮންޑާ ބްރޭންޑްގެ ސައިކަލުތައް އެތެރެކޮށް ވިއްކުމުގައި އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރާއްޖޭގެ ހަމައެކަނި ހޮންޑާ ސައިކަލުގެ އޮތަރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން ކުރިއަށްގެންދާ "މެގާ ޑީލްސް"ގެ ޕްރޮމޯޝަންގެ ދަށުން އަންތަރީސްވާވަރުގެ ބޮޑެތި ޑިސްކައުންޓްތައް ދޭން ނިންމައިފިއެވެ.

"މެގާ ޑީލްސް" ޕްރޮމޯޝަނަކީ ޝީޝާގެ ކަސްޓަމަރުންނަށް އާ ޕްރޮމޯޝަނަކަށް ނުވާނެއެވެ. މިދިޔަ އަހަރު ތެރޭގައިވެސް މި ޕްރޮމޯޝަން ކުރިއަށްގެންދިޔައިރު، ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ޝީޝާގެ މެގާ ޑީލްސްގެ އާ ޕްރޮމޯޝަން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ޕްރޮމޯޝަންގައި ހިމެނޭ މޮޑެލްތަކުގެ ސައިކަލުތައް ނަގާ ފަރާތްތަކަށް އަންތަރީސްވާވަރުގެ ޑިސްކައުންޓްތައް ލިބޭނެއެވެ.

ޝީޝާ ފޭސްބުކް ޕޭޖްގެ ލިންކް

ޝީޝާ އަކީ އެންމެ ފަހުގެ ހޮންޑާ ސައިކަލުތައް ރާއްޖެއަށް އެތެރެ ކުރާ ކުންފުނި

މި ޕްރޮމޯޝަންގައި ހިމެނޭ މޮޑެލްތަކުގެ ސައިކަލުތަކަށް އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް 10،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ޝީޝާ އިން ބުންޏެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ މޮޑެލްތަކުގެ ސައިކަލުތައް އިންސްޓޯލްމެންޓަށް ނަގާނަމަ ޑައުންޕޭމެންޓުން އިތުރު ލުޔެއް ލިބޭނެއެވެ. އޭގެ ތެރޭގައި 48 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކުމާއި، ދިވެހިންގެ އެންމެ މަގްބޫލު ސްކޫޕީ، ޑައުންޕޭމެންޓްގެ ގޮތުގައި އެން 4000 ރުފިޔާ ދައްކައިގެން ސައިކަލު ނެގޭނެގޮތްވުން ހިމެނެއެވެ.

މީގެ އިތުރުން، ސައިކަލުގެ ޑައުންޕޭމެންޓްގެ ގޮތުގައި %50 ދައްކައިގެންވެސް ކަސްޓަމަރުންނަށް ލުޔެއް ލިބޭނެ ގޮތް ވަނީ މި ޕްރޮމޯޝަންގެ ދަށުން ހަމަޖައްސާފައެވެ. އެގޮތުން ފައިނޭންސް ޗާޖަކާއި ނުލާ ހަ މަސް ދުވަހަށް، ހަ ޕޭމެންޓަށް ބަހާލުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ މޮޑެލްތައް

އެއާބްލޭޑް 125 އަދި 150

ސްކޫޕީ ކްލަބް 12

ސްކޫޕީ ޕްރެސްޓީޖް

ވޭވް 125އައި

ޕީސީއެކްސް 160

ވިނާ އެކްސް 150

ޝީޝާ އިން ބުނީ، މި ހުރިހާ މޮޑެލްތައްވެސް ހޮންޑާ މެގާ ޑީލްސް ޕްރޮމޯޝަންގެ ދަށުން ލިބޭނެ ކަމަށެވެ. އަދި އިސްލާމިކް ބޭންކް އާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް މި ޕްރޮމޯޝަންގެ ދަށުން ސައިކަލު ނެގޭނެކަމަށް ޝީޝާ އިން ބުންޏެވެ.

ޝީޝާގެ ޝޯރޫމްގައި ސައިކަލުތައް

ޝީޝާ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ ބާޒާރަށް ނެރޭ ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ މޮޑެލްތަކުގެ ސައިކަލުތައް ދިވެހިންނާއި ހަމައަށް ފޯރުކޮށްދޭށެވެ. އެންމެ ފަހުން ޝީޝާއިން އެތެރެ ކުރި ޕީސީއެކްސް160 ޖަޕާން މޮޑެލްއަށް ވަރަށް ޑިމާންޑް ބޮޑެވެ. މެގާ ޑީލްސްގެ ޕްރޮމޯޝަންގެ ދަށުން މި މޮޑެލްގެ ސައިކަލުވެސް ލިބެން އެބަހުއްޓެވެ.

އަދި މި މަސް ތެރޭ ޝީޝާއިން ހޮންޑާގެ އާ މޮޑެލް ކަމަށްވާ އޭޑީވީ150 ވެސް ތައާރަފް ކުރާނެ ކަމުގެ އުފާވެރި ހަބަރު ޝީޝާއިން ވަނީ ދީފައެވެ. ޝީޝާ އިން ބުނީ، މިއީ ރާއްޖައަށް ސީދާ ހޮންޑާ އިން އޭޑީވީ150 އެތެރެ ކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ޝީޝާ އިން އެތެރެ ކުރާ ސައިކަލުތަކަކީ ސީދާ ރާއްޖެއަށް އެތެރެ ކުރަން ހޮންޑާއިން އުފައްދާ ސައިކަލުތަކެކެވެ.

ހޮންޑާ ސޯލް ޑިސްޓްރިބިއުޓަރއެއްގެ ގޮތުގައި ޝީޝާ އޮންނަތާ އެތައް އަހަރެއް ވަނީ ވެގެން ގޮސްފައެވެ. އަދި މިކަމުގެ ތަފާތަކީ ސީދާ ހޮންޑާ ކުންފުނިން އެތެރެ ކުރާ މި ސައިކަލުތައް ރާއްޖެ އަންނަނީ ފެކްޓްރީ ޕެކިންގގައި ހޮންޑާ އޮފިޝަލް ވޮރެންޓީގައި ކަމެވެ. ޝީޝާއަކީ އެއްވެސް މެދުވެރިއަކާއި ނުލާ ރާއްޖެއަށް މިގޮތަށް ހޮންޑާ ސައިކަލު އެތެރެ ކުރެވޭ ހަމައެކަނި ކުންފުންޏެވެ.

ޝީޝާއިން ވިއްކާ ސައިކަލުތައް ރާއްޖެ އަންނަނީ ފެކްޓްރީ ޕެކިންގގައި ހޮންޑާ އޮފިޝަލް ވޮރެންޓީއާއުގައި

ޝީޝާއިން މައުލޫމާތު ދޭގޮތުގައި ޝެޑިއުލް ކުރެވިފައިވާ ޝިޕްމެންޓްތައް ކޮންމެ މަހަކުވެސް ދަނީ އަންނަމުންނެވެ.

ޝީޝާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައުޓްލެޓްތައް ހިންގަމުންދާއިރު، އެ ހުރިހާ އައުޓްލެޓެއްގައި މި ޕްރޮމޯޝަން ކުރިއަށްގެންދާނެއެވެ.