ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބުނެފި އެވެ.
އެމްޕީއެލް އިން އާންމުކުރި އިއުލާނެއްގައިވާ ގޮތުގައި ނީލަން ކިޔުން އޮންނާނީ ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި ކަމަށެވެ. އަދި ނީލަން ކިޔަން ފެށުމަށް ހަމަޖެހިފައި ވަނީ 02 ޖުލައި 2018 ވާ ހޯމަ ދުވަހު 14:00 ން ފެށިގެން ކަމަށެވެ.

އޭގެ އިތުރުން ނީލަމުގައި ބައިވެރިވެވޭނީ 01 ޖުލައި 2018 ވާ އާދީއްތަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން އެކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓަށް ދުރުވެ، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ނީލަން ކިޔާ މުދާ ބެލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:30 ން 11:30 އަށް ކަމަށް އިއުލާނުގައި ވެއެވެ.