ސޮއްޓިބިޒް އިން ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ލިބޭ ޒިއޯމީ ބްރޭންޑުގެ ކޮލިޓީ މޮޅު ފޯނު، ޕޯކޯ ސީ3ގެ އާ ސްޓޮކެއް ގެނެސްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބާޒާރަށް ނެރުނު މި ފޯނަކީ ގެންގުޅެން ފަސޭހަ ވެފައި އެހާމެ ރީތި ފޯނެކެވެ. މީގެ އިތުރުން ފޯނުގެ ބެޓަރީއަކީ ގިނަ ވަގުތު ޗާޖު ހިފަހައްޓާލަދޭ 5000 މިލިއެމްޕަވާގެ ބެޓަރީއެކެވެ. މިއީ މިހާރު އާއްމުކޮށް މޮޅު ފޯނުތަކުގައި ހުންނަ ބެޓަރީއެވެ.

މި ފޯނު އެންމެ ހާއްސަ ވަނީ އާއްމުގޮތެއްގައި ބާޒާރުން ލިބެން ހުންނަ ފޯނުތަކަށްވުރެ އަގުހެޔޮވުމެވެ. ޕޯކޯ ސީ3ގެ 3ޖީބީ ރެމް ފޯނު ސޮއްޓިބިޒް އިން މިހާރު އެންމެ 2،400ރ. އަށް ލިބޭއިރު، 4ޖީބީ ރެމް ފޯނު ލިބޭނީ 2،600 ރުފިޔާއަށެވެ.

ސޮއްޓޮބިޒް އިން މި ފޯނު އަގުހެޔޮކޮށް ލިބުމުގެ އިތުރުން ވޮރެންޓީވެސް ލިބޭނެއެވެ.

ޕޯކޯ ސީ3ގެ ބައެއް މުހިންމު ފީޗާތައް

- ފޯނުގެ އޯއެސް: އެންޑްރޮއިޑް 10، އެމްއައިޔޫއައި 12
- ޑިސްޕްލޭ: 6.43 އިންޗި، ޕެންޑާ ގްލާސް
- މެމޮރީ: 32ޖީބީ، 3ޖީބީ ރެމް
- ކެމެރާ: ސެލްފީ ކެމެރާ 5 މެގަޕިކްސެލް، ބެކް ކެމެރާ 13 މެގަޕިކްސެލް

ސޮއްޓިބިޒް އިން ފޯނު ވިއްކުމުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ދެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް މި ހިދުމަތް ހޯދޭނެއެވެ. އެގޮތުން، މަރާމާތު ކުރަން ބޭނުންވާ ފޮނު ބޯޓަށް ލުމަށްފަހު ސޮއްޓި ބިޒްގެ ފޯނު ނަންބަރު 7449955އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް އޭގެ މައުލޫމާތު ހިއްސާ ކުރުމުން، ފޯނު މަރާމާތުކޮށް އިތުބާރާއެކު އެ ބޯޓަކާ ހަމައަށް ފޯނު އަނބުރާ ގެންގޮސްދޭނެއެވެ.

މީގެ އިތުރުން އެ ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ކޮންމެ ރަށެއްގައި ހުރެގެން ވެސް މުދާ ގަނެލެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ބޯޓާ ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.