ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ގިނަބައެެއްގެ ލޯބި ހޯދާފައިވާ އަތަރް ބްރޭންޑަކީ އޫދް އަލް ސަބާޔާ އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އަބަދުވެސް ކަސްޓަމަރުންގެ ލޮތްބާއި އިތުބާރު ހޯދަމުންދާ މި ބްރޭންޑަކީ މިހާރު ދިވެހިންގެ ދިރިއުޅުމާއި ހިތާއި ގުޅިފައިވާ ބްރޭންޑެކެވެ. އަދި ރާއްޖޭގައި މިހާރުވެސް ގިނަބަޔަކު ބޭނުން ކުރާ އަތަރް ބްރޭންޑަކަށް މި ބްރޭންޑްވެފައިވާކަން މިއީ އާ ވާހަަކައެއް ނޫނެވެ.

މި ބްރޭންޑްގެ މައި ފިހާރަ މާލޭގެ މިރިޔަސް މަގުގައި ހިންގަމުންދާއިރު، ހުޅުމާލޭގައި ޕާޓްނާ ފިހާރައެއް ހިންގަމުން ދެއެވެ. އަދި އަތޮޅު ތެރެއަށް އެޖެންޓުން ފުޅާކުރަމުންދެއެވެ. އެގޮތުން މިހާރުވެސް ހަ އަތޮޅެއްގައި އެޖެންޓުން ތިބޭނެއެވެ.

އޫދް އަލް ސަބާޔާގެ އަތަރާއި ޕާފިއުމް

މި ބްރޭންޑްގެވެސް ވިޔަފާރީގެވެސް ފެށުމަކީ އޮންލައިން ޕޭކެޖެކެވެ. "އަލް ސިންހޫތް" ގެ ނަމުގައި ހިންގި ފޭސްބުކް ޕޭޖެކެވެ. އޮންލައިން ވިޔަފާރި ކުރާ ގިނަ ފަރާތްތަކަށްވެސް ކަންތަށް ކުރާ އުސޫލުން ސ.ހިތަދުއަށް އުފަން ހުސެން ޝަބީން ދަބަހަކަށް އަޅައިގެން އެކި ބްރޭންޑްތަކާއި އެކި ވައްތަރުތަކުގެ އަތަރްތަކާއި ސެންޓްތައް ވިއްކީއެވެ. އެއިރު މަދު ބާވާތްތަކެވެ. ނަމަވެސް ތަރުހީބު ލިބުނީއެވެ. މިއާއެކު އަމިއްލަ އެތައް ވައްތަރެއް ރާއްޖޭގެ ބާޒާރަށް ނެރެން ފެށިއެވެ. އެ ވައްތަރުތައް ހިނގައިގަތީ ހީކުރިވަރަށް ހަލުވިކޮށެވެ.

މިއާއެކު މިއީ ވާނެ ކަމެއް ކަމަށް ނިންމައި ވިޔަފާރި ފުޅާކުރަން ފެށިއެވެ. އޫދް އަލް ސަބާޔާ ވުޖޫދުވީ 2015 ވަނަ އަހަރުއެވެ. ވުޖޫދުވީ މަދު އުފެއްދުންތަކާއި އެކުގައި ނަމަވެސް ޝަބީން މި ވިޔަފާރި ފުޅާކުރިއެވެ.

އޫދް އަލް ސަބާޔާއިން ވިއްކާ އަތަރާއި ޕާފިއުމް

"އެއިރު ގެންގުޅުނީ 6 ވައްތަރެއްގެ އަތަރު އަދި ހަތް ވައްތަރެއްގެ ޕާފިއުމް. ދެން އަބާޔާ އަދި ނިޖާބް" 2018 ވަނަ އަހަރު ޝަބީން "ވަގުތު"އަށް ދިން އިންޓަވިއުގައި ވިދާޅުވިއެވެ.

އެއިރު އަމިއްލަ އުފެއްދުންތަކައިގެން ނޫޅުނު ނަމަވެސް، ފަހުން އޭނާ އަމިއްލަ ބްރޭންޑްއަމިއްލަ އެތައް އުފައްދުމަކާއި އެކު ރާއްޖޭގެ އެންމެ މަގްބޫލު އަތަރް ބްރޭންޑަށް އޭނާގެ ބްރޭންޑް ވިއެވެ.

އޫދް އަލް ސަބާޔާއިން ވިއްކާ މަޝްހޫރު ޓޮމްފޯޑް ބްރޭންޑްގެ އުފެއްދުން

އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓް ލިސްޓް

އަމިއްލަ ސެންޓް - 20 ވައްތަރު

އަމިއްލަ އަތަރް - 10 ވައްތަރު

އަމިއްލަ ލޯޝަން - ހަތް ވައްތަރު

އެއާ ފްރެޝްނާ - ދެ ވައްތަރު

އޫދް އަލް ސަބާޔާގެ އަމިއްލަ އުފެއްދުމެއް

މީގެ އިތުރުން 100 އަށްވުރެ ގިނަ ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ އަތަރް އޫދް އަލް ސަބަޔާއިން ލިބެން ހުންނާނެ ކަމަށް ފިހާރައިގެ ޝަބީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ލަގްޒަރީ ބްރޭންޑްތައް ހިމެނޭއިރު، މުސްތަގުބަލުގައި އިތުރު ލަގްޒަރީ ބްރޭންޑްތަކުގެ އަތަރް ރާއްޖެ އަށް ތައާރަފް ކުރާނެ ކަމުގެ ޔަގީންކަން ޝަބީން ދިނެވެ.

"މިހާރުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ރާއްޖެއަށް އާ މަޝްހޫރު އެތައް ބްރޭންޑެއްގެ އަތަރް ނެރެވޭތޯ، އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި އާ ބްރޭންޑްތަކެެއް ނެރޭނަން". ޝަބީން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާގެ އެއާ ފްރެޝްނާ

ރާއްޖޭގެ ފުރަތަމަ ބްރޭންޑެެއްގެ ގޮތުގައި އޫދް އަލް ސަބާޔާ!

އޫދް އަލް ސަބާޔާއަކީ ރާއްޖޭގެ ފުރަތަމަ އަމިއްލަ އަތަރް ބްރޭންޑެވެ. ރާއްޖޭގެ އެންމެ ފުރަތަަމަ ލޯޝަން ބްރޭންޑެވެ. އަދި ފުރަތަމަ ޕާފިއުމް ބްރޭންޑްގެ އިތުރުން، ރާއްޖޭގެ އެންްމެ ފުރަތަަމަ އެއާފްރެޝްނާ ބްރޭންޑްވެސް މެއެވެ.

މިއަދު މި ހުރިހާ ލަގަބަކާއެކު ޝަބީން ހުރީ ވަރަށް އުފަލުންނެވެ. ވަރަށް ފަަހުރުވެރިވެފައެވެ. އޭނާ އަމިއްލައަށް ކާމިޔާބުވެއްޖެ ކަމަށް ގަބޫލު ކުރެއެވެ.

އޫދް އަލް ސަބާޔާފެ އުފެއްދުންތައް

"ކާމިޔާބުވެއްޖެ ކަމަށް ގަބޫލު ކުރާ ދެ ކަމެއް އެބައިނދޭ، އޭގެ ތެރޭގައި ފުރަތަމަ ކަމަކީ އެންމެ ފުރަތަމަ އަހަރެން މި އެއްޗެސް ވިއްކީ ދަބަހަކަށް އަޅައިގެން، އެހެންމީހުންވެސް ވިޔަފާރި ކުރާ އުސޫލުން، އޮންލައިން ބިޒްނަސްއެއްގެ ގޮތުގައި އެކަނިމާއެކަނި ޑެލިވަރީކޮށް. ކާމިޔާބެއް ކަމަށް ގަބޫލު ކުރެވޭ އެންމެ ފުރަތަމަ ފިހާރަ ހުޅުވުންވެސް. އަސްލު އެންމެ ބޮޑު ކާމިޔާބެއް ކަމަށް މި ބަލަނީ ރާއްޖޭގައި އެންމެ ފުރަތަމަ މިގޮތަށް އުފެދުނު ބްރޭންޑަކަށް އޫދް އަލް ސަބާޔާ ވުން" އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރު ކަން ކުރަމުންދާ ޝަބީނަށް ކާމިޔާބާއި ހަމައަށް ވާސިލްވެއްޖެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާ ލޯޝަން

ޝަބީން ވިދާޅުވީ، ރާއްޖޭގެ ޒުވާނުންނަށް އަތަރްގެ މީރު ވަހާއި، އަތަރްގެ ސީދާ ވަސް ގެނެސްދިން ބަޔަކީ އޫދް އަލް ސަބާޔާ ކަމަށެވެ.

"ދެން އަހަރުމެންގެ ބްރޭންޑް ވަރަށް ބައިވަރު މީހުން ކޮޕީ ކުރާތަން ފެނުނީމަ، އަހަރެން ދެކޭ ގޮތުގައި ކާމިޔާބުވީ، އަހަރުމެން ދުނިޔޭގެ ބްރޭންޑްތައްވެސް ބަލައި ރާއްޖޭގައިވެސް އެކަން ކުރެވޭތޯ އުޅުނީ، އެހެންވީމަ އަހަރުމެން ބަލައިގެން ބަޔަކު އެ ކޮޕީ ކުރަން މިއީ އަހަރުމެން ދެކޭ ގޮތުގައި އަހަރުމެންގެ އެންމެ ބޮޑު ކާމިޔާބު" ޝަބީން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާ އަތަރް

އޭނާގެ އެ ކާމިޔާބީގެ ސިއްރަކީ އަބަދުވެސް ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމެވެ. ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެެއް ރާއްޖެއަށް ގެނެސްދިނުމެވެ. އަމިއްލަ ދުފެއްދުންތަކުގެ ކޮލެޓީ ދެމެހެއްޓުމެވެ.

އޯއޭއެސް ޕާފިއުމް ލެބްގެ ފޮޓޯއެއް

އޫދު އަލް ސަބާޔާގެ ފިހާރަ މިރިޔަސް މަގުގައި ހިންގަމުންދާއިރު، އެތަނަކީ މިހާރު ގިނަ ދިވެހިން ދަންނަ ފިހާރައެކެވެ. އަދި ހުޅުމާލެ ފިހާރަ ހުންނާނީ ހުޅުމާލޭގެ އާ ޕޮލިސް ސްޓޭޝަން ހިންގަމުންދާ ހިތިގަސް މަަގުގައި ހިންގަމުން ދެއެވެ. އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    ބަނގުރާ ފުޅީގެ ބައްޓަމައް ތިފާޑައް އަތަރާއި ސެންޓުފުޅި ހަދައިގެން ވިއްކުމަކީ އިސްލާމް ދީނުގަ ކޮންކަހަލަ ކަމެއްތޯ..

    1
    1