ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުުރުވެރިން ރާއްޖެ އައި ދުވަހަކަށް މިދިޔަ ހޮނިހިރު ދުވަސް ވެއްޖެެވެ.

ހޮނިިހިރު ދުވަހު ރާއްޖެ އައިސްފައި ވަނީ، 6،197 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ބޯޑަރު ހުުޅުވާލި ފަހުން މިދިޔަ ހޮނިހިރު ދުވަހު އެއް ދުވަހެއްގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އައި މިންވަރާއި ގުޅޭ ރެކޯޑެއް ހަދާފައިވާ ކަމަށެވެ. އެއީ އެއް ދުވަހެއްގެ ތެރޭގައި 6،197 ފަތުރުވެރިން ރާއްޖެ އައިސްގެން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ދާއިރާގައި އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް މަރުހަބާ ދަންނަވަން". މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއަށް މި އަހަރު މިހާތަނަށް 923،146 ފަތުރުވެރިން އައިސްފައި ވެއެވެ. މި މަހު މިހާތާނަށް ރާއްޖެ އައިސްފައި ވަނީ 52،284 ފަތުރުވެރިއެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މި އަހަރު މިހާތަނަށް ރާއްޖެ އައިސްފައި ވަނީ، 211،062 ފަތުރުވެރިންނެވެ. ެ ލިސްޓުގެ ދެވަނައިގައިވާ ރަޝިއާއިން 177،321 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ލިސްޓުގެ ތިން ވަނައިގައިވާ ޖަރުމަނުން ރާއްޖެ އައިސްފައި ވަނީ 60،463 ފަތުރުވެރިންނެވެ.