ރާއްޖެ އަންނަ ބޭރު ބޯޓުފަހަރަށް ފޯރުކޮށްދޭ މެރިން އަދި ޕައިލެޓޭޖު ހުރިހާ ހިދުމަތްތައް އޮޓޮމޭޓްކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "ބަނދަރު ޕޯޓަލް" އިން އޮންލައިންކޮށް ހިދުމަތްދޭން މިއަދު ފަށައިފި އެވެ.

އެމްޕީއެލް އިން ބުނީ މި ގެނައި ބަދަލުތަކާއެކު މެރިން އަދި ޕައިލެޓޭޖުގެ ހިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީޓީއޭ ހުށަހެޅުމުގެ އިތުރުން ފައިސާ ބަލައިގަތުމުގެ ހިދުމަތް ލިބޭނީ "ބަނދަރު ޕޯޓަލް" ގައި މި ހިދުމަތްތަކަށް ހާއްސަކޮށްފައިވާ "މެރީން މޮޑިއުލް" މެދުވެރިކޮށެވެ. މި

އަދުން ފެށިގެން މި ހިދުމަތްތަކަށް އެދެވޭނީ ހަމައެކަނި އޮންލައިންކޮށެވެ.

އޮންލައިންކޮށް ހިދުމަތް ދިނުމަށް ޝިޕިން އެޖެންޓުން އަހުލުވެރިކުރުމާއި، "މެރިން މޮޑިއުލް"ގެ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން، މި ކުންފުނީގެ ޕައިލަޓޭޖް އެންޑް މެރީން ސާވިސް ޑިޕާޓްމަންޓާއި އައިޓީ ޑިޕާޓްމަންޓް އިން ވަނީ ޝިޕިން އެޖެންޓުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ވަރަށް ގިނަ ޝިޕިން އެޖެންޓުން ބައިވެރިވި އެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ މައިގަނޑު ހުރިހާ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، ލިޔެކިއުން ހުށަހެޅުން އަދި ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރެވޭނެ ކަމަށެވެ.

އެމްޕީއެލްގެ އުއްމީދަކީ މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތައް އޮޓަމޭޓްކުރުމާއެކު، އެކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދިއުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.