ވޯލްޑް ޓްރެވަލް އެވޯޑްގައި ހަނީމޫން ހޭދަކުރަން އެންމެ ރަނގަޅު ރިސޯޓަކަށް ރާއްޖޭގެ ވައްކަރު މޯލްޑިވްސް ރިސޯޓް ހޮވިއްޖެއެވެ.

މީގެ ކުރިން ވެސް ބައިނަލްއަޤުވާމީ ގިނަ އެވޯޑްތަކެއް ލިބިފައިވާ ވައްކަރު ރިސޯޓަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްގައި ލީޑިންސް ލަގްޒަރީ ހަނީމޫން އެވޯޑް ލިބިފައެވެ.

ޓްރެވަލް، ޓްެއަރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާ އިން ދުނިޔޭގައި ދެވޭ އެންމެ މަޝްހޫރު އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑެވެ. މިއީ މިއެވޯޑް ދެމުން އަންނަތާ 28 ވަނަ އަހަރެވެ.

2017 ވަނަ އަހަރު ހު:ުވި ވައްކަރު މޯލްޑިވްސް އަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓެކެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެރިސޯޓްގެ ހުދު ސާފު އަތިރިމަތީގެ ސަބަބުން ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފައި ވެއެވެ. އަދި ނޫކުލައިގެ ރީތި މޫދަކީ ވެސް އެރަށަށް އަންނަ ފަތުރުވެރިންގެ ސަމާލުކަން ދަމައިގަންނަ ތަނެކެވެ.

ހަނީމޫން ހޭދަކުރަން އެންމެ ރަނގަޅު ރިސޯޓަކަށް ވައްކަރު ހޮވުމާއި ގުޅިގެން އެރިސޯޓްގެ ޖެނެރަލް މެނޭޖަރު އިއަން މެކްކޮމެކް ވިދާޅުވީ އެރިސޯޓައި ޗުއްޓީ ހޭދަކުރަން އަންނަ ލޯބިވެރިންނާއި ދެމަފިރިންނަށް އަބަދުވެސް ހާއްސަ ހިދުމަތްތަކެއް ރިސޯޓުން ދެމުން އަންނަ ކަމަށެވެ. "މިލިބުނު އެވޯޑާއިއެކު އަދި އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތައް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ. ރޮމޭންޓިކް ޗުއްޓީއެއް ހޭދަކުރުމަށް ވައްކަރަކީ އެންމެ ރަނގަޅު މަންޒިލަށް ކުރިއަށް އޮތްތަނުގައި ވެސް ވެގެން ދާނެ." މެކްކޮމެކް ވިދާޅުވިއެވެ.

ބ.އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓަކީ ވެސް ޔުނެސްކޯ އިން ކަނޑައަޅާފައިވާ ބައޮސްފިއާ ރިޒާވްގައި ހިމެނޭ ރިސޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު