އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދު ކުރަން އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ބުރާސްފަތި ދުވަހު ބޭންކްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދު ވާނެ ވާހަކަ ކަސްޓަމަރުންގެ ސަމާލު ކަމަށްޓަކައި ދަންނަވާ ކަމަށެވެ.

އަދި އެއަށް ފަހު، ހުޅުވޭނީ ޖެނުއަރީ 2 ވަނަ ދުވަހު ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބޭންކު ބަންދުވާ މުއްދަތުގައި މޯބައިލް އަދި އިންޓަނެޓް ބޭންކިންގްއާއި އޭޓީއެމްގެ ހިދުމަތްތައް ހޯދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރުވެސް މެދުކެނޑުމެއް ނެތި ހަރަކާތްތެރިވާނެކަމަށާއި އެހީތެރިކަމެއް ބޭނުންވާނަމަ 3330200 އަކަށް ގުޅުއްވައި މައުލޫމާތު ހޯއްދެވޭނެކަމަށް ބޭންކުން ބުންޏެވެ.

މީލާދީ އާ އަހަރު ހޮނިހިރު ދުވަހު ފެށޭ އިރު، ހަފްތާ ބަންދަކާ ދިމާވުމުން ދެ ދުވަސް އާ އަހަރާއި ގުޅިގެން ޗުއްޓީގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނީ

    ހުޅުވާހަ ހުރުމެކޭ ބަންދުކުރުމެކޭ ނެތް ތަފާތެއް