ރާއްޖޭގައި މުޅިން އަލަށް ފަށާ "ހޯމް ސްޓޭ" ޓޫރިޒަމްއާ ގުޅުވައިގެން ފަތުރުވެރިންގެ ސެކިއުރިޓީއަށް ގެސްޓް ހައުސް ހިންގުމުގެ ގަވާއިދު ހަރުކަށި ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެެ. ރާއްޖޭގައި މި ޓޫރިޒަމް ތައާރަފްކޮށް އެންމެ ފުރަތަމަ ފަށަން ނިންމާފައި ވަނީ، މ. އަތޮޅު ދިއްގަރުގައެވެ. އެރަށުގައި މިކަން ފަށަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ހޯމް ސްޓޭ ޓޫރިޒަމްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ، ހޯމް ސްޓޭ ޓޫރިޒަމް މި ތައާރަފް ކުރަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ވިޔަފާރި އުސޫލުން ވަންނަން ބޭނުންވާ ދިވެހިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަަމަށެވެ.

"ޓޫރިޒަމް އަަށް ވަންނަން ބޭނުންވާ ވަރަށް ގިނަ ބޭފުޅުންނަށް އަދިވެސް ނުވަދޭ، ނުވަދެވި މި ހުންނަނީ އަޅުގަނޑުމެން ގެސްޓް ހައުސް ގަވާއިދުގައި ހުރި ބައެއް ކަހަލަ ދަތިތަކާ ހުރެ، ނޫނީ ގެސްޓް ހައުސް އިންވެސްޓްމެންޓަކީ ބޮޑު އިންވެސްޓްމެންޓަކަށް ރާއްޖޭގައި މިހާރު ގެސްޓް ހައުސްތައް ހަދާފައި ހުރި ގޮތަށް ބަލާއިރު ބޮޑު އިންވެސްޓްމެންޓަކަށް ވާތީ އެންޓްރީއަށް މި ހުންނަ ބެރިއާސްތައް، އެހެންވީމަ މިކަން ފަސޭހަ ކުރުމުގެ ގޮތުން އަޅުގަނޑުމެން ހޯމް ސްޓޭ ޓޫރިޒަމް މި އިންޓްރޮޑިއުސް ކުރަނީ". އައްސަދު ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓޫރިޒަމްގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީީގެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އައްސަދު ރިޒާ- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއީ ރަށު ފަތުރުވެރިކަން ކޮންމެ މީހަކުވެސް ކުރަން ޖާގަ ލިބުމާއެކު އެ ފުޅާކޮށް، އެހެން ޓޫރިޒަމް ދާއިރާތައް ފުޅާ ކުރަން ލިބޭ ފުރުސަތެއްކަން އައްސަދު ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ފުޑް ޓޫރިޒަމް އާއި ސަގާފީ ޓޫރިޒަމްއެވެ. އޭނަ ވިދާޅުވީ، މި ހުރިހާ ކަމެއް ގުޅިފައި މި އޮންނަނީ ރަށު ފަތުރުވެރިކަމާ ކަމަށެވެ.

އައްސަދު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ކޮންމެ އާ ޕްރޮޑަކްޓެއް ތައާރަފް ކުރިކަމުގައިވިޔަސް، ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގައި އަބަދުވެސް ހިފަހައްޓަމުންދާނެ ކަަމަށެވެ.

"އެއީ ރާއްޖޭގެ ކާމިޔާބު ކަމަށް ބަލާފައި އެ މާކެޓްތަކަށް ދަތުރު ކުރާ ފަތުރުވެރިންނަށް މި ފުރުސަތު އޮތްގޮތަށް ލިބޭނެ". އައްސަދު ވިދާޅުވިއެވެ.

އަދި ރާއްޖެ އަންނަން ތިބި ފަތުރުވެރިންގެ ތެރެއިންގެ ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ދާ ވަރަށް ފައިސާ ނެތް ފަތުރުވެރިންނަށް މި ކޮންސެެޕްޓަކީ އެންެމެ ރަނގަޅު ކޮންސެޕްޓަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ އިތުރު މާކެޓްތަކަށް ހުޅުވާލެވޭނެ ކަމަށް އައްސަދު ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓޫރިޒަމްގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އައްސަދު ރިޒާ- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އެކިއެކި ރީޖަންތަކުން ރާއްޖެއަށް ދަތުރު ކުރަން ފަށާނެ، ރާއްޖޭގެ ޓޮޕް ލިސްޓް އިތުރުވަމުންދާނެ، އެއާއެއްކޮށް ގިނަބަޔަކަށް އޮތް ފުރުސަތުތަކެއް ހޯމް ސްޓޭ އަކީ". އައްސަދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، ރަށު ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކޮށް، ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހޯދަމުންދާ ކަމަށެވެ. މިގޮތުން ޕްރޮޖެކްޓެއް އެކުލަވާލައި، ފަންނީ ދާއިރާތަކުން މުވައްޒަފުން ނަގާ، ހާއްސަކޮށް އެކަމަށް ފޯކަސްކޮށް މަސައްކަތް ކުރަމުންދިޔަ ކަމަށް ރައްޒާން ވިދާޅުވިއެވެ.

"މި އަހަރު ފެށުނު ފަހުން މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުން ދަތުރުކޮށް މި ރަށްރަށުގައި މި މަސައްކަތް ކުރަން އަޅުގަނޑުމެންގެ ފަރާތުން ބެލިން". ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، ހޯމް ސްޓޭ ތައާރަފް ކުރުމަށް ރާއްޖޭގެ ގެސްޓް ހައުސްތަކާއި ބެހޭ ގަވާއިދަށް ބަދަލު ގެނެސް ދިއްގަރުގައި މި މަސައްކަތް ފަށާނެ ކަމަށެވެ.

"ދިއްގަރުގައި މި ފެށޭ ހޯމް ސްޓޭއާއެއްކޮށް މުޅި ރާއްޖެއަށް ހޯމް ސްޓޭ ތައާރަފްވެގެން މި ދަނީ، މިއީ ރަށު ފަތުުރުވެރިކަން އިތުރަށް ފުޅާކޮށް، މީގެ ތެރެއިން އޮތް އޮޕަޗުނިޓީސްތަކަށް ހުޅުވާލެވެން ފެށޭ ފުރަތަމަ މަސައްކަތް".

ހޯމް ސްޓޭ ޓޫރިޒަމްގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިކަން ތައާރަފް ކުރުމަށް ގެސްޓް ހައުސް ގަވާއިދަށް ގެނައި ލުއިތަކުގެ ތެރޭގައި އެއް ކޮޓަރިން ފެށިގެން މައްޗަށް، މީހުން ދިރިއުޅޭ ގޭގޭވެސް ހިމެނޭ ގޮތަށް ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ ދޭނެއެވެ.

"އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މި ބެލީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން، އެއީ އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން ކޮމްޕްރޮމައިޒް ކުރާނެ ކަމެއް ނޫނޭ".

ހޯމް ސްޓޭ ތައާރަފް ކުރާނީ މިހާތަނަށް ޓޫރިޒަމް ޕްރޮޕަޓީސްތަކާއި ގުޅޭގޮތުން ޓޫރިޒްމް މިނިސްޓްރީގައި ހުރި ގަވާއިދުތަކުގައި އޮތް މިންވަރަށްވުރެވެސް އިތުރަށް ހަރުކަށި ކުރުމަށް ފަހުގައި ކަަމަށް ރައްޒާން ވިދާޅުވިއެވެ.

"އެ ނޫން ހުރިހާ ކަމެއް ވަރަށް ބޮޑަށް ލުއިކޮށް، ވިޔަފާރިއަށް ނުކުތުމަށް މީހުން ކުރަން ޖެހޭނީ" ރައްޒާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާނޭ

    ތިޔަ ކުރަނީ ވަރަށް ބޮޑު ނުބައި ކަމެއް. ރާބުއިމާއި ފާޙިޝް ކަންކަން ޢާއްމުވުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ. މިހާރަކު ނޫން، އެކަމަކު، ދުވަސަގަނޑަކުން. އެކްނ ފެށެންވީމާ ބުނާނީ، ބަޔަކު އުޅުމަކީ އެހެން މީހުން އެކަމުތެރެއަށް ވަންނަން ޖެހޭ ކަމެއް ނޫނޭ. އެކަމަކު މިރާއްޖެއާް މިވަމުންދާ ގޮތާމެދު ވިސްނާލެވުނުތޯ؟
    ސަދޫމު ގެ މީހުންވެސް މަކުނު ކުޅި ކުޅުން ޢާއްމު ކުރީ ވަރަށް ގިނަ ދުވަސް ތަކަކަށް ފަހު. ނޫހުގެފާނުގެ ޒަމާނުގައި އުޅުނު ތަޤުވާވެރި 5 ބޭކަލުން ކަމުގައިވާ (1) ވައްދު (2) ޝުއާއު (3) ޔަޢޫސް (5) ޔައޫޤަ (5) ނަސްރާ
    މިފަސް މީހުންނަކީ ވަރަށް ސާލިޙް 5 ބޭކަލުން. މިބޭކަލުންނަށް އިހްތިރާމު އަދާ ކުރުމުގެ ގޮތުން ބުދު ތަކެއް ހަދާފައި މަގުމަތީގައްޔާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ފުރަތަމަ ބެހެއްޓީ، ޒަމާން ގަނޑަކަށް ފަހު އަޅުކަން ކުރެވޭ ތަކެއްޗަށް އެބުދުތައް ބަދަލުވެގެން ދިޔަ ގޮތް ނޫޙް ސޫރަތުގައި ވަރަށް ސާފުކޮށް ބަޔާޏްކޮށްދޭ. ވީމާ، ފައިސާގެ ދަހިވެތި ކަމުގައި އާޚިރަތް ނަގާނުލާ. މިހުން އުޅޭ ރައްރަށުގައި ޓޫރިސްޓުން ގެނގުޅެން ފެށުމުން އެރަށްރަށުގައި ނަމާދު ކުރާ މީހުންގެ ޢަދަދު ދަނީ މަދުވަމުން. ޙުއްޖަތަކީ ވަޤުތު ނުލިބުން. އެދުަސް އަންނަ އިރު އަހުރެން ދުނިޔޭގައި ހުހުރެދާނެ. އެކަމަކު މިއީ ވާނެ ކަމެއް، ތިޔަ ގެންދާ ހޯމް ސްޓޭ ޓޫރިޒަމުން މިދުވަސް ވަރަށް އަވަހަށް ގެންނާނެ. އެދުވަހުން އެކަން ހުއްޓުވާނެ މީހަކު ނުހުންނާނެ. އެއީ އެންމެންވެސް އެކަން ކުރާތީ.

    16
    1
  2. ޙަދިސައިބު

    ދިއްގަރުގައި ދީނަށް ލޯބިކުރާމީހުން ގިނަވީމާ ކަންބޮޑުވީދޯ؟

    9
    1
  3. ދަރަނި ދަންތުރަ

    ބޭކަލުންނޭ ވިސްނާ ޑޮލަރާ ޕައުންޑުގެ އަވާގަޖެހި ގައުމުގެ ދުވަސްދުއްވާނުލާ ހޯމް ސްޓޭ ތިޔައީ އަހަރެމެންނާ ޅަދަރިންގެ ހަތޔާތްކެނޑި ވިޔާނުދާ ފާހިސް އަމަލުތަކަށް ހުޅުވައިދޭ ދޮރެއް ، ވިސްނާ ޒަމާންތަކެއް ފަހުން މިގައުމު ކަންހިގާފާނެ ގޮތަކާ މެދު...

    15
    1
  4. ހަރުމޯސް

    ތީގެ ދިމާވާނެ އެންމެ ބޮޑު މަސްއަލައަކީ މިކަންކުރާ ފަރާތްތަކުގެ ގަމާރު ވިސްނުން ، ގެސްޓުންވީމާ ބިކިނީގައި ބީޗްގައި ތިބެންޖެހޭބނެކަމަށް ދެކުން ،،، މިވިސްނުން ހުންނާތީ ބޮޑެތި މަސްއަލަތަށް ނިކުންނާނެ ، ބޭރުގައުމުތކަށް އަހަރަމެންގޮސްވެސް މިއުޅެނީ ހަމަތިކަހަލަ ހޯމްސްޓޭ އެއްގެގޮތަށް ، އެތަންތާގައި ތިބޭފަތުރުވެރިން އޮރިޔާމުން ނޫޅޭ ،،،

    • Anonymous

      100 އިގެ ވާހަކައެއް. އަހަރެމެންވެސް ބޭރުގައުމުތަކަށް ގޮސް އެގައުމެއްގައިވާ އުސޫލުތަކަށް ތަބާވޭ...

      އެކަމަކު ދިވެހި ފަސްގަނޑުގައި އެކަން ނުވަނީ ކީއްވެތަ.