ޖާގައިގެ ގޮތުން ބޮޑު އަދި ޒަމާނީ ފެންވަރަށް ހަދާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ވީއައިޕީ ޓާމިނަލް މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

މިއަދު ބައެއް ފަތުރުވެރިންނަށް އާޓާމިނަލް އިން ވަނީ ހިދުމަތް ދީފައެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެން ވީއައިޕީ ޓާމިނަލްގައި މަޑުކުރައްވާފައިވެއެވެ. އދ.އާއްމު މަޖިލީހުގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންނެވީ ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާތީ ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އާވީއައިޕީ ޓާމިނަލް ބޭނުން ކުރައްވާނެ ފުރަތަމަ ބޭރުގެ ޑިޕްލޮމެޓަކަށް ވާނީ ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި އާވީއައިޕީ ޓާމިނަލްގެ މަސައްކަތް ނިމިފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މަސައްކަތް ނިމުނު ފަހުން ވެސް އެތަން ބޭނުން ކުރުން ލަސްވެގެން ދިޔައީ ބައެއް ފަރުނީޗަރު ނުގެނެވިގެންކަމަށް ވެއެވެ. އާ ވީއައިޕީ ޓާމިނަލްގައި މިހާރު ނިމިފައި ހުރި ބައިން އެއް ފަހަރާ 95 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ނިމުމާއެކު މިހާރު ލައުންޖު ހުރި އިމާރާތް ތަޅާލައި ދެވަނަ ފިޔަވަހީގެ މަަސައްކަތް ފަށާނެ އެވެ. މި ފިޔަވަހި ނިމޭއިރު މި ލައުންޖު ވެގެންދާނީ މި ސަރަހައްދުގައި ހުރި އެންމެ ފުރިހަމަ އަދި އެންމެ ރީތި ލައުންޖަށް ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަސީ

    ސުކްރިއްޔާ ރައިސް ޔާމިން ދުރުވިސްނުންފުޅައް

    16
  2. ލައްކް

    ރައީސްޔާމީން ވ ހަމަނެތް

    16
  3. މާލް

    ޝުކުރު ހައްގީ ރައީސް ޔާމީންގެ ޒައާމަތަށް، ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓް ތަކުގެ ރިބަން ކަނޑާ ކަނޑާ މި މީހުން ވަރުބަލި ވާކަށް ނޫޅޭތަ. ކުރިން ދުވަހު އާ އޭޕްރަން، މިއަދު އާ ވީއައިޕީ، މާދަން އާ އިންޓަރނޭޝަނަލް ޓާމިނަލް، ދެން ފެންވަރުގެ ތެޔޮ ސްޓޯރޭޖް. ރައީސް ޔާމީން ވަގުތީ ގޮތުންވެސް ޒަމާނީ އާ ރަންވޭ ރިބަން ކެނޑިކަމުން، އެތަން ވެސް ރަސްމީކޮށް ރިބަން ނުކަނޑާ އެ ހުރީ،. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ މީ ހަމަ ރިބަންކަނޑަން އައި ބައިގަނޑެްއް

    16
  4. ޙައްގުބަސް

    ރައިސް ޔާމީންއަށް ޝުކުރު ޙައްގު! އެމަނިކުފާނުގެ ވެރިކަމުގައި ހުޅުލެއަށްވަނީ އެއްބިލިޔަން ޑޮލަރުގެ ތަރައްގީގެ އެތައް މަޝްރޫޢުއެއް ފައްޓަވާ ދެއްވާ އަދި ބައެއް މަޝްރޫޢު އެމަނިކުފާނުގެ ދައުރުގެ ފަހު އަހަރު ހުޅުވާ ދެއްވާފަ!! އޭގެތެރޭ މުޅިން އަލަށް ހުޅުލޭގައި އެޅި މިސަރަޙައްދުގައި ފާހަގަކޮށްލެވޭ ފެންވަރަށް ހަދާފައިވާ އާރަންވޭ!! މިހާރު ދުނިޔޭގައި ހުރި އެންމެ ބޮޑެތި ފްލައިޓްތައް ޖެއްސޭ ފެންވަރަށް އެރަންވޭވެސް ހަދާފަ އެވަނީ!! ޔާމީންގެ ވެރިކަން ނިމުނުއިރު ނިމުކާ ގާތައް އައިސްފައިވަނީ ހަތަރު ބުރީގެ އާސީޕްލޭން ޓާމިނަލްއާ ސީޕްލޭން ޓެކްސީވޭއާ ޑޮކްތައް އަދި މުޅިން އަލަށް ތައްޔާތުކުރަމުން އައި ވީވީއައިޕީ ލޯންޖު!! ދެން މަސައްކަތްކުރަމުން އެއަންނަނީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ދެބުރިއަށް އަދި 8 އޭރޯ ބްރިޖާއެކު ހަދަމުން އަންނަ އާ ޕަސިންޖަރ ޓާމިނަލް! އާ ފްލައިޓް ޕާކިންގް އޭރިޔާ! ފުލީ އޮޓަމެޓިކް ފިއުލް ފާމް! އާ ކާގޯ ފެސިލިޓި ފާލަމާއެކު! މިއީ މިރާއްޖޭގެ ވެރިއެއްގެ (ޔާމީންގެ) ދުރުވިސްނުން!! ރާއްޖޭގެ އިގްތިސާދަށް ހެޔޮބަދަލު އަންނާނެ އަދި ފަތުރުވެރިންނަށާ ރައްޔަިތުންނަށް އެއަރޕޯޓްއިން ރަގަނޅު ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ މިކަންކަން ފުރިހަމަކުރެވުމުން!! ޔާމީން އަދިވެސް މިގައުމުގެ ވެރިކަމަށް އަތުވެއްޖެނަމަ ހާދަ ރަގަނޅޭ ހިތައްއަރާ ދިވެހިން މިރާއްޖޭގައި ގިނަ!!

    15
    1
  5. މ

    ސާހިދު ލަދެއް ނުގަނޭތަ....ތިޔަތަނުގާ ވެޑުވިގެން އިންނަން
    ޝުކުރިއްޔާ ރައީސް ޔާމިން

    15
  6. Anonymous

    ރިބަން ކަނޑާ ސަރުކާރު...ތަރި ޖަހާ ސަރުކާރު...

    15
  7. ހުސޭނުބޭ

    ތިތަން ފެނިގެން ރައްޔިތުންގެ މަޖިލީހުގައި މިތިބޭ ފަޤީރުންތައް އެމީހުންނާއި އެމީހުންގެ ދަރިންގެ ދަރިންނަށް ދާނދެން ޢުމުރުދުވަހަށް ހިލޭ ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަށް ބިލެއް ފާސްކުރަން ތެޅިގަތީ

    12
  8. ހާމިދު ޝާހިދު

    ޝުކުރިއްޔާ ރައީސް ޔާމީން. އަދިވެސް ފެންނަމުން ދަނި ރައީސް ޔާމީންގެ މަސައްކަތް. އެމަނިކުފާނުގެ ދުރު ވިސްނޭކަން. ތަރައްގީގެ މިޒަމާނުގެ ބާނީއަކީ ރައީސް ޔާމިން. މިތަން ނުހުޅިވާ ގިނަ ދުވަސް ނެގީވެސް މިކަން ހަޖަަމް ނުކުރެވިގެން.

    13