އަށް ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ހަދައިދޭން ޝައުގުވެރިވާ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްޕޯޓްސް ކޮމްޕްލެކްސް އަޅަނ ރ. އަލިފުށި، ރ. ދުވާފަރު، އއ. އުކުޅަސް، ޅ. ނައިފަރު، ލ. ގަން، ފުވައްމުލައް އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ކަމަށެވެ.

މީގެ ތެރެއިން ބައެއް ރަށްތަކުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން ކުރިން ވެސް އިއުލާން ކޮށްފައި ވެއެވެ. ނަމަވެސް ކުރިން ކުރި އިއުލާންތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްގީކުރަން ނިންމާފައިވަނީ ވޮލީބޯލް، ބާސްކެޓް، ހޭންޑްބޯލް އަދި ނެޓްބޯލްގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވޭ ގޮތަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ތަންތަން ހެދުމަށް ހަމަޖެހިފައިވަނީ ކުޅިވަރު ކުޅޭ މީހުންނަށް ބޭނުންވާނެ ވަސީލަތްތަކާއި މުބާރާތްތައް ބެލުމަށް ހާޒިރުވާ މީހުންނަށް ވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ތަންތަނުގެގޮތަށެވެ.

އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000 ރުފިޔާއާއި 65،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހުށަހަޅަންޖެހޭ ކަމަށާއި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ އަދި ވަކި ގިންތިތަކަކަށް ފެތޭ ކުންފުނިތަކަކަށް ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެރަފާ

    ކޮބާ ކުޅުދުއްފުށީ ސިޓީ ، ވޯޓުހޯދަން ވީމަ އައްނި އެއްމެ ފުރަތަމަ އަންނާނީ ކުޅުދުއްފުއްޓަށް ތަރައްގީ 3 ބޯ ތިބި ރަށްރަށަށް