ރޯދަ މަހު އެންމެ ކާރޫބާރު ބޮޑު ސަރަހައްދަކަށް ވާނީ މާލެ ލޯކަލް މާރުކޭޓް ހުންނަ ސަރަހައްދެވެ. އެތަން ރޯދަ މަހާ ދިމާކޮށް އެކިއެކި ބާވަތްތަކުން އޮންނަނީ "ފުރާލައިފަ"އެވެ. އެކަމަކު، ދިވެހިންނަށް ހަގީގީ ހިތްހަމަޖެހުމެއް ނުލިބެނީ އެ ބާވަތްތަކުގެ އަގު "ހަމަ ބިމަށް" ތިރި ނުވާތީއެވެ.

ދިވެހިން ރޯދަ މަހު އެންމެ ގިނަ އިން ބޭނުން ކުރަނީ މިރުހެވެ. ހާއްސަކޮށް މާރުކޭޓުގައި ވިއްކަން ހުންނަ ކަނޑޫދޫ މިރުހަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު މިރުހެކެވެ. އެކަމަކު، މި ރޯދަ މަސް ފެށުނު އިރު ވެސް ކަނޑޫދޫ މިރުހުގެ އަގު ވަނީ "ރަނަށް" ވެފައެވެ. މިރުހެއް ގަނެވޭ ވަރެއް ނޫނެވެ.

ލޯކަލް މާރުކޭޓުގައި އެކި ވައްތަރުގެ މިރުސް ވިއްކަން ހުރިއިރު، މި އަހަރު ވެސް އެންމެ އަގު ބޮޑީ އަދި އެންމެ ތަދީ ވެސް ކަނޑޫދޫ މިރުސް ކަން ފާހަގަކޮށްލެވެއެވެ.

ތ. ކަނޑޫދޫގައި ހައްދާ ކަނޑޫދޫ މިރުހުގެ އަގު ހުރީ ކިލޯއެއް 590ރ. އާއި 630ރ. އާ ދެމެދުގެ އަގެއްގައެވެ. ލ. ގަމުގައި ހައްދާ ކަނޑޫދޫ މިރުސް މާލޭގެ ލޯކަލް މާރުކޭޓަށް ގެނެސް ވިއްކަނީ ކިލޯއެއް 700ރ. އަށެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ކަނޑޫދޫ މިރުހުގެ އަގު ހުރީ ކިލޯއަކަށް 350 ރުފިޔާއެއްހާ އަގުގައެވެ. ނަމަވެސް ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭތީ އަގު މަތި ވަނީ ކަމަށް ލޯކަލް މާރުކޭޓުން އެތަކެތި ވިއްކާ މީހަކު ބުންޏެވެ.

"ހޫނު ގަދަމީވާ އަސްލު މިރުސް ހަރު ނުވަނީ. އެހެންވީމަ އަސްލު ނުލިބެނީ މިހާރު. މުޅިން ވެސް މިހާރު ގިނައީ ޅަ މިރިސް" ލޯކަލް މާރުކޭޓުުގައި ކަނޑޫދޫ މިރުސް ވިއްކާ މީހަކު ބުންޏެވެ.

ކަނޑޫދޫ މިރުހުގެ އިތުރުން ޔޫގެންޑާ މިރުހާއި އަދި ލަންކާ މިރުސް ވެސް ލޯކަލް މާރުކޭޓުން ލިބެން އެބަ ހުއްޓެވެ. އެގޮތުން ލަންކާ މިރުސް ކިލޯއެއް 100 ރުފިޔާއަށް ލިބޭ އިރު ޔޫގެންޑާ މިރުސް ކިލޯއެއް 180 އެއްހާ ރުފިޔާ އަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޝަރަފު ބޮޑުބެ

    ބިދޭސީން ދިވެހިންގެ ދަންޑުތަކާއި ބިންތާކާއި މާރުކޭޓް ތަކުގެ މައްޗައް ވެރިވެގެން ބޭނުން އަގެއްތައި ކެތި ވިއްކާއިރު މިކަމާ އަޅާނެ ބަޔަކު މިްދަކުނެތް..

    17
  2. ނައިބް ރައީސް

    ތަކެތީގެ އަގު މައްޗަށް ނުދާ ގޮތަށް ހުރީ އިންތިޒާމް ކުރެވިފަ.

    14
    1
  3. އިނާސް

    އެއްގޮތަކަށްވެސް ތިޔަ ކަނޑޫދޫ މިރުހެއް ގަންނާނެކަމެއްނެތް. ގަންނާތީ އަގުބޮޑުކުރަނީ.

    20
    2
  4. ހެހެހ

    މިހާރު ދެން މިރުހެއްގެ އަގު އަހާލާއިރަށް ބުނަނީ ކަނޑޫދޫ މިރުސްއޭ ، ވިޔަފާރިވެރިން ހާދަހާވާ ގޯހޭ ، ކިތަން މީހުންގެ ބަދުދުއާވާނެ ، ހެޔޮނުވާނެ ފައިސާއެއްނޫން މުހިއްމީ

    16
  5. ކާނިވާއިން

    މީ ހަޤީގަތް. ޢެކަމު މިހާރު ނޫހުން ބުނަނީ އަގުބޮޑެއްނޫނޭ.

    13
  6. ނައިބުން ލަތީފް

    ޢެކަމަކު ސަރުކާރުން ބުނި ރޯދައިގެ 2 ހަފްތާކުރިން ތަކެތި އަގުބޮޑު ނުވާނެހެން ކަންކަން ރާވަމުންދާ ވާހަކަ

    17
  7. ޕޮގުބާ

    ސަރުކާރުން ދައްކާވާހަކަ ގަބޫލުކުރަނީ އެމްޑީޕީއަށް ތާއީދު ކުރާ މީހުން 700 ރ އަށް މިރުސްކިލޯއެއް އަގުބޮޑެއްނޫ އެމީހުންނަކަށް

  8. މިރުސްބެ

    ތިހެން ރޯދައަށް އަގު ބޮޑުކުރަން ހަދައިން ދަނޑުގެެ ބަރާކާތް ކެޑި އިނދަ ޖެހުނީމަ ވިސްނޭނީ ކަނޑޫދޫ އަޑިއަށް ދުއްވާލަންވީ އޭރަށްއޮންނާނެ މިރުހާ ބެހެވިފަ ރަގަޅަށް

  9. ފާތުމަ އެޅި ވަގު މިސްކިތް

    ކަނޑޫ ދޫ ގައި އާފަލް ހައްދައިފިއްޔާ އަގު ކިހާ ވަރެއް ވާނެ ބާ؟

  10. ފައަޒޫ

    ހުރިހާ ކުދި ފިހާރަތަކު ގައި ބަގްލާދޭސް ސޭޓުން ދިވެހިން އަތުން އަދި ވަތްގަޑު ވައްކަ ކުރަނީ ނުއަގު ގައި ވިއްކަނީ

  11. ލައިސާ

    ކަދުރު ކާކާ ބަޑު ފުރިއްޖެ