ރަށުޕިކަޕްގެ ވިޔަފާރީގައި ރާއްޖެއަށް މަޝްހޫރު "ބެސްޓް ބަޑީ" ގެ ފަރާތުން އެ ފިހާރައިން ރަށުޕިކަޕް ގަންނަ ފަރާތްތަކަށް 2000 ރުފިޔާގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. "ޑިސްކައުންޓް ޔަޤީން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯސަންގައި 1200 ކިލޯގުރާމުގެ ރަށުޕިކަޕެއް ބައްލަވައިގަންނަ ކޮންމެ ކަސްޓަމަރަކަށް 2000 ރުފިޔާގެ ޑިސްކައުންޓެެއް ލިބޭނެކަމަށް ބެސްޓް ބަޑީގެ އޯނަރ ރަޝީދު ވިދާޅުވިއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖުލައި 20 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށެވެ.

ބެސްޓް ބަޑީއިން ރަށުޕިކަޕް ގަންނަ ފަރާތްތަކަށް ޕިކަޕް ރަޖިސްޓްރީކުރުމަށް ބޭނުންވާ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްދޭނެކަން ފާހަގަކުރައްވަމުން ބެސްޓް ބަޑީގެ އޯނަރ ރަޝީދު ވިދާޅުވީ، އުޅަނދުގެ 1 އަހަރުދުވަހުގެ އަހަރީ ފީ އާއި، 1 އަހަރު ދުވަހުގެ އިންސުއަރެންސް އަދި 2 އަހަރު ދުވަހުގެ ރޯޑް ވާދިނަސްހަދައި ދިނުމުގެ ހުރިހާ ކަމެއްް އިތުރު އަގެއް ނުނަގާ ބެސްޓް ބަޑީއިން ފުރިހަމަ ކޮށްދޭނެކަމަށެވެ.

މީގެ އިތުރުން ރަށުޕިކަޕް ޑެލިވަރީކޮށްދިނުމަށް 1000 ރުފިޔާ ބެސްޓް ބަޑީއިން އެހީއެއްގެ ގޮތުގައި ހަމަޖައްސައިދޭނެ ކަމަށާއި މީގެ އިތުރުން ޑެލިވަރީއަށް އިތުރު ޚަރަދެއް ކުރަން ޖެހޭނަމަ އެކަން ހަމަޖައްސަން ޖެހޭނީ ކަސްޓަމަރ އަމިއްލައަށް ކަމުގައި ރަޝީދު ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ވެހިކަލް ބައްލަވައިގަންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ވޮރަންޓީ ބެސްޓް ބަޑީއިން ހަމަޖައްސައިދޭއިރު، އާފުޓަރ ސޭލް ސަރވިސްވެސް ބެސްޓް ބަޑީއިން ފޯރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.

ބެސްޓް ބަޑީއިން ފުޅާދާއިރާއެއްގައި މި ވިޔަފާރިކުރާއިރު ރަށުޕިކަޕްގެ ހުރިހާ ސްޕެއަރ ޕާރޓްސް ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން "ބެސްޓް ސްޕެއަރސް" ގެ ނަމުގައި ބެސްޓް ބަޑީގެ އިތުރު ފިހާރައެއް ވަރަށް ފަހުން ވަނީ ހދ. ކުޅުދުއްފުށީގައި ހުޅުވާފައެވެ.

މި ދިޔަމަހު ބެސްޓް ބަޑީއިން ވަނީ "އެންމެ ބެސްޓީ ބެސްޓް ބަޑީ" ގެ ނަމުގައި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެެވެ. މި ޕްރޮމޯޝަނުގެ ގުރުއަތު ނެގުން ޖުލައި 26 ވަނަ ދުވަހު އޮންނާނެ ކަމަށް ބެސްޓް ބަޑީ އިން މައުލޫމާތު ދެއެވެ.

ބެސްޓް ބަޑީއިން ރަށުޕިކަޕެއް ބައްލަވައިގަންނަން ބޭނުންފުޅުވާނަމަ ގުޅުއްވާނީ 7521915، 9907010، 7874657، 9641420 އާއެވެ.