"އެންމެ ބެސްޓީ ބެސްޓް ބަޑީ" ގެ ނަމުގައި ޖޫން 3 އިން ފެށިގެން ޖުލައި މަހުގެ 3 ނިޔަލަށް ބެސްޓް ބަޑީއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މިޕްރޮމޯޝަނުން 1 ވަނައަށް ހޮވިފައިވަނީ ހދ.ކުޅުދުއްފުށީ، މުގޫ، މާއިން މުޙައްމަދު ހަަސަންއެވެ. އަދި މި ޕްރޮމޯޝަނުން 2 ވަނައަށް ހޮވިފައިވަނީ ހދ.ކުޅުދުއްފުށީ ހީނާމާގެ މިޒްމާން މުހައްމަދުއެވެ. އަދި 3 ވަނައަށް ހޮވިފައިވަނީ ހދ.ކުޅުދުއްފުށީ، ކާޕެންޓްރީ ޒިކްރާ ބިން ނަޙީޒް އެވެ.

އަގުހުރި އިނާމުތަކަކާއެކު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގެ 1 ވަނައިނާމަކަށް ބެސްޓް ބަޑީއިން ހުށަހަޅާފައިވާ ބެޓަރީ ބައިސްކަލް ނަސީބުވެރިއާއަށް ބެސްޓް ބަޑީއިން ހަވާލުކޮށްފައިވާ އިރު 2 ވަނަ އަށް ހޮވުނު ފަރާތައް ބީ.އެމް.އެކްސް، ސްޓަންޓް ބައިސްކަލެއް ބެސްޓް ބަޑީއިން ވަނީ ހަދިޔާކޮށްފައެވެ. އަދި 3 ވަނައަށް ހޮވުނު ފަރާތައް މައުންޓެއިން ބައިސްކަލެއް ބެސްޓް ބަޑީއިން ވަނީ ހަދިޔާކޮށްފައެވެ.

ކުރިއަށް އޮތްތަނުގައިވެސް މިކަހަލަ ގިނަ ޕްރޮމޯޝަންތައް ކަސްޓަމަރުންނާއި ގުޅިގެން ބެސްޓް ބަޑީއިން ކުރިއަށް ގެންދާނެކަން ނަސީބުވެރިންނަށް އިނާމު ހަވާލުކުރުމުގެ ރަސްމީއްޔާތުގައި ބެސްޓް ބަޑީގެ އޯނަރ ރަޝީދުވަނީ ފާހަގަކުރައްވާފައެވެ.

ބެސްޓް ބަޑީ އަކީ ބެޓެރީ ވެހިކަލްއާއި ތަފާތު ވައްތަރުގެ ބައިސްކަލް ވިޔަފާރީގައި ރާއްޖޭގައި މިހާރު މަޝްހޫރު ވަމުން އަންނަ ފިހާރައެއްކަން ފާހަގަކުރެވެއެވެ. ބެސްޓް ބަޑީ ހުންނަނީ ހދ.ކުޅުދުއްފުށީ، އަމީނީ މަގު އިސްލާމިކް ބޭންކު ކުރިމަތީގައެވެ.