ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި ކުރަމުން ގެންދާ "ލިބޭ" އިން އެކުންފުނީގެ ފުރަތަމަ ސްޕަމާޓް މާދަމާ އައްޑޫ ސިޓީގައި ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

"ލިބޭ"ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ "ލިބޭ" އިން އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާ ސްޕާމާޓް ހުންނާނީ ހިތަދޫ ބޮޑުމަގުގައި ކުރިން ނެސޯ ސްޓޯރ ހިންގަމުން އައި އިމާރާތުގައި ކަމަށެވެ.

"ލިބޭ ސްޕަމާޓުން ތަފާތު ގިނަ ވައްތަރުތަކުގެ އުފެއްދުންތައް ލިބެން ހުންނާނެ. އާއްމު ދިރިއުޅުމުގައި ބޭނުން ކުރަން ޖެހޭ ހުރިހާ ސާމާނެއްގެ އިތުރުން ބަދިގޭ ސާމާނާއި ކުޅޭ އެއްޗެއްސާއި އަދި ރީތިވުމަށް ބޭނުންވާ ސާމާނު ވެސް ލިބެން ހުންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ އައްޑޫގައި ވެސް އެންމެ ހެޔޮ އަގުގައި މުދާ ލިބޭ ފިހާރައަކަށް މިސްޕަމާޓް ހެދުން. މިހާރު ވެސް ކަސްޓަމަރުންނަށް ޔަގީންކަން ދޭން ބޭނުން ލިބޭ ސްޕަމާޓަށްވުރެ އަގުހެޔޮކޮށް އައްޑޫގެ އެހެން ފިހާރައަކުން މުދަލެއް ނުލިބޭނެ." ކުންފުނީގެ އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ" އިން އައްޑޫގައި ސްޕަމާޓެއް ހުޅުވާއިރު މާދަމާ އިން ފެށިގެން އެފިހާރަ އިން ވެސް "ލިބޭ"ގެ ޕްރޮމޯޝަންތަކުގައި ބައިވެރިވެވޭނެއެވެ. އެގޮތުން އައްޑޫ ލިބޭގެ ވައިބާ ގްރޫޕަށް ޖޮއިން ކޮށްގެން ދިހަހާސް ރުފިޔާ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ލިބޭ ސްޕަމާޓުން 250 ރުފިޔާގެ ވިޔަފާރި ކުރުމުން -/50000 ރުފިޔާ ލިބޭ ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނެއެވެ.

"ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް

ލިބޭ އިން ބުނާ ގޮތުގައި އެކުންފުނިން ކުރިއަށް އޮތްތަނުގައި ވެސް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެއެވެ.