ރިސޯޓްތަކުން މިހާރު ނަގަމުންދާ ބިމު ކުލި ކުޑަކުރަން ހުށަހެޅި ބިލު އަނބުރާ ގެންނަން ނިންމައިފިއެވެ.

ތިން ސަރަހައްދެއްގެ ރިސޯޓްތަކުގެ ބިމު ކުލި މިހާރު ނަގަމުންދާ ވަރަށް ވުރެ ކުޑަކުރަން ބިލުގައި ހުށަހެޅިއެވެ. އެގޮތަށް ނިންމީ މިނިމަމްވޭޖް ދިނުމުން މާލީ ގޮތުން ރިސޯޓްތަކަށް ކުރާ އަސަރުތައް ކުޑަކުރުން ކަމަށް ކަމަށް ބިލުގައި ބުނެފައި ވެއެވެ.

އެގޮތުން ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އޮންނަ ރިސޯޓްތަކުން ބިމު ކުލީގެ ގޮތުގައި އަކަ މީޓަރަކަށް މިހާރު ނަގަމުންދާ އަށް ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ހުށަހަޅައިފަ އެވެ. އަދި ހދ. އިން ށ. އަށް ބިމުގެ ކުލި ފަސް ޑޮލަރުން ހަތަރު ޑޮލަރަށް އަދި ތ. އިން ފެށިގެން އައްޑޫއަށް ހަ ޑޮލަރުން ފެށިގެން ފަސް ޑޮލަރަށް ކުޑަ ކުރަން ވެސް ހުށަހަޅާފައި ވެއެވެ.

ސަރުކާރުން މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރުމުގެ އިސްލާހް ފާސްވެއްޖެ ނަމަ ގެއްލުންތައް ވާނެ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

އެންމެ ފަހުން މި އިސްލާހު އަނބުރާ ގެނައުމަށް އިކޮނޮމިކް ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހައްތާވެސް މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންނަށް ފައިދާ ވާގޮތަށް ބިލް ފަރުމާ ކުރަނީ !

  2. ޑައެލޯގް

    މިއީ ގާސިމުމެނަށްފައިދާވާގޮތަށް ސަރުކާރުންކުރާކަމެކެވެ. މީގެބަދަލުގައި ސަރުކާރުން އެވަނީ އާދައިގެ 60000 ރުފިޔާލިބޭމީހާއަތުން އިންކަމްޓެކްސް ނަގާކުރިއެރިޔަނުދޭނެއެވެ. ބޭނުމަކީ އަލަށްމީހަކު ކުރިނޭރުމެވެ.

  3. ޢިއްތިހާދު

    އަދިއަރާއެބަބުނޭ ދަރަނި އަރަނި ދެއްކޭނެއޭ ވާނުވާނޭގޭ މިހާރުވެސް ދެފަހަރުނުކުރާ ކަމެއްނެއް ދަސްކުރާ ބޯޑު އަޅުވާފަ އޮއްނަނީ މުޅިއެތީގެ އެވަރުންވެސް ހަމަވާނެ އޭބުނޭ 2018 ރައީސަކައްވުމުގެ ޝަރަފުހޯދުމައް ކިތައްވައުދުވި މާލީ އަދިއެހެންވެސް ތަޖުރިބާތައުލީމު ލިބިފަނެއް މިއަދު އަސްލަންޓެ ރައްޔިތުންނައްއެކަން ސާފުކޮއްދެއްވި މުޅި މިދައުރުގަތިބަޔައް އިންތިހާބު ވެފެތިބި ހުރިހާ ލެވެލްގަތިބިމީހުނައް ސާފުވާވަރައް ތަޖުރިބާ މާލީހާލަތު ނޭގިކަން ކަންތައްކުރެވެނީ ވައުދުވެސް