މިރޭ ދަންވަރުގެ ވަގުތެއްގައި ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސްދަޅުގެ އަގު އާދަޔާ ހިލާފަށް ބޮޑުކުރުމަށްފަހު، ވިޔަފާރިތަކަށް އެކަން އަންގައިފިއެވެ.

“ވަގުތު” އަށް އެނގިފައިވާގޮތުން މިފްކޯއިން ވަނީ ތެޔޮ މަސްދަޅު ކޭސްއަކުން 150ރ ބޮޑުކޮށްފައެވެ.

މީގެ ކުރިން މިފްކޯއިން މަސް ކޭސްއެއް ވިއްކާފައި ވަނީ 610ރ އަށެވެ. އެހެންކަމުން މަސް ދަޅަކުން ތިން ރުފިޔާ 13 ލާރި ބޮޑުވެފައި ވެއެވެ. މިއީ މަސްދަޅު ކޭސްތައް މިފްކޯއިން ވިއްކާ އަގަށްވުމުން އާއްމުންނަށް މަސް ދަޅެއް ގަންނަން ފިހާރަތަކުން ލިބޭ އަގު ކުރިއަށްވުރެ 4ރ އާއި 5ރ އާ ދެމެދު ބޮޑު ވާނެ ކަމަށް ބެލެވެއެވެ.

މިފްކޯއިން މަސްދަޅު ވިއްކާ އަގުތައް

ކުރިން މިފްކޯއިން މަސް ދަޅު ކޭސް ވިއްކި އަގުތައް
މިއަދުން ފެށިގެން މިފްކޯއިން މަސްދަޅު ކޭސްތައް ވިއްކަން ފަށާ އަގުތައް

ސަރުކާރު ކުންފުނިތަކުން ތަކެތީގެ އަގު ބޮޑުކުރަން ފަށާފައި މި ވަނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ފަހުއެވެ. ޓީޗަރުންގެ މުސާރަ ބޮޑު ކުރިކަން އިއުލާނު ކުރުމަށްފަހު ފުރަތަމަ އަގަށް ބަދަލު ގެނައީ ގަައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުން އަރައިގަތުމަށާއި ނުލިބޭ އާމްދަނީން މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި 2.7 ބިލިއަން ރުފިޔާ ވަނީ ޗާޕް ކޮށްފައެވެ. އަދި އިތުރު 2.5 ބިލިއަން ރުފިޔާ މިއަހަރު ޗާޕް ކުރުމަށް ވަނީ ނިންމާފައެވެ. ފައިސާ ޗާޕް ކުރުމަކީ ތަކެތީގެ އަގު އުފުލި ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވެގެން ދާނެ ކަމެއް ކަމުގެ އިންޒާރު އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ދެއްވަމުންނެވެ.

ރާއްޖޭގައި އުފައްދާ މަސްދަޅުގެ އަގު ބޮޑުކުރިއިރު ކޮވިޑާއި އަދި ރަޝިއާ، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވެސް ބައެއް ތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. އެހެންކަމުން އާއްމު ދިރިއުޅުމުގައި ބޭނުން ކުރާ އެހެންތަކެތީގެ އަގު ވެސް މިހާރު އަންނަނީ ބޮޑުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ސސ

    އެހެންވީމާ މަސްދަޅުގެ އަގައް މިއައި ބަދަލާއިއެކު ހޮޓާ ހޮޓަލުން ވިއްކާ ބަޔެއް ހެދިކާގެ ވައްތަރުތަކާއި އަދި އެހެނިހެން ބަޔެއް ބާވަތްތަކުގެ މެނޫ އައިޓަމްސްގެ އަގުތަށްވެސް ބޮޑުވެގެންދާނެއެވެ.

    54
    • ގަހަ

      ބޮޑު ކޮއްގެން ނުވާނެ ދޯ. ތެޔޮ އަގުބޮޑު ވީމަ ޓެކްސީ ގެ އަގުވެސް ބޮޑެއް ނުކުރެޔެއްނުން. ބަޔަކު ކުރިޔަސް.

      12
      1
    • އަހަރެން

      ބަލަ ދިވެހިރާއްޖޭގަ އުޅެނީ ޓީޗަރުން އެކަނިތަ. ޢެެއްޗެހި އަގުބޮޑު ކުރީމަ ދެންތިބި މީހުން ކިހިނެއްބާ ދެކޮޅު ޖައްސާނީ

      9
      1
  2. އއ

    ސަރުކާރުން މިފްކޯއަށް ސަބްސިޓީ ދީގެންނަަމަވެސް މިއަގުތަށް ދަށްކުރުން މިދަނޑިވަޅުގައި ވަރަށް މުހިންމުކަމުގައި ގަބޫލުކުރެވޭ. އެހެނީ ދެން ބޭރުން އިމްޕޯޓްކުރާ ހުރިހާ މުދަލެއްހެން އަގު އުފުލިގެން ދާނެކަމުގައި އެބަ ބެލެވޭ ދުނިޔޭގެ މަސްރަހު ހިނގަމުންދާގޮތައް ބަލައިފިނަމަ.

    40
  3. Anonymous

    މިފްކޯއިން މަސްދަޅު ގަތުން ދޫކޮއްލާ.އެހެންބަޔަކު އިހްތިޔާރުކުރާގޮތްތައް

    52
    2
  4. ފުށިފަރު

    މަސްވެރިނައް ބޮޑުއަގު ދިނުމުގެ ނަތީޖާ. މަސްދަޅުގެ އަގު އުފުލުން. ޓީޗަރުންގެ މުސާރަބޮޑުކުރުން ޓިއުޝަނައްކުރަންޖެހޭ ހަރަދު ބޮޑުވުން.

    38
    5
  5. ރަންޑި

    ހުރިހާ ދެރައެއް ނިކަމެތި ރައްޔިތުމީހާއަށް

    69
    4
  6. ނިކަމެތި މީހާ

    ތަކެތީގެ އަގު ބޮޑު ކުރީމަ އާންމު ރައްޔިތުމީހާއަށް ހުރިހާ ދެރައެއް، މުސާރަ ބޮޑުނުކޮށް ތަކެތި އަގު ބޮޑު ކުރެވޭތޯ ބަލާ، މިހާރު ކާބޯ ތަކެއް ޗާއި އެހެނިއެން އެއްޗެހި އިންތިހާއަށް ބޮަޑު،،އެއްޗެހީގެ އަގު ބޮޑު ކުރާއިރު މުސާރައަކަށް ބަދަލެއް ނުގެނެވޭ!!!!

    45
    2
  7. ރަން ރީނދޫ

    މިއޮތް ފޫ ވެއްޓެނީ. ދޮގު ވައުދުތައް ފުއްދީމަ އެންމެ ފަހުން ގައުމު އިނދަޖެހޭނީ.

    51
    2
    • ޥަގުން

      މިއޮތް ހިންގާލަނީ

      12
  8. ަސދ

    ޓީޗަރުންނަށް ދިން ލާރިކޮޅު އެމީހުން އަތުން އަނބުރައި ހޯދަނީ.

    43
    1
  9. ކެޔޮޅު

    ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ނަތީޖާ

    46
  10. Alibe

    ބައެއްގެ މުސާރަ ތިޔައޮތީ ބޮޑުކޮށްދެވިފަ، މިހާ އަވަހަށް ރައްޔިތުން ފެލަންފެށީ.

    44
  11. ޝާނާ

    މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކުރަން ޖެހޭ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަންޖެހޭ، އެކަމަކު އުފެއްދުން ތަކުގެ އަގު ބޮޑުކުރާކަށް ނުޖެހޭ މިއީ ކޮންކަހަލަ އިންސާފެއްތޯ؟

    29
    17
  12. ނަން

    އެންމެން މަސްދަޅު ނުގަނެ ރޯމަސް ނޫނީ ވަޅޯމަސް ގަންނަންވީ. އޭރުން ތިބެދާނެނު އަގު ބޮޑު ކޮށްލަކޮށްލާ...

    43
  13. ޙަސަން

    ޙިނގާ މުޒާހަރާ ޖައްސަން. ޠަކެތީގެ ަަ އަގުބޮޑުވަނީ ރައްޔިތުން ހަނާވަނީ....ވެއްޓުމުގެ ފަހު މަރުހަލާ

    48
    2
  14. ކޮތަރު

    ވެރިކަމުން ފައިބަން ޖެހޭއިރަށް ރައްޔިތުން ފެލައިގެން އަންބޮނޑިތައް ފުރާލާ. އޯގާތެރި ހެޔޮވެރިކަމަށް ސާބަހޭ.

    41
  15. ނޭފަރު ފުޅު

    ބޮޑުކުރި މުސާރަ އަނބުރާ ހޯދަނީ... "ރައްވެހި ފަތިސް ބިން ހިޔަޅު".

    39
    1
  16. ކިނބޫ

    ފެލާލާ. ސާބަހޭ ނުކިޔަވާހުރި ރައީސް.

    37
  17. މުޙައްމަދު

    މި ހެޔޮ ބަދަލު އަަންނާނެކަން މާކުރިންވެސް އެނގޭ. މުސާރަޔަށް ބަދަލު އައުމާއެކު މާލީ ޙާލަތު އެއްވަރެއްގަ ހިފަހައްޓަން މިބާވަތުގެ ކަންކަން ހިނގާނެ. މީ އޮޅިފަ ތިބި ބައެއްނޫން. މޯލްޑިވިއަނުންވެސް އަގުތަކާއި ޚިދުމަތްތައް އެކްސްޕްރެސް ކޮށްލީ. ރައްޔިތުން ދަރާ ވިކިގެންވެސް ތިބޭނެއްނު

    27
  18. ޚިޔާނާތް

    ޙަސްބުނަﷲ ވަނިޢުމަލް ވަކީލް.

    40
    1
  19. Anonymous

    އޯގާތެރިކަމުގެ އިންތިހާ.
    ޝުކުރިއްޔާ. 2023 ޔަޤީން
    ސިނގިރެޓް އަގުބޮޑު ވާހެން ޞިއްޙަތަށް ގެއްލުން ވާތީ މަސްދަޅު ވެސް އަގު ބޮޑުވީބާ ؟ދިވެހިން މަސްދަޅު ކާތީ ކޮންމެސް ދުވަހަކުން މަރުވާނެކަން އެނގެތީ ހާހާހާ

    28
    1
  20. ރެފްރީ

    ތަކެއްޗާއިމުދަލުގެއަގުބޮޑުކުރަންޖެހޭނީ ހަމައެކަނި ޓީޗަރުންގެއަތުން !!

    27
    1
  21. ސީމާ

    މުސާރަތަށް ހުރި ހިސާބުގަ ތަކެތި އިންތިހާޔައް އަގުބޮޑުވަނީ ޕުލާސްޓިކު އެތެރެކުރުން މަނާކޮށްފި ހުރިހާހެތްޗެއް ބިއްލޫރިޔަށްބަދަލުވެއްޖެ މި ހުރިހާއެތްޗެއްގެ އަގު އިންތިހާޔަށްބޮޑުވެއްޖެ މުސާރަހަމަ ހިރި ހިސާބުގަ

    26
  22. އަރީ

    އަމުރު އަޑީގަ ހުރެގެން ރައްޔިތުން ފެލަނީ.

    38
  23. ސްލޯ

    ވެންމަސް ވެމަށް ކާންދެނީ އުތަ!

    31
    • ޙަސަނާ

      "ވެންމަސް ވެމަށް ކާންދެނީ" އެކޭ ނުކިޔާނެ. "ވެންމަސް ވެނަށް ކާންދެނީ" ޔޭ ކިޔާނީ.

  24. މިވެސް

    ހެޔޮވެރިކަން.

    21
    1
  25. ޢަލީ

    އެޑްވައިޒަރ ކޮއްކޮއަށް ދޭނެ މުސާރަލިބޭނީ ބޮޑުކޮށްގެންކަމަށްވާތީ ބޮޑުކުރީ، އަދި 2023 އަށް ތައްޔާރުވުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަންވެސް ޖެހޭނެތާ. މީ ރައްޔިތުން ފެލާލައިގެން ލާރިހޯދައިގެން ސަރުކާރު ހިންގަންއުޅޭ ބައެއް ދެން އެނގެނީ ލޯނުނަގަން، ޔާﷲ މި މީހުންގެ ކިބައިން މި ޤައުމު ސަލާމަތް ކޮށްދެއްވާދޭވެ. އާމީން

    34
    • مر

      امين

  26. Anonymous

    މަސް ބާނާ ވަރު ގިނަވެގެން ނުކިރިގެން އުޅެނީ އެކަމަކު މީގެ އަގު ބޮޑުކޮށްލާއިރު ހީވަނީ އިމްޕޯރޓްކުރާ އެއްޗެއްހެން

  27. ޖާބެ

    ޢިންފްލޭޝަން މިހާރު އަރައިގެންދާނެ އިންތިހާޔައް ވެރިންނައް ކެވުނުވަރު ގިނައީ މިހާރު ޙަޒާނާ ހުސްވެފަ ހުރީ އިތުރައްކެވޭނީ އިތުރައް ޓެކްސް ނަގާ ފީތައް ނަގާ ތަކެތީގެ އަގުބޮޑުކޮށް ހަދާނެ މިފައިސާއިން ވޯޓައް ބަހާނީވެސް.. ބޮޑުކުރި މުސާރަ ކޮންތާކިބާ ޖެހުނީ ޓީޗަރުން ހިސާބުހަދާލަބަލަ އިކްނޮމިކްސް ތަ މިއީ ނޫނީ ގައުމެއް ހަލާކުވުންތަ މިއީ

  28. ނީކަ

    މިފްކޯ ބޮއިކޮޓްކޮށް ފަ އެންޒީ އަދި މާންދޫ މަސް ގަންނަން ހިގާ އެންމެން. އެ މީހުން މިފްކޯއަށް ވުރެއް އަގު ބޮޑު ކުރިޔަސް ނުވަތަ އެއް އަގެއްގަ ވިއްކިޔަސް އެ ކުންފުނިތަކުން ވިއްކާ މަސް ދަޅު ގަންނާނީ މިފްކޯ ބޮއިކޮޓްކޮށްފަ..

    7
    3
  29. ޖަނަނަތު

    މިފްކޯ އައުޓް

    8
    1
  30. aisthulaee

    moonu mathin fenna ufaaverikan

    2
    1
  31. ާްްއ

    ޓެކްސީ ގެ އަގު ބޮޑު ކުރުން އެއީ ބޮޑު މައްސަލައެއް.ދެން ކޮންމެ އެއްޗެއް އަގު ބޮޑު ވިޔަސް އޯކޭ ދޯ.

    4
    3
  32. Anonymous

    ޓީޗަރުންގެ މުސާރަ ބޮޑުވި ތަންކޮޅު

  33. ނިސާ

    ޓީޗަރުންގެ އެކަނި މުސާރަ ބޮޑުވީ. ދެން އެހެން ޕްރައިވެޓް ކުންފުނި ތަކުގަ ވަޒީފާ އަދާ ކުރާ މީހުންނޯ؟ ރާއްޖޭގަ ތިބީ ޓީޗަރުން އެކަނިތާ؟

    10
  34. ތާމޯސް

    އަގުތިރިކުރަންދެން މަސްދަޅުގަތުން ހުއްޓާލުމަށް ދަންނަވަން

  35. ޑިމޮކްރަސީ

    މި ޤަވްމު ބަގުރޫޓް ވަމުން ދާކަމުގެ އަސަރު ތިފެންނަނީ އަދިވެސް ދެއަތް އުރާލައިގެން ތިބޭ އަގަޔާ އަތާދިމާނުވިޔަސް

  36. ކޮރަލް

    ދަރަނި ތައް ދައްކަން ރައްޔިތުން އަތުން ފައިސާ ހޯދަނީ އެވެ.

  37. ވިޝާހު

    ބަލަ ތަރައްގީ އަގު ބޮޑު ވެފަ ދެލޮލަށް ނުއެއް ފެންނާނެ. ގުއިނުދެކޭ ކާޅު-

  38. ޗަނީ

    ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި ދިވެހި ރައްޔިތުންނަށް އެ ބަލާވެރިކަން ޖައްސާފައި، އެލާރި އެންމެފަހުން ދޭން މިޖެހެނީ އާންމު ރައްޔަތުން

  39. ޖާބެ

    އޮނަރަބަލް ގާސިމް އިބްރާހިމްގެ ކުފުނީގެ މަސްދަޅު އަގުހެޔޮވާނެ…. ސަރުކާރުން ރައްޔިތުންގެ ލޭވެސް ބޯނެ… އެކަމަކު ދިވެހިން ވޯޓުވެސް ދޭނެ… ޒަމާނުންސުރެއް ސިކުޑިތައް އަޅުވެތިކޮށްފަ ތިބީ ވެރިމީހާ ރަށައްދިޔާމަ މިސްކިތު ދާނިވެސް ލިބޭނީ… މައުމީން 30 އަހަރު ކަޑަޖެހީމަވެސް ތިބީ ވޯޓުން ހޮވާފަ 100 ޕަސެންޓްގަ.. އެމީހުންގެ ދަރިން މިހާރުތިބީ ޒުވާނުންނައް ޑީއެން އޭ ވާރުތަވެފަ އަޅުވެތިކަމުގެ… މިހާރު އެޑްވައިޒަރކީ މައުމީން އިބޫ ވެރިކަން ކުރަނީ މައުމީނުގެ ފޮތުން އެމް.ޑީ.ޕީ ޖާނުން ފިދާވެެގެން ޒައީމުބާލާފަ ހަމައެޒައީމައް ތާއީދުކޮށްފަ ސިޔާސީގޮތުން ރާއްޖޭގެ މީހުންގެ ސިކުޑީގަ އަދިވެސް އަޅުވެތިކަން އެބަހުރި…

  40. ާދަލޭކް

    ޓިޗަރުންރުންނަށް މުސާރަ ބޮޑު ކޮށްލާފަ ރައްޔަތުމްގެ ކަރުން ލޭރަހަ ލައްވަނީ މަކަރުވެރިކަމާ ހީއްލަތެރިކަމުން ފުރިގެން ވާ ކަހަލަ ކަންތައް ތައް .ފަހުޒަމާނުގެ އަލާމާތް ތައްފާޅުވަނީ އަމާނާތް ތެރިކަން ނެތި ފަލާދަނީ.

  41. ކެރަފާސް.

    ކޮންކަމަމާތޯ ކަންބޮޑުވާންވީ އެޖެންޑާ 19 ތަފާތުވާނެކަމަ އްބުނެ ނޫންތަ ވޯޓު އަތުލީ އެތަފާތު ތިޔަފެންނަނީ ދެންތިބޭ ރާކަނިމަސްދަޅު ކަ އިކަ އި

  42. ބައްރު

    ސާާބަހޭ! ތިތަނަށް ފައިދާ ވަނީވެސް ރައްޔިތު މީހާގެ ފަރާތުން، ހަމަ ޖެއްސުން ތިކުރަނީ ރައްޔިތުންނަށް...ހިންގާލާ ހިންގާލާ....

  43. ހިތްދަތިމީހާ

    ޔާ ﷲ މިބައިމީހުންގެ އަތްދަށުން މިޤައުމާ ދިވެހިރައްޔިތުން ސަލާމަތްކުރައްވާށި