އައްޑޫ ލިބޭ-02 އިން ވިއްކަމުން އަންނަ ތާޒާ މޭވާގެ އަގު ވަރަށް ބޮޑަށް ހެޔޮ ވެއްޖެއެވެ.

ލިބޭގެ ފިހާރައިގެ އޮފިޝަލަކު ބުނީ ފިހާރައިން ވިއްކަމުން އަންނަ މޭވާގެ އަގު ހެޔޮ ކޮށްފައިވަނީ ރައްޔިތުންނަށް އަށް ފޯރާފަށެއްގައި މޭވާ ލިބޭނެ ގޮތެއް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ލިބޭއިން އަގު ހެޔޮކޮށް ވިއްކަން ފަށާފައިވާ މޭވާގެ ތެރޭގައި ރޯ ރަތް ކަދުރު، ރަމްބޫތާން، ގްރޭޕްސް، މެންގޯސްޓީން، ޗެރީ އާއި އެހެނިހެން މޭވާ ހިމެނެއެވެ.

ލިބޭ" އިން ވިއްކާ މޭވާގެ ބައެއް ތަފްސީލް "ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް އިން ފެނިގެންދާނެއެވެ.

މޭވާގެ އިތުރުން ވެސް ތަރުކާރީއާއި އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަފާތު އެކި ބާވަތްތަކުގެ ތަކެތި ވެސް އެފިހާރައިން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ފިހާރައިން ވަނީ ބުނެފައެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.