ރާއްޖޭގެ ޓެކްސީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އުފެއްދި "ނަލަ ޓެކްސީ"ގެ ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ހުކުރު ދުވަހު ދަތުރު ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގައި ޓެކްސީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން އުފެއްދި "ނަލަ ޓެކްސީ"އަކީ މާލޭގައި ހާއްސަ ސެންޓަރެއްވެސް ހިންގަމުން އަންނަ ބައެކެވެ. އެ ކުންފުނިން މިހާރު މާލެ ސަަރަހައްދުގައި ޓެކްސީ ނިޒާމަށް ހާއްްސަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިހާރުވެސް 1،000 އަށްވުރެ ގިނަ ޑްރައިވަރުން މި އެޕްލިކޭޝަން ބޭނުން ކުރަމުންދެއެވެ. އަދި ދެ މަސް ދުވަހުގެ ތެރޭގައި 5،000 އަށްވުރެ ގިނަ ކަސްޓަމަރުން މި އެޕްލިކޭޝަން ބޭނުން ކުރަމުންދެއެވެ.

ނަލަ ޓެކްސީގެ އޮފިޝަލަކު ވިދާޅުވީ، މި ހުކުރު ދުވަހު (22 ޖުލައި 2022)ގައި ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން، އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ނަގާ ކޮންމެ 10 ވަނަ ދަތުރަކަށް އެ ދުވަހު ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

ނަލަ ޓެކްސީ އެޕްލިކޭޝަނަށް މިހާރު ދެ މަސް ވެފައިވާއިރު، ގިނަބައެއްގެ ތަރުހީބު މި އެޕްލިކޭޝަނަށް ލިބެމުން ދަނީ ތަފާތުވަމުންނެވެ.

އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުން ތިބި ވަރާއި ލަގޭޖް ހުރި ވަރުވެސް ޖަހާލެވޭނެއެވެ. އަދި ބޭނުންވާ ދުވަހަކަށް ބޭނުންވާ ގަޑިއަކަށް ބުކިންގވެސް ހަދާލެވޭނެއެވެ. އަދި ދަތުރުގެ މައުލޫމާތު އެހެން ފަރާތަކާއި ހިއްސާކޮށްލުމުގެ ފުރުސަތުވެސް ލިބެއެވެ.

އޭގެ އިތުރުން ޑްރައިވަރާއި ޗެޓް މެދުވެރިކޮށް ވާހަކަދެއްކޭއިރު، ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ އެމާޖެންސީ ނަމްބަރަށް އެލަޓް ފޮނުވޭނެއެވެ.

ނަަލަ ޓެކްސީ އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް މި ލިންކަށް ފިއްތާލަށެވެ.