ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ދޭނެ މަޝްރޫއުތައް ހޮވައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކޮމިއުނިޓީ ފަންޑުގެ އެހީއަށް ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް މިހާރު ހޮވާފައިވާ ކަމަށެވެ.

ބީއެމްއެލްއިން ހޮވި ފަސް ޕްރޮޖެކްޓަކީ:

  • މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – އއ. ހިމަންދޫ.
  • ސްކޫލުގައި އާރްއޯ މެޝިން، ފެން ޑިސްޕެންސާ ބެހެއްޓުން – އއ. ބޮޑުފޮޅުދޫ.
  • މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – ހދ. ނޭކުރެންދޫ.
  • ޕްރީ ސްކޫލު ޕާކު ތަރައްގީ ކުރުން – އދ. ފެންފުށި.
  • މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރުން – ދ. ހުޅުދެލި.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން ފައިސާގެ އެހީ ފޯރުކޮށްދިނެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓް އަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު