ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފް ކުރި "ސްމޯލް ގްރާންޓްސް" ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ބޭންކުން ހުޅުވާލައިފިއެވެ.

"ސްމޯލް ގްރާންޓްސް" ފަންޑުގެ ދަށުން އެހީދިނުމަށް ހަމަޖެހިފައިވަނީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތަކަށެވެ.

ބީއެމްއެލް އިން ބުނީ، އެ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ފަންޑަށް އެދި 15 ސެޕްޓެމްބަރ 2022 ގެ ކުރިން އީމެއިލް ކުރެވޭނެއެވެ. ސްމޯލް ގްރާންޓަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށެވެ.

މި ފަންޑާއި ގުޅޭ އިތުރު މައުލޫމާތު މި ލިންކް އިން ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު