މި އަހަރުގެ ޖުލައި މަސް ތެރޭގައި ދުނިޔޭގެ ބާޒާރަށް ނެރުނު ނަތިން ފޯނާއި، ނަތިން އިއާ އިއާބަޑްސް އެލް މޯބައިލް އިން ވިއްކަން ފަށައިފިއެވެ.

ނަތިން ކުންފުނީގެ މި ފޯނަކީ، އެ ކުންފުނިން ނެރުނު ފުރަތަމަ ސްމާޓް ފޯނުވެސް މެއެވެ. މިއީ ފޯން (1) އެވެ. މި ފޯން ބަލާބެލުމަށް އެހެން ފޯންތަކާއި ވަރަށް ތަފާތެވެ. އެގޮތުން ފޯނުގެ ފަހަތުގައި ވަނީ ޓްރާންސްޕޭރެންޓް ބިއްލޫރިގަނޑެކެވެ. އޭގައި ހުދު އެލްއީޑީ ސްޓްރިޕްތަކެއް ހަރުކޮށްފައި ވެއެވެ.

އެ ލައިޓް ޕެޓަރންތަކުން ފޯނެއް އަންނަ ކަން ފަހަތު ލައިޓް މެދުވެރިކޮށް އެނގޭނެއެވެ. ނޮޓިފިކޭޝަންތައް އަންނަކަންވެސް އެ ލައިޓްތަކުން އެނގެއެވެ. އަދި އެ ލައިޓް މެދުވެރިކޮށް ފޯނު ޗާޖް ސްޓޭޓަސްވެސް އެނގެއެވެ.

މި ފޯންގައި ކޮންެމެވެސް ވަރަކަށް އައިފޯނާއި ވައްތަރު ގޮތެއް ހުރެއެވެ. އެއީ ކެމެރާ ހުންނަ ގޮތުންނާއިވެސް އެކުއެވެ.

އެންޑްރޮއިޑް މި ފޯނަކީ ގޮރިއްލާ ގްލާސް ޑިޒައިނެއް ފަހަތުގައިވެސް އިންނަ ފޯނެކެވެ. އަދި ފިލްފް އިންޓާފޭސް އެއް އިންނަ މި ފޯންގައި ޑުއަލް 50 އެމްޕީ ކެމެރާއެއް އިންނައިރު، މި ފޯންގައި އިންނަނީ 120އެޗްއެޒް ޑިސްޕްލޭއެކެވެ. އަދި މިއީ ސްނެޕްޑްރެގަން ޓީއެމް 778ޖީ ޕްރޮސެއާއެއް އިންނަ ފޯނެކެވެ.

އޯއެލްއީޑީ ޑިސްޕްލޭއެއް އިންނަ މި ފޯނުން 4ކޭ ކޮލެޓީގައި ވީޑިއޯ ނެގޭނެއެވެ.

ރާއްޖޭގެ ބާޒާރަށްވެސް މުޅިން އަލަށް ނުކުތް މި ފޯންގެ 256/8 ޖީބީ ފޯން 256/12 ޖީބީ ފޯން އެލް މޯބައިލްގެ ފިހާރަތަކުން ލިބޭނެއެވެ.

ނަތިން އިއާ (1) ގެ ފީޗާސްތަކަށް ބަލާއިރު، މިއީ އެކްޓިވް ނޮއިސް ކެންސެލޭޝަން، ޓްރާންސްޕޭރެންސީ މޯޑްގެ އިތުރުން، 34 ގަޑިއިރުގެ ބެޓެރި ލައިފެއް އިންނަ އިއާ ބަޑެކެވެ. އަދި މިއީ ޒަމާނަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ އިއާބަޑްސްއެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އެލް މޯބައިލްއަކީ ފަހުގެ ފޯންތައް ދިވެހިންނާއި ހަމައަށް ގެނެސް ދިނުމުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.