އައްޑޫސިޓީ ހިތަދޫގައި ހުންނަ ލިބޭ ސުޕަމާޓުން ގިތެޔޮ މިރުސް ކިލޯއެއް 100 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.

"ވަގުތަށް" މައުލޫމާތު ދެމުން "ލިބޭ"ގެ އޮފިޝަލަކު ވިދާޅުވީ، އާންމު ދިރިއުޅުމުގައި ދިވެހިން ބޭނުން ކުރާ ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ މިހާރު ހެޔޮ އަގުގައި ލިބޭއިން ވިއްކަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ގިތެޔޮ މިރުސް ގަންނަން ބޭނުންވާ ފަރާތްތަކަށް ތިން ކިލޯއަށްވުރެ ގިނައިން ނަގާނަމަ، ކިލޯއެއް 100 ރުފިޔާގެ ރޭޓުން ލިބޭނެ ކަމަށާއި ވަކިން ކިލޯ ގަންނަ ފަރާތްތަކަށް 120 ރުފިޔާގެ ރޭޓުން ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގިތެޔޮ މިރުހުގެ އިތުރުން ލިބޭއިން ވިއްކާ ތަރުކާރީގެ ބާވަތްތަކަށް ބަލާއިރު، ކެޕްސިކަމް، ލީކްސް، ބީންސް، ކިއުކަމްބާ ފަދަ ތަކެތި ހިމެނެއެވެ. އަދި މޭވާއަށް ބަލާއިރު، އޮރެންޖް، އާފަލު، ޕެއާސް، އެކި ވައްތަރުގެ ގްރޭޕްސް، ފޭރު، އެވަކާޑޯ، ރޯ ކަދުރު، ކުންނާރު، އަންނާރު، މެންޑަރިން އޮރެންޖް، ލޮންގަން އަދި ރަންބުސްތާން ފަދަ ތަފާތު އާންމުންނަށް ކަމުދާ އެތައް ވައްތަރެއްގެ މޭވާ ލިބޭއިން އަންނަނީ ވިއްކަމުންނެވެ.

ލިބޭ އިން ވިއްކާ މޭވާގެ ބާވަތްތައް

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ "ލިބޭ-02" އަކީ ތާޒާ މޭވާ އާއި ތަރުކާރީގެ އިތުރުން ވެސް ކާބޯތަކެތީގެ އެކި ބާވަތްތަކާއި، ގޭތެރެއަށް ބޭނުންވާ ބައެއް ޢާންމު ސާމާނާއި ކުޑަކުދިންގެ ކުޅޭ ތަކެއްޗާއި އެނޫން ވެސް އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި އައްޑޫ ސިޓީ އެއްތަނަކުން އެންމެ ހެޔޮއަގުގައި ލިބެންހުރި އެއް ސުޕަމާޓެވެ.

އެ ސުޕަމާޓުން އަންނަނީ ލުއިފަސޭހަކަމާއެކު ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހިތަދޫގައި ޑެލިވަރީގެ ޚިދުމަތް ވެސް ދެމުންނެވެ.

އައްޑޫގެ އެހެން ފިހަރާތަކެކޭ އެއްގޮތަށް ގިނަ ތަކެތި ލިބޭއިން ވިއްކާއިރު، ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެހެން ފިހާރަތަކަށްވުރެ ހެޔޮ އަގުގައި ލިބޭއިން ތަކެތި ވިއްކާ ކަމެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.