ހިޓާޗީގެ ހޯމް އެޕްލައަންސް ރާއްޖޭގައި ވިއްކަމުން އަންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ބުރާސްފަތި ދުވަހު ބާޒާރަށް ތައާރަފްކުރި އެއް އުފެއްދުމަކީ ހިޓާޗީގެ ލުއި ވެކިއުމް ކްލީނަރެކެވެ.

އާއްމުންގެ މެދުގައި މަގުބޫލު އަދި އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއަށް އަލަށް ގެނެެވުނު މި އުފެއްދުމަކީ މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކުޑަކުޑަ ޖާގައެއްގައި ގެންގުޅެލެވޭނެ އެއްޗެކެވެ.

އާއްމުކޮށް ގެންގުޅޭ ފިހިގަނޑާއި މޮޕަކަށްވުރެ މާ ބޮޑުތަން ސައިޒުން ބޮޑު ނޫން މި ވެކިއުމް ކްލީނަރގެ ބޭނުންތެރިކަން ބޮޑެވެ.

"ފުލް ޗާޖް ކޮށްލައިގެން ލައިކް 45 މިނިޓްސް ބޭނުން ކުރެވޭނެ. އެހެންވީމަ މިސާލަށް 3 ރޫމްސް އެޕާޓްމަންޓަކުން އާއްމުކޮށް ހުންނަ ވަރަށް ބަލާއިރު ޑަސްޓް ކްލީން ކޮށްލެވޭނެ" އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް ރެޕްރެޒެންޓޭޓިވް މަރިޔަމް މަންހާ އަބްދުލް ވާހިދު ވިދާޅުވިއެވެ.

ވެކިއުމްގައި ހަރުކުރެވިފައިވާ ފެހިކުލައިގެ ލެޑް ލައިޓުގެ އެހީގައި ހިރަފުސް ހުރި މިންވަރު ދެނެގަނެވެއެވެ. މީގެ އިތުރުން އެނދާއި، ސޯފާއާއި އެހެނިހެން ދަތި ތަންތަނުން ހިރަފުސް ދަމާލުމަށްޓަކައި ޚާއްސަަ އިތުރު ނޮޒްލްތައް މި ވެކިއުމްގައިވެއެވެ.

އެސްޓީއޯއިން މިހާރު ފަށާފައިވާ މަގޭ ހިޔާގެ ދަށުންވެސް ލިބޭ މި އުފެއްދުމާއެކު ހިޓާޗީ ދޮންނަމެޝިނުގެ އާ މޮޑެލްއެއްވެސް ވަނީ ބުރާސްފަތި ދުވަހު ތައާރަފްކޮށްފައެވެ.

މެޝިނުން ނަގާގޮތަށް އަލަމާރިއަށް ލެވޭވަރަށް ހިއްކާލެވޭ މި މެޝިނަކީ އެކިއެކި އެލަރޖީތައް ހުންނަ ފަރާތްތަކަށްވެސް ޚާއްސަ މެޝިނެކެވެ. ހޫނުމިން ސެޓްކޮށްލައިގެން ދޮވެލުމުން ބެކްޓީރިއާ ފިލައި އާއްމުކޮށް ދޮވެފައި ހުންނަ އަންނައުނަށްވުރެ އެތައްގުނައެއް ހައިޖީނިކަލީ އިތުރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެ

    "ފުލް ޗާޖް ކޮށްލައިގެން ލައިކް 45 މިނިޓްސް ބޭނުން ކުރެވޭނެ. އެހެންވީމަ މިސާލަށް 3 ރޫމްސް އެޕާޓްމަންޓަކުން އާއްމުކޮށް ހުންނަ ވަރަށް ބަލާއިރު ޑަސްޓް ކްލީން ކޮށްލެވޭނެ" ކޮން ބަހަކުން މި ވާހަކަ ދައްކަނީ؟