އެސްޓީއޯ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ސޭލް އަކާއި، އެސްޓީއޯ އާއި ގުޅުން ހުރި ސުވާލުތަކަކަށް ޖަވާބު ދީގެން އިނާމު ލިބޭ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ އެސްޓީއޯގެ އަހަރީ ދުވަހާއި ގުޅިގެން އެއްދުވަހުގެ ސޭލްއެއް މާދަމާ ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ސޭލް ކުރިޔަށް ގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން، އަދި ރީޖަނަލް ފިހާރަތަކުގައެވެ.

އެއްދުވަހުގެ ސޭލްގައި ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާއިރު ގުރުއަތުން ހޮވޭ 58 ބޭފުޅަކަށް ގިފްޓް ހެމްޕަރއެއް ލިބިވަޑައިގަންނަވާނެއެވެ. އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ އެއްދުވަހުގެ ސޭލްއަށްވެސް ކަސްޓަމަރުންގެފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިފައި ކަމަށް އެކުންފުނިން ބުނެއެވެ.

ދެން އެސްޓީއޯ އިން ކުރިއަށް ގެންދަނީ "އެސްޓީއޯ އަށުވަންނަ" ނަމަކަށް ކިޔާ ހަރަކާތެކެވެ. "އެސްޓީއޯ އަށުވަންނަ" އަކީ އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގޭ ހާއްސަ ސޯޝަލް މީޑިޔާ ކެމްޕެއިންއެކެވެ. މިކެމްޕެއިން ކުރިއަށްދާނީ މާދަމާ އިން ފެށިގެން އިންސްޓަގްރާމް މެދުވެރިކޮށް 5 ދުވަހުގެ މުއްދަތަކަށެވެ.

މި ކެމްޕެއިން ކުރިއަށް ގެންދާނީ އެސްޓީއޯއާއި 'ސޯސަލް' ގުޅިގެންނެވެ. މި ކެމްޕެއިންގައި އެސްޓީއޯއާއި ބެހޭގޮތުން ޖުމްލަ 5 ސުވާލެއް އެހިގެންދާނެއެވެ. އެއީ ކޮންމެ ދުވަހަކު އެއް ސުވާލެވެ. މި 5 ސުވާލަށް ރަނގަޅު ޖަވާބުދެއްވާ 58 ފަރާތަކަށް އެސްޓީއޯގެ ފަރާތުން ގިފްޓު ހެމްޕާއެއް ލިބިގެންދާނެއެވެ.

މި ކެމްޕެއިންގައި ބައިވެރިވެލެއްމުމަށް އެސްޓީއޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރެއްވުމަށްފަހު ކޮންމެ ދުވަހަކުވެސް ކުރެވޭ ސުވާލުގެ ޖަވާބު، ޕޯސްޓަށް ކޮމެންޓް ކުރައްވާނީއެވެ. އަދި އޭގައި ތިން ރައްޓެގިން ޓެގް ކުރަން ވާނެއެވެ.

އެސްޓީއޯއިން ބުނީ 5 ސުވާލަށްފަހު ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދެއްވި ފަރާތްތަކުގެ ތެރެއިން 58 ލަކީ ވިނާސް ހޮވިގެންދާނެ ކަމަށެވެ.

އެސްޓީއޯ އަކީ 1964 ވަނަ އަހަރު އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ) ނަމުގައި އުފެއްދި ކުންފުންޏެކެވެ. އެކުންފުނީގެ ނަން އެސްޓީއޯ އަށް ބަދަލު ކުރީ 1979 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު