"ހުސްވީމަ ހުސްވީގެ" ނަމުގައި އެސްޓީއޯގެ ހުޅުމާލެ ފިހާރައިގައި ސޭލެއް ފަށައި އެވެ.

އެސްޓީއޯއިން ބުނީ މި ކްލިރިއަންސް ސޭލް ކުރިއަށްދާނީ މި މަހުގެ 21 އިން 24 އަށް ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރައިގައި ކަމަށެވެ.

އެސްޓީއޯ ހުޅުމާލެ ފިހާރަ - ފޮޓޯ: އަބްދުﷲ ހަންނާން ވަހީދު

މި ސޭލް ބާއްވަނީ ހުޅުމާލޭގެ އެސްޓީއޯ ފިހާރަ ހުސްކުރުމަށެވެ. އަދި އެތަނުން ގަންނަ ކޮންމެ އެއްޗަކުން 50 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން ހުޅުމާލެ ފިހާރައިގައި ސޭލް އަޅުވާފައި ވަނީ އަހަރު ނިންމާ ސޭލްއެއްގެ ގޮތުގައެވެ. އަދި އެ ފިހާރަ ބަންދު ކުރަނީ މިވަގުތު ކޮންސެޕްޓްޓަށް ކުޑަ ބަދަލެއް ގެނައުމަށް ރިނޮވޭޝަނަށް ވަގުތީ ގޮތުން ކަމަށް އެސްޓީއޯއީން މައުލޫމާތު ދެއެވެ.

އެ ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށެވެ. ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު