މެލެޝިއާގެ ރެސްޓޯރެންޓެއްގައި އިންދާ މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ނަސީމުއަށް ފެންނަނީ ވެއިޓަރެއްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ރޮބޮޓެކެވެ. އޭނާ ދެން ބޭނުންވީ ރޮބޮޓް ބޭނުންކޮށްގެން ރާއްޖޭގައި މިފަދަ ގޮތަކަށް ހިދުމަތް ދެވިދާނެތޯ ބެލުމަށެވެ. އެ މަސައްކަތައިގެން އޭނާ ކުރިއަށް ޖެހިލިއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ގޮސް މިހާރު އެކަން ހަގީގަތަކަށް ހަދައިފިއެވެ. ޒިއޯން މޯބައިލްސް އާއި ހުޅުމާލޭގައި ހިންގާ އޯޝަން ބަބްލްސް ކެފޭގެ ހިންގަމުން އަންނަ ރަފީއުއްދީން މާލޭގެ މަޖީދީ މަގު (ހެންވޭރުކޮޅު ކުރީގެ އުރީދޫ) ހިންގި އިމާރާތުގެ އެންމެ ތިރީ ފަންގިފިލާފައި މިރޭ ހުޅުވާ ކެފޭގައި ވެއިޓަރެއްގެ ގޮތުގައި ހިދުމަތް ދިނުމަށް އެ ހުރީ ރޮބޮޓެކެވެ.

މި ކެފޭގެ އެތެރެއަށް ވަދެގެން ދާއިރު، ކަނާތް ފަޅިން ފެންނަނީ މޭޒު ޖަހާފައި ހުންނަ ތަނެވެ. ދެ މޭޒެއް މަގު ފެންނަ ގޮތަށް ޖަހާފައިވާއިރު، ލެޕްޓޮޕް ހިފައިގެން ގޮސް އެތަނުގައި އިިށީނދެލޭވެނެއެވެ. އެތެރެއަށް ޖެހިލާއިރު، އާއިލާ ނޫނީ ރައްޓެހިންނަށް އެއްފަހަރާ ތިބެވޭނެ މޭޒެއް ގާއިމްކޮށްފައިވާއިރު، ޓޭކްއަވޭ ނަގައިގެން ތިބޭ މީހުންނަށް އިށީނދެލޭވެނެ ގޮތަށް ދެ ގޮނޑި ޖަހާފައި ވެއެވެ. އަދި ވާތް ފަޅީގައި އެ ހުރީ އޯޕެން އެއާ ބޭނުންވާ ފަރާތްތަކަށް ގޮނޑިއާއި މޭޒު ޖަހާފައި ވަކިން ހަދާފައިވާ ތަނެކެވެ. އިތުރަށް އެތެރެއަށް ޖެހިލާއިރު، ފަސޭހައިން ތިބެވޭ ގޮތަށް ސޯފާ ޖަހާފައިވާ މޭޒުވެސް ހުންނާނެއެވެ. އަދި އެތަނުގައި ފޮތް ކިޔަން ބޭނުންވާ ފަރާތްތަކަށް ފޮތްތައް ކިޔެވޭނެ ގޮތަށް ފޮތް ހަރެއް ބަހައްޓާފައިވާއިރު، ތުއްތު ކުދިންނަށް ކުޅެވޭނެ ގޮތަށް މޭޒެއް ބަހައްޓާފައި ވެއެވެ. އަދި ޓީވީ ބަހައްޓާފައި ވަނީ ޒުވާނުންގެ ޝައުގުވެރިކަން އިތުރަށް ދަމައިގަންނަން ކަން ޔަގީނެވެ.

ރޮބޮޓެއްގެ ހިދުމަތް ލިބޭ ކެފޭ, މި ކެފޭ ހުންނާނީ މަޖީދީ މަގުގައި

އެތަނުގައި އިށީނދެލުމުން، ހިދުމަތް ދިނުމަށް އައީ ރޮބޮޓެކެވެ. އެތަން އަދި ނުޙުޅުވި ނަމަވެސް، ރަފީއުއްދީން އަހަރެންގެ ގާތަށް އެ ރޮބޮޓް ފޮނުވީ ކޮފީއެއް ހިފައިގެންނެވެ. އެ ރޮބޮޓް އަހަރެންނާއި ހަމައަށް އައިސް، ކޮފީ ތަށި ނެގުމަށް އެދެއެވެ. އަދި ކޮށީ ތަށި ނަގާފައި އޯކޭއަށް ފިއްތާލުމުން ޝުކުރު އަދާ ކުރުމަށްފަހު، ދެވަނަ ޓޭބަލަށް ހިދުމަތް ދިނުމަށް އެ ރޮބޮޓް ދެއެވެ. އެ ރޮބޮޓުން އެއްފަހަރާ ތިން މޭޒަށް ހިދުމަތް ދެވޭ ގޮތަށް އޮޕަރޭޓް ކުރުވައެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ކެފޭ އާ ގުޅޭގޮތުން މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

"މިސާލަކަށް މިއަށް އެކިއެކި ޑްރިންކްސް ލާފައި، މީގެ ކައިރީގައި ބުނަންވީ މި ޓޭބަލްއަށް މިޔޭ، އެ ޓޭބަލްއަށް މިޔޭ، މީތި ގޮސްފައި އެ ތިން ޓޭބަލަށް ސާވްކޮށްފައި ޝުކުރު އަދާކޮށްފައި، އެނބުރި ހުސްކޮށްގެން އަންނާނެ އަޅުގަނޑުމެންނާއި ހަަމައަށް، އަނެއްކާވެސް ލޯޑްކޮށްފައި ފޮނުވަންވީ" ރަފީއުއްދީން ވިދާޅުވިއެވެ.

އެތަނުގައި އިން ވަގުތުކޮޅުގައި ފަހުން ލިބުނީ ކެމޮމައިލް ޓީއެކެވެ. ތަފާތު ރަހައެއްގެ މި ސައިން އިތުރަށް ލިބުނީ ތާޒާ ކަމެކެެވެ. އަދި ބަބްލް ޓީއެއްވެސް ބޯލެވިއްޖެއެވެ. މިވަރުގެ ކަމެއް ނުދެކެވެ.

ރޮބޮޓެއްގެ ހިދުމަތް ލިބޭ ކެފޭ,އިން ތަފާތު ވައްތަރުގެ ޓީ ލިބޭނެ - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އަހަރެންނަށް މި ފުޑް ރޮބޮޓް ވެގެން ދިޔައީ ވަރަށް ޝައުގުވެރިކުރުވަނިވި ކަމަކަށެވެ. އެއީ ރާއްޖޭގައި ރޮބޮޓެއް ރެސްޓޯރެންޓަކަށް ހިދުމަތަށް ނެެރެފައި ނުވުމުންނެވެ.

ރަފީއުއްދީންއަކީ ރާއްޖެއަށް މީގެ ކުރިން އެތައް ހިދުމަތެއް ތައާރަަފް ކުރެއްވި ބޭފުޅެކެވެ. އެކަން ގިނަބަޔަކަށް އެނގޭނެއެވެ. އޭނާއަކީ ސައިރިކްސްގެ ބާނީއެވެ. އަދި ވިންޑޯސް ރާއްޖެއަށް ގެނެސްދެއްވި ބޭފުޅާއަކީ މިއީއެވެ. އަދި ކޮމްޕިޓަރު އުގަންނައިދިނުމުގެ ހިދުމަތް ރާއްޖޭގެ އުތުރާއި ދެކުނަށް ފޯރުކޮށްދިނުމުގައި އޭނާ އިސް ދައުރެއް އަދާ ކުރެއްވިއެވެ. އަދި ކޮމްޕިޔުޓަރު ދިވެހިންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ.

ރަފީއުއްދީން އާއެކު އިށީނދެލުމުން އޭނާގެ މި ކެފޭ އިން ދޭން ބޭނުންވާ ހިދުމަތްތައް ކިޔާދެއްވަން ފެއްޓެވިއެވެ. އޭނާ ރާއްޖެއިން ބަބްލް ޓީގެ އަސްލު ރަހަ މި ގެނެސްދެނީ، ބަބްލް ޓީ އުފައްދާ އަސްލު ކުންފުނި މެދުވެރިކޮށެވެ. އެހެންކަމުން އޭގެ އަސްލު ރަހަ ރާއްޖެއިން ލިބޭ ގޮތް ހައްދަވާ، އެތައް ބައެއްގެ ލޮލަށް ނިދި ނާންނަ ވަރު ކުރުވިއެވެ. އޭނާ ހުޅުމާލޭގައި ހިންގަވާ އޯޝަން ބަބްލްސް ކެފޭއަކީ ހަފްތާ ބަންދުގައި އެންމެ ހިނގާ އެެއް ތަނެވެ. ހަވީރު ގަޑީގައި އެތަން ގިނައިން އޮންނަނީ ފުރިފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަސްލު ރަހައިގެ ބަބްލް ޓީ ލިބެނީ އެތަނުންނެވެ.

މިފަހަރު އޭނާ މާލޭގައި އެފަދަ ތަނެއް މި ހުޅުވަނީވެސް އެއްފަހަރާ ގިނަބަޔަކަށް ހިދުމަތް ދޭށެވެ. އަދި ރޮބޮޓް ވެއިޓަރާއެކު، ހިދުމަތް އިތުރަށް އޭނާ ފުޅާ ކުރެއްވީ މަޝްހޫރު ފްރެންޗައިސް ބްރޭންޑްގެ ޕްރޮޑަކްޓްތައް އެތަނަށް ގެނެސްގެންނެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން

އެ ކެފޭއިން ބަބްލް ޓީގެ އެތައް ވައްތަރެއް ލިބެއެވެ. އެއަށް ކަސްޓަމަރުން ބޭނުންވާ ފްލޭވާއެއް ޓީ ބްރޫ ކުރުމަށްފަހު، ބޭނުންވާ ފްލޭވާއެއްގެ ޖޫހެއް އެއް ކުރުމަށްފަހު ވީހާވެސް ފްރެޝްކޮށް ކަސްޓަމަރާއި ހަމައަށް ގެނެސްދޭނެއެވެ. ކޮންސެންޓްރޭޓެޑް ޖޫސްގެ ގޮތުގައި 20 އާއި 30 ދެމެދުގެ އަދަދަކަށް ފްލޭވާތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ލައިޗީ، މެންގޯ، ފެޝަން ފްރުޓް ހިމެނެއެވެ.

"އެއީ އިއްޔެ ކައްކާ އެއްޗެއްސެއްވެސް ނޫން، ހެނދުނު ކައްކާ އެއްޗެއްވެސް ނޫން، ހަމަ ވަރަށް ފްރެޝްކޮށް، ޑްރިންކެއް ދެވޭ ގޮތަށް މި ހަދަނީ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، މީގެ އަސްލު ރަހަ ނެރުމަށް ސައި ކެއްކުމުގައި އާއި ޓީ ބްރޫ ކުރުމުގައިވެސް ވަކި ޑެންސިޓީއެއް ގެންގުޅެން ޖެހެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީން ކެފޭގައި - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

"މިސާލަކަށް އެކިއެކި ޓީތައް އެކިއެކި ޓެމްޕަރޭޗަރގައި އެކިއެކި ޑިއުރޭޝަންތަކުގައި ކައްކަނީވެސް، އަނެއްކާ ވޯޓާ ޑެންސިޓީވެސް ވަކި ލެވެލްއެއްގައި ހުންނަން ޖެހޭނީވެސް، ދެން ހަކުރުގެ ބަދަލުގައި މި ބޭނުން ކުރަނީ ފްރެކްޓޯސް، ދެން އެއަށް މިއަޅަނީ ބޮބާ، މިއީ ވަރަށް ޑެލިކޭޓް އެއްޗެއް، އަނގަޔަށް ފަޅަފަޅައިގެން ދާނީ، އޭގެވެސް އެކި އެކި ރަހަ ހުންނާނެ، މީތި ބޯލީމާ އެ ބޯ މީހާއަށް ވަރަށް ތަފާތު ރަހަތަކެއް އިހުސާސް ވާނެ" އޭނާ ވިދާޅުވިއެވެ.

މިއީ ސިއްހަތަށް ފައިދާ ހުރި ބުއިމެކޭ ބުނުމުން ގޯހަކަށް ނުވާނެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ރަފީއުއްދީންގެ އާ ކެފޭ

އޭގެ އިތުރުން، މި ކެފޭ އިން އެންމެ މީރު ޖެލާޓޯގެ ތަފާތު އެކިއެކި ފެލާވަތައް ލިބޭނެއެވެ. އޭގެ އިތުރުން، ރެއްލާ ކޭކް އާއި ޑޯނަޓް، ސޭންޑްވިޗް ފަދަ ސްނެކްސްގެ އެކި ބާވަތްތައް މި ތަނުން ލިބެން ހުންނާނެއެވެ.

އަދި އޭގެ އިތުރުން، އެތައް ފްލޭވާއެއްްގެ މީރު އައިސްޑް ޓީގެ އެކި ވައްތަރުތަކާއި، ހޫނު ޓީގެ އެކި ވައްތަރުތަކާއި ފެންވަރު ރަނގަޅު މީރު ކޮފީ މިތަނުން ލިބޭނެއެވެ. ހާއްސަކޮށް މިތަނުގެ ޓީތައް ތަފާތެވެ. މިއީ ޕްރިމިއަމް ޓީއެކެވެ. ޕިރަމިޑް ބްރޭންޑްގެ މި ޓީއަކީ ސިންގަޕޫރްގެ އުފެއްދުމެކެވެ. އެ ކުންފުނިން އަންނަނީ އަމިއްލަ ފާމްސް އާއި ފްކެޓްރީ ހިންގަމުންނެވެ. މި ޓީއަކީ މިރަހައިގެ ގޮތުންވެސް، އަދި ޓީ ބޭގްގެ ގޮތުންވެސް ތަފާތު ޓީއަަކަށް ވާއިރު، ހިދުމަތް ދޭ ގޮތްވެސް ތަފާތު ވާނެއެވެ. މި ވައްތަރު ޓީގެ 11 ވައްތަރެއް މިތަނުން ލިބޭނެއެވެ.

އޯޝަން ބަބްލްސް ކެފޭ ހުޅުވާނީ މިރޭ، މިތަނުގައި ފޮތް ބަހައްޓާފައިވާ ހަރުވެސް ހުރޭ

ރަފީއުއްދީން ވިދާޅުވީ، ކޯލްޑް ބްރޫ ޓީވެސް މި ތަން ހުޅުވުމަށްފަހު، ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުުރުން މިތަނުން ކޮފީވެސް ހާއްސަވެފައި މީރެވެ.

އޯޝަން ބަބްލްސްގެ ޖެނެރަލް މެނޭޖަރ އަހްމަދު އަޚްތަރް ވިދާޅުވިގޮތުގައި، އެތަނުން ސާވް ކުރަނީ ހައިގްރޭޑް ކޮފީއެވެ.

"މިތަނުން ސާވް ކުރާނީ ހައިގްރޭޑް ފްރެޝްލީ ބްރޫޑް ކޮފީ. މުޅިން ވެސް މިކޮޅުގައި ކޮފީ ތައްޔާރު ތައްޔާރު ކުރުމަށް ބޭނުން ކުރާނީ މީޑިއަމް ރޯސްޓެޑް ކޮފީކަން ފާހަގަކޮށްލަން. ފިލްޓާސްގައި ބޭނުން ކުރަނީ މީޑިއަމް ޓު ލައިޓް ރޯސްޓެޑް ކޮފީ". އޭނާ ވިދާޅުވިއެވެ.

އަކޫ ކޮފީއެއް ތައްޔާރުކޮށްލަނީ

"ޖެނެރަލީ މި ލިބޭ ކޮފީގައި ލަނީ ހިތި ރަހަ، އަސްލު ކޮފީއަކީ ހިތި ރަހަ ލާން ޖެހޭ އެއްެޗެއް ނޫން. ވަރަށް ސްވީޓް ޑްރިންކެއް، ވަރަށް ކޮމްޕެލްކްސް އެސިޑިޓީގެ އެއްޗެއް. ވަރަށް ފްރޫޓީވާނެ މި ކޮފީ. އެކްސްޕެޓް ކުރާނަންތޯ ކޮފީއެއް ބުއީމަ މީގައި ލާނީ ގްރޭޕް ރަހައޭ. އެކަހަލަ ކަމަކޭ މި ކުރަނީ، ހަމަ ވަރަށް ތަފާތު ވާނެ." އޭނާ ވިދާޅުވިއެވެ.

އޯޝަން ބަބްލްސް މާލޭގެ ކެފޭއިން ރަހަމީރު ހައިގްރޭޑެޑް ކޮފީ ލިބޭނެ

މި ތަނުން ސާވް ކުރާނީ 2 ބީން އެސްޕްރެސޯއެކެވެ. މި ކޮފީގެ ޓޭސްޓިންގ ނޯޓްއަކީ ވަރަށް ޗޮކްލެޓީ އަދި ބެރީސް ނޯޓެވެ.

މިރޭ ރަސްމީކޮށް މިތަން ހުޅުވިގެން ދާނީ ފޯރިގަަދަ ބޮޑުބެރުގެ ހަރަކާތްތަކާއިވެސް އެކުގައެވެ. އަދި މިރޭ މިތަން ހުޅުވާ ރަސްމިއްޔާތަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނަ އިނާމަކަށް އައިފޯނެއް، ދެވަނަ އިނާމަކަށް ސަމްސަންގް ގެލެކްސީ ވޮޗެއް އަދި ތިންވަނަ އިނާމަކަށް ސަމްސަންގް ޑްރޯ ޓެބެއް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޅާމް

    ތި ރޮބެޓު ގިނަ ދުވަސް ވަންދެން ސަލާމަތުން ހުރެއްޖެއިޔާ ރަނގަޅު.

    33
    • ޚާރު

      ޒުވާނުން ގެ ވަޒީ ފާ ތި ގެއްލުނީ

      20
  2. ޜޫހުވަނީ ރާއްޖޭގަ

    ޖީއެސްޓީ %8. ވީމާ ދެވޭކަށް ނެތް. ރައްޔިތުން ފެލައިގެން ވެރިން އަޗާ ތަޅަނީ.

    46
    1
  3. ޢަލީ

    މެލޭސިޔާއިން ތިޔާކަހަލަ ރޮބެޓެއް ގެންނަން އެބަޖެހޭ ރާއްޖޭގެރައީސުލް ޖުމުހޫރިއްޔާކަން ކުރަން. މިހާރު ހުންނަނީ ރިއެކްޓު ނުކުރާ މީހެކޯ. ހަނަގައިމުވެސް ރޮބަޓެއް ތިއެކްޓުކުރާނެތާ.

    26
    2
  4. ކަޅުމަންޖެ

    ތި މީކުންގެ ހުޅުމާލެގަ ހުންނަ ބަބްޓީ ވިއްކާތަނުން އިއްޔެ ޓީ އެް ގަންނަން ގޮއްސަ އެންމެ ބަބްލް ޓީ ތައްޓެއްގެ އަގަކީ /-130 އޭ ބުނީމަ މާ އަގުބޮޱު ކަމުން އެނބުރި ގެއަށް އައިސް ކިރު ސައި ތައްޓެއް ބޯލީ ކީއްކުރާނީ އެންމެ ބަބްޓީ ތަށްޓެއްވިއްޔަ/-130 އަށް. ރައްޔަތުން ފެލިއަސް މި ދެން ބޮޱުވަރު މި ލައިގަތް ޖީ އރސްޓީ އަކާހެދި ރައްޔަޔުން މިތިބަ ހަނާއަރަނީ.

    15
  5. ކަންނެތް މީހާ

    ދިވެހި ޒުވާނުން މަސްތުގެ ހާލުގައި ތިބެންޖެހޭ އަދަދު ގިނަވަންޏާ ރާއްޖޭގެ ހުރިހާ ދިމާލަކަށްވެސް ބޭނުންވާނީ ރޮބަޓުން. މަސްތު ނުވާ މީހުންނަށްވެސް ހިއްލާ ލެވެނީ މެންދުރުން އެބުރީމައި. އޮށޯވެގެން އެއްބަޔަކު ތިބެ ގޭކުލިން ލާރިލިބެންޏާ ރޮބަޓު ގެނއނަންވީ

  6. އާމިނަތު1

    ކަމަކު ނުދޭ. ރޮބޮޓް އިންނަނީ އަބަދު ޗާޖަށް ޖަހާފަ.