ގިރާވަރުފަޅު ތަރައްގީ ކުރަން ވިއްކާލީ ހަ ރިސޯޓް ހެދޭވަރުގެ ފަޅެއް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ސައީދު މިރޭ ރައީސް ސޯލިހް ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިޤައުމުގައި ވެރިއަކުނެތަސް މިހާރު ގައުމު މިހިންގާ ގޮތައް ގައުމު ހިންގޭނެ ކަމަށެވެ.
މާލެ ކައިރިން 2000 ގޯތި ކަނޑަން ބިން ހިއްކަންވީމަ. ނ.އަތޮޅުން ހަ ރިސޯޓް ތަރައްޤީ ކުރެވޭވަރުގެ ބޮޑުފަޅެއް އުމުރު ދުވަހަށް ތިވިއްކާލީ." ސައީދު ވިދާޅުވިއެވެ.
ގިރާވަރު ފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދަން ގިރާވަރު ފަޅުގައި "ރެސިޑެންޝަލް ސިޓީއެއް" އެއް ހަދަން ރައީސް ވަނީ ގަރާރެއް ނެރުއްވާ މި މަޝްރޫއު އަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅުއްވާފައެވެ.
މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ނ. އަތޮޅު ފަޅެއް ވިއްކާލައިގެން ގިރާވަރު ފަޅު ތަރައްގީ ކުރަން 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ހޯދާފަ އެވެ. ފައިސާގެ ތެރޭން ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ވަނީ މިހާތަނަށް ލިބިފަ އެވެ.
ގިރާވަރުފަޅު ތަރައްގީ ކުރަން ފައިސާ ހޯދުމަށް ވިއްކާލީ ނ.ދެކެނަންފަރާއި އެރަށާޖެހިގެން އޮތް ފަޅު ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ.
ނ.ދެކެނަންފަރު ކައިރީ އޮންނަ ފަޅަކީ ނ.އަތޮޅުގެ ބޮޑެތި ފަޅުތަކުގެ ތެރެއިން ފަޅެކެވެ. އެއީ ހުޅުމާލެގެ ހިއްކާފައި އޮތް ސަރަހައްދަށްވުރެ ވެސް ބޮޑު ފަޅެކެވެ.
ސައީދު މިރޭ ކުރެއްވި ޓްވީޓްގައި ވަނީ ޖަޒީރާ ލަވަޖެހީމަ ނިމުނީތޯ ވެސް ސުވާލު ކުރައްވާފައެވެ. "އަތޮޅު ކައުންސިލަށް އެނގުމެއްނުވޭ؟ ޖަޒީރާ ލަވަޖެހީމަ ނިމުނީ؟ ވެރިކަން ތާހިރުވާނީތިވަރަށް." ސައީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވަނީ ގިރާވަރުފަޅު ހިއްކައިގެން އެ ތަނުން ގޯތި ދޫކުރަން ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެ ތަނުން މަދުވެގެން 2000 ގޯތި މާލެ ރަށްވެހިންނަށް ދޫކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ތިލަމާލެ ބްރިޖާ އެ ފަޅު ގުޅުވާލާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ބަލަ ސައީދޫ ކަލޭމެން ހިލޭފަޅުރަށްތައް ބަހާލިއިރު ފިނިފެންމަލެއްގެ ގޮތުގަތޯހުރީ.
ގައުމު ބަގުރޫޓުކޮށް،ވިއްކާލާފައި ބަޗަނީ ތޯ؟.ކަލޯމެންގެ ވެންޓީލޭޓަރ ސަރުކާޜު.ގައްދާޜުން
ނ.އަތޮޅު ފަޅުވަމުން އެހެން ބަޔަކަށް މޮޅުތައް
ފަޅެއް ދީފަ ރައްޔަތުންނަށް ތަނެއް އެބަ ހިއްކާތާ، ސައީދުމެންގެ ވެރިކަމުގަ ފަޅު ވިއްކާފަ ލިބުނު ހުރިހާ ފައިސާ އެއް ޖީބަކަށްނު ލީ.
މިގައުމުގެ ހަދާފައޮއްނަ ރިޝްވަތުގާނޫނުހިގާގޮތައްތަވިއްކާލީ
އެގޮތަށް ވެއްޖެއްޔާ ތިގަތް ަަަަަަަަަަަަޔަކުޖެހޭނީރޮމުންފައިބާގެންދާން
އެއީތާއެއިރުކީލަވަޔަކީ ނ ވިއްކާލީއޭ
ތިމަންނަމެންލޯނެއް ުުނަގާަމ ޭޭ
ވައްކަންނުކުރާނަމޭ ގައުމުޖަރީކުރާނަމޭ
ހާދަ ަގ ުންގިނަކޯލިޝަނަކޭމީ
އިމްރާނޫރަގަޅުފެންވަރަށްޖަލުގެވީއައިޕީހަދާ
ކޯލިޝަންކުދިންތިބެން
ނޫނު އަތޮޅުގެ ރައްޔިތުންނަށް ތިތަކުން ގޯތި/ފްލެޓް ލިބެން ޖެހޭނެ އިނގޭތޯ
މިއީ ޕާޓޭ ވައްތަރު ތަރައްޤީ. ބަފާ 1500 ދީފައި ގަނެފަ އިންނަ ބުރުމާ 100 ރުފިޔާ އަށް ވިއްކާ ލާނެ. އެމްޑީޕީ އެމްޑީއެން އަކަށް ނޭނގޭނެ އިގްތިސާދީ އަލިފު ބާވެސް.