ރާއްޖޭގެ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަކޮށް މެރިން އިކުއިޕްމެންޓްސްއިން މިހާރު ވިއްކަމުން އަންނަ އެކައްޗަކީ ދުނިޔޭގެ މަގުބޫލު ސީފްލޯ ބްރޭންޑްގެ ޕްރޮޑަކްޓްތަކެވެ.

އެގޮތުން އެ ބްރޭންޑްގެ ވޯޓާ ސްޕޯޓްސް ޕްރޮޑަކްޓްތަކާ ޖެނެރަލް އެހެނިހެން ސާމާނު މެރިން އިކުއިޕްމެންޓްސްއިން ލިބެން ހުންނާނެއެވެ.

ކަނޑުއުޅަނދު ފަހަރުތަކަށް ހާއްސަ މަޝްހޫރު އެތައް ބްރޭންޑެއްގެ ސާމާނު ވިއްކަމުން އަންނަ މެރިން އިކުއިޕްމެންޓްސްއިން ވިއްކާ ސީފްލޯ ބްރޭންޑަކީ 2004 ގައި ގާއިމް ކުރި ބްރޭންޑެކެވެ. ފާއިތުވެދިޔަ 14 އަހަރުގައި މި ކުންފުނި ހާއްސަވެފައި ވަނީ ކަނޑުއުޅަނދު ފަހަރާއި، ސިނާއީ މަސައްކަތާއި ދަނޑުވެރިކަމާއި ވޯޓާ ސްޕޯޓްސްގައި ބޭނުން ކުރާ ސާމާނު ރީސާޗް ކުރުމާއި، ޑިޒައިން ކުރުމާއި، އުފެއްދުން ފަދަ ކަންކަމަށެވެ.

ޖުމްލަ 30،000 އަކަމީޓަރުގެ ސީފްލޯގެ ދެ ކާރުޚާނާއެއް ހިންގަމުން ދެއެވެ. މި ދެ ކާރުޙާނާވެސް ހިންގަމުން ދަަނީ ޗައިނާގައެވެ.

މި ބްރޭންޑްގެ ޕްރޮޑަކްޓްތައް ދުނިޔޭގައި ވަރަށް ބޮޑަށް ހިނގައެވެ. މިއާއެކު މި ބްރޭންޑްގެ ޕްރޮަކްޓްތައް ރާއްޖެއިންވެސް ލިބޭއިރު، މި ބްރޭންޑްގެ ވައިޑް ރޭންޖް ޕްރޮޑަކްޓްތައް ރާއްޖެއިން ލިބޭނެ އެއް ތަނަކީ މެރިން އިކުއިޕްމެންޓްސްއެވެ.

އެގޮތުން އޮޓޯ ސްވިޗާއި، ބެޓެރީ ސްވިޗާއި ބިލްޖް ޕަމްޕާއި، ވޯޓާ ޕަމްޕް ފަދަ އެސެސަރީސްތައް ވިއްކަމުން ދެއެވެ. އޭގެ އިތުރުން އެ ފިހާރައިން ވިއްކާ ވޯޓާ ސްޕޯޓްސް ޕްރޮޑަކްޓްތަކަށް ބަލާއިރު، ބޮޑި ބޯޑު، ކަޔަކް، ނީ ބޯޑު، ޕެޑަލް ބޯޑު، ޑިންގީ، ފިޝިންގ ކަޔަކް ފަދަ ޕްރޮޑަކްޓްތައް ފާހަގަކޮށްލެވެއެވެ.

މެރިން އިކުއިޕްމެންޓްސް ފިހާރަ ހުންނާނީ މާލޭގެ ކަނބާ އައިސާރަނި ހިނގުން (ހިރިޔާ ސްކޫލް ކުރިމަތީ)ގައެވެ. އަދި މެރިން އިކުއިޕްމެންޓްސްގެ ހުޅުމާލެ ޝޯވރޫމް މެރިން މާސްޓާރ ހުންނާނީ ރިނާޓުސް އިތާމުތް ރެސިޑެންސްގެ ތިރީގައެވެ.

މެރިން އިކުއިޕެންޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ހޯދުމަށް ނޫނީ ޕްރޮޑަކްޓް ގަންނަން ގުޅާނީ 3338820 އަށެވެ.