ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އެމްއެޗްއޭ އިން ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެެވެ.

"ރޯދަ ހަދިޔާ"ގެ ނަމުގައި އެމްއެޗްއޭ އިން ފެށި މި ޕްރޮމޯޝަން ރޯދަ މަހުގެ ނިިޔަލަށް ބައިވެރިވެވޭނެއެވެ.

އެމްއެޗްއޭ އިން ބުނާ ދޭ ގޮތުގައި މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްއެޗްއޭ "ރިވާޑްސް" މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

އެމްއެޗްއޭ "ރިވާޑްސް" އަށް ބަލާއިރު، މިއީ އެ ކުންފުނީގެ އައުތްލެޓްތަކުން ވިޔަފާރި ކުރުމުން ޕޮއިންޓްގެ ގޮތުގައި %5 އަނބުރާ ކަސްޓަމަރުންނަށް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މިގޮތަށް ލިބޭ ކޮންމެ ޕޮއިންޓަކީ 1ރ އެވެ.

"މިސާލަކަށް 100ރ.ގެ ވިޔަފާރިއެއް އެމްއެޗްއޭގެ ފިހާރައަކުން ކޮށްފިނަމަ ރިވާޑްސްގެ ގޮތުގައި ލިބޭނެ %5 އަށް ވާ 5ރ. ދެވަނަ ފަހަރަށް ވިޔަފާރި ކުރަން ދާއިރު، އެ ފަސް ރުފިޔާ ލިބޭނެ ޑިސްކައުންޓްގެ ގޮތުގައި، އަނެއްކާ އެ ފަހަރުވެސް ރިވާޑްސް މެދުވެރިކޮށް ޕޮއިންޓްސް ލިބޭނެ".

އެމްއެޗްއޭ އިން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު "ރިވާޑްސް" ޕޮއިންޓް އިތުރުވާއިރު، އެ ޕޮއިންޓްސް ބޭނުން ކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި ކުރެވޭނެއެވެ. އެމްއެޗްއޭ އިން ބުނީ ޕޮއިންޓުތަކުގެ ތަފްސީލު ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ފޯނަށް ލިބިގެން ދާނެ ކަމަށެެވެ.

އަދި ރާއްޖޭގައި މޮބައިލް ހިދުމަތް ދޭ ކުންފުންޏެއްގެ ނަންބަރެއް އޮތް ހަމަ ކޮންމެ މީހަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.

އެމްއެޗްއޭ އިން ބުނާ ގޮތުގައި، ރޯދަ މަހުގެ ހާއްސަ ހާދިޔާ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ރިވާޑްސް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އަދި ޕްރޮމޯޝަންގައި ފެބްރުއަރީ މަހުން ފެށިގެން ރޯދަ މަސް ފެށުމާއި ހަމައަށް ކޮންމެ ހަފްތާ އަކު އެމްއެޗްއޭ ގެ ރީޓެއިލް ކޮންމެ ފިހާރައަކުން ނަސީބުވެރި އެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ނަސީބުވެރިޔާއަށް އަގުހުރި ގިފްޓް ހެމްޕާއެއް ލިބިގެން ދާނެއެވެ.

އަދި ރޯދަ މަހުގެ ކޮންމެ ދުވަހަކުވެސް އެމްއެޗްއޭގެ ރީޓެއިލް ކޮންމެ ފިހާރައަކުން ނަސީބުވެރިއެއް ހޮވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، މި މުއްދަތުގެ ތެރޭގައި އެމްއެޗްއޭގެ ހޯލްސޭލް ފިހާރަތަކުން ވެސް ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ވަރަށް ހާއްސަ އަގުތަކެއްގައި މުދާ ގަންނަން ލިބޭނެ ކަމަށް އެމްއެޗްއޭ އިން މައުލޫމާތު ދެއެވެ.

އެމްއެޗްއޭގެ ފިހާރައެއް މާލޭގެ ފަރީދީ މަގުގައި އާއި މަޖީދީ މަގު (ގާކޮށި ފެލެޓް) ތިރީގައި ހިންގަމުން ދެއެވެ. އެމްއެޗްއޭ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ، އެތައް އާ ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެއެވެ.